Featured Post

Ombey

Monday, May 14, 2018

rangalhu baeh dua


 ރަނގަޅު ބައެއް ދުޢާތައް


Related image


ލިޔުނީ: ޒީނަތު ލަބީބު


" اللّهُمَّ اجْعَلْ قَبْـرِيْ رَوْضَـةٌ مِنْ رِيَاضِ الجَنَّــةِ, وَلاَ تَجْعَـلْ قَبْـرِيْ حُفْـرَةٌ مِنْ حُفَرِ النَّارِ."

ހައްދަވައި ގެންގުޅުއްވާ އިލާހު، ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއްގައި މިއަޅާގެ ޤަބުރު ލައްވާފާންދޭވެ. އަދި ނަރަކައިގެ ހޮހޮޅަތަކުގެ ތެރެއިން ހޮހޮޅައެއްގައި މިއަޅާގެ ޤަބުރު ނުލައްވާފާާނދޭވެ.


" رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ" 
މާނައީ:" އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފުސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފި ނަމަ، އަދި އަޅަމެންނަށް ރަޙްމަތް ނުލައްވައިފި ނަމަ، އަޅަމެން ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

 رَبَّنَا آتِنَا فِي الدُّنَيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّار"
" މާނައީ:  " އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންނަށް ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވާނދޭވެ! އަދި އަޅަމެން ނަރަކައިގެ ޢަޒާބުން ދިންނަވާދޭނވެ! "

   "اَلَّلهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعُفْ عَنِّي"
މާނައީ: " ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބައިލާހީ ޢަފޫ ކުރައްވާ އިލާހެވެ. އަދި އިބައިލާހު ޢަފޫ ކުރެއްވުމަށް ލޯބިވެވޮޑިގަންނަވަމުއެވެ. ފަހެ މިއަޅާގެ ކުށްފާފަތައް ޢަފޫ ކުރައްވާދޭނވެ!"

"رَضِيْتُ بِاللَّهِ رَباًّ وَبِالإِسْلاَمِ دِيْناً وَبِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّم نَبِيّاً "
މާނަ: "ﷲ އީ ހައްދަވާ ގެންގުޅުއްވާ އިލާހު ކަމަށް މިއަޅާ ހެކި ވަމެވެ. އަދި އިސްލާމްދީނަކީ ދީން ކަމުގައި ރުހިއްޖައީމެވެ. އަދި މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އީ ﷲ ގެ ނަބިއްޔާ ކަމަށްވެސް ރުހިއްޖައީމެވެ."
اللَّهُمَّ ثَبِّتْنِي بِالْقَوْلِ الثَّابِتِ فِي الْحَيَاةِ الدُّنْيَا وَفِي الْآخِرَةِ
މާނައީ:" އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ޙައްޤުވެ ޘާބިތުވެގެންވާ ބަސްފުޅުން (އެބަހީ: شهادة ގެ ދެކަލިމައިން) ދުނިޔޭގެ حياة ގައްޔާއި، آخرة ގައި (އެބަހި: ކައްވަޅުގައި) މިއަޅާ ޘާބިތުކޮށްދެއްވާންދޭވެ!"

"اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ، وَالْكَسَلِ، وَالْجُبْنِ، وَالْهَرَمِ، والْبُخْلِ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ"
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުކުޅެދުންތެރިކަމާއި ކަންނެތްކަމުން އަދި ފިނޑިކަމުންނާއި މުސްކުޅިކަމުންނާއި ބަޚީލުކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ اللهގެ حضرةން ދަންނަވަމެވެ. އަދި ކަށްވަޅުގެ ޢަޒާބުންނާއި ދިރިހުރުމާއި މަރުވުމުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި  ދަންނަވަމެވެ.
" رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرً "
ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަޅާ ކުޑައިރު ބަަލައިބޮޑުކުރި ފަދައިން އެދެމީހުންނަށް (މިއަޅާގެ މައިންބަފައިންނަށް) ރަޙްމަތް ލައްވާފާނދޭވެ!
" اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ "
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ اللهގެ ނިޢުމަތްތަށް ފިލާ ދިއުމުންނާއި  އިބަ اللهގެ ހިދާޔަތް ބަދަލުވުމުންނާއި އިބަ اللهގެ ކޯފާ ކުއްލިއަކަށް އައުމުންނާއި އަދި އިބަ اللهގެ އެންމެހާ ނުރުއްސެވުމަކުން ރަށްކާތެރިިކަން ދެއްވުންއެދި އިބަ اللهގެ حضرةން ދަންނަވަމެވެ.
حَسْبِيَ اللَّهُ لا إِلَـهَ إِلاَّ هُوَ عَلَيْهِ تَوَكَّلْتُ وَهُوَ رَبُّ الْعَرْشِ الْعَظِيمِ.
" މާނައަކީ " ތިމަންކަލޭގެފާނަށް اللَّه ފުދެއެވެ. الله މެނުވީ (حق ވެގެން އަޅުކަމެއް ވެވޭ) إله އަކު ނުވެއެވެ. ހަމައެކަނި އެކަލާންގެއަށްތިމަންކަލޭގެފާނު وكيل ކުރައްވައިފީމެވެ. އެކަލާންގެއީ، ބޮޑުވެގެންވާ عرش ގެ ވެރިރަސްކަލާންގެއެވެ."
اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلًا مُتَقَبَّلًا
ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަޅާއަށް ފައިދާހުރި ޢިލްމު ދެއްވާނދޭވެ! އަދި ހެޔޮ ރިޒްޤު ދެއްވާފާނދޭވެ! އަދި ޤަބޫލުކުރެވިގެންވާ ޢަމަލު ދެއްވާފާނދޭވެ!
رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِين.
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. އިބަރަސްކަލާންގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާންގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާންދޭވެ. އަދި އިބަރަސްކަލާންގެ رحمة ފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާންދޭވެ.
" رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ "
 މާނައީ: " އަޅުގެ ވެރިރަސްކަލާކޮ! ޝައިޠާނުންގެ ވަސްވާސްތަކުން ދުރުކުރެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ. އަދި އަޅުގެ ވެރިރަސްކަލާކޮ! އެޝައިޠާނުން ތިމަންއަޅާގެ ގާތަށް ޙާޟިރުވެދާނެކަމަށްޓަކައި އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ." 
رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ. "
އަޅަމެންގެ ވެރިރަސްކަލާންގެވެ. حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާންދޭވެ.
ياَ حَيُّ ياَ قَيُّوْمُ بِرَحْمَتِكَ أَسْتَغِيْثُ، أَصْلِحْ لِيْ شَأْنِيْ كُلَّهُ، وَلاَ تَكِلْنِيْ إِلَى نَفْسِيْ طَرْفَةَ عَيْنٍ .
މާނަ: "އޭ ދިރިދެމިވޮޑިގެންވާ އިލާހެވެ. މުޅި ކާއިނާތު ބެލެހެއްޓެވުމުގައި ގާއިމުވެ ވޮޑިގެންވާ އިލާހު! ހަމައެކަނި އިބަ ﷲ ގެ ރަޙްމަތުގެ ޛާރީޢާއިން މިއަޅާ އެހީތެރިކަމަށް އެދެމެވެ. މިއަޅާގެ ހުރިހާ ކަމެއް މިއަޅާ އަށް އިޞްލާޙް ކޮށް ދެއްވާފާންދޭވެ. އަދި އެސްފިޔަ އެއް ޖަހައިލާ ހިނދުކޮޅަކަށްވެސް މިއަޅާއާ މިއަޅާގެ ނަފުސް ޙަވާލު ނުކުރައްވާންދޭވެ!"



   



No comments: