Featured Post

Ombey

Saturday, November 3, 2018

irushaadhu


ނަމާދު ކުރާނެގޮތް

Related image

ލިޔުނީ: ޒީނަތު ލަބީބު.
ތާރީޚު: 3.11.18

ލޮބުވެތި މުސްލިމުންނޭވެ! ނަމާދަކީ މާތްﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟުރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ އަޅުކަމެވެ. ނަމާދަކީ ކާފިރުންނާއި މުސްލިމުން ފަރަގުކޮށްދޭ ކަމެކެވެ. މިއަޅުކަން ނުކޮށްހުރެގެން ކުރާ އެއްވެސް ޢަމަލެއް ރަނގަޅު އަޅުކަމެއް ކަމަށް ނުބެލެވެއެވެ. ޤިޔާމަތް ދުވަހުގައި އެންމެފުރަތަމަ ހިސާބު ބެއްލެވޭހުށީ ވެސް ނަމާދެވެ. ނަމާދުގެ ހިސާބުން ތިމާ ފާސްވެއްޖެނަމަ އެހެން ހުރިހާ ކަމެއް ރަނގަޅުވެދެއެވެ. ސުވަރުގެ ލިބިދެއެވެ. ނަމާދުގެ ހިސާބުން ތިމާ ފޭލް ވެއްޖެނަމަ ތިމާގެ އެހެން އެއްވެސް ޢަމަލެއް އެހިސާބުން ކަމުދާގޮތެއް ނުވެއެވެ. ނަތީޖާއެއްގެ ގޮތުން ނަރަކައަށް ދާންޖެހެއެވެ. 
އެހެންއެކަން އޮތުމާއެކު މިކިޔައިދެނީ ނަމާދުކުރުމުގެ ކަންތަކަށް ފަށައިގަންނާނެގޮތެވެ. ގޭތެރޭގެ (މައިންބަފައިންގެ) އެހީވެސް އަދި (ދަންނަ މީހުންގެ) އެހީވެސް މިކަމުގައި ހޯދައިގެން ނަމާދުކުރުމަށް ހީވާގި ވެގަންނާށެވެ. މިކިޔާދެނީ ނަމާދު ކަމުހިނގައިދާނެ ގޮތެކެވެ.  އެގޮތުން ކަންތައްކުރަންޖެހޭގޮތް ތަރުތީބުން މިކިޔައިދެނީއެވެ. އެންމެފުރަތަމަ ވުޟޫކުރާށެވެ. ވުޟޫކުރުމުގައި ކަނާތްފަޅިއަށް އިސްކަންދޭށެވެ. ވުޟޫކުރާނީ މިގޮތަށެވެ. 
1-    އެންމެ ފުރަތަމަ ބިސްމި ކިޔައި ދެއަތްތިލަ ކުޑަހުޅާއެކު  3 ފަހަރު މަތިން ދޮންނާށެވެ. މިގޮތަށް ދޮންނައިރު އިނގިލިތަކުގެ ދޭތެރޭގައި ރަނގަޅަށް ފެންޖައްސާށެވެ.
2-    އޭގެފަހުން ނޭފަތާއި އަނގަޔަށް ފެންލާށެވެ. މިދެގުނަވަނަށް ފެންލާނީ އެއްފަހަރާއެވެ. އަނގަޔަށް ފެންލުމަށްފަހު ނޭފަތުން އެތެރެއަށް ފެންފޮދު ދަމާލާށެވެ. އަދި ވާތުން ރަނގަޅަށް ނޭފަތް ފޮޅާލާށެވެ. މިގޮތަށް 3 ފަހަރުމަތިން ތަކުރާރު ކުރާށެވެ.
3-    އެއަށްފަހު މޫނުދޮންނާށެވެ. މޫނުދޮންނާނީ ދެއަތުންނެވެ. މޫނުކަމުގައި ބަލަންވާނީ މޫނުގެ ހުރަހަށް ދެކަންފަތާ ދެމެދުކަމަށެވެ. މޫނުގެ ދިގަށް ޢާއްމުކޮށް ބޮލުގެ އިސްތަށިފަޅާ ހިސާބުން ފެށިގެން ދަތްދޮޅި ކަރާގުޅޭ ހިސާބާ ދެމެދުކަމަށެވެ. މިދެމެދުގައި ރަނގަޅަށް ފެންޖައްސައި 3 ފަހަރުމަތީން ދޮންނާށެވެ.
4-    ދެން ދެ އަތް ދެ އުޅަބޮށްޓާއެކު ދޮންނާށެވެ. އެގޮތުން އެންމެ ފުރަތަމަ ދެ އަތްތިލައަށް ފެންއަޅައި އެފެނުން ކަނާތް ރަނގަޅަށް ދޮންނާށެވެ. މިގޮތަށް ދޮންނައިރު ވާތް ކަނާތުގައި ރަނގަޅަށް ހިންގައި ފެން ޖައްސަންޖެހޭ ހިސާބުގައި ފެންޖައްސާށެވެ. 3 ފަހަރު މަތިން ކަނާތް ދޮވެ ނިމުމުން ވާތް ދޮންނާށެވެ. ވާތް ދޮންނަންވެސް ފެން އަޅާނީ ދެ އަތްތިލައަށެވެ. އަދި އެފެނުން ރަނގަޅަށް ވާތް ދޮންނާށެވެ. އެގޮތަށް ދޮންނައިރު ކަނާތް ވާތުގައި ރަނގަޅަށް ހިންގައި ފެން ޖައްސަންޖެހޭ ހިސާބުގައި ފެންޖައްސާށެވެ. މިގޮތަށް 3 ފަހަރު މަތިން ވާތް ދޮންނާށެވެ.  
5-    އޭގެފަހުން މުޅި ބޮލުގައި ފެންފުހޭށެވެ. ދެއަތުން ބޮލުގެ މަތިން ތިރިއަށްވާ ގޮތަށް އަތްފޮނުވާށެވެ. އަދި މަތިން ތިރިޔަށް ގެންގޮސް ނިމުމުން ތިރިން މައްޗަށް ގެންދާށެވެ. މިގޮތަށް 1 ފަހަރު ފެންފުހޭށެވެ. ބޮލުގައި ފެންފުހެ ނިމުމުން ކަންފަތުގައި ފެންފުހޭށެވެ. ކަންފަތުގައި ފެން ފުހޭކަށް އަލުން އަތަށް ފެންލާކަށް ނުޖެހެއެވެ. ޝަހާދަތް އިނގިލި ކަންފަތުގެ އެތެރެއަށް މަޑުމަޑުން ލުމަށްފަހު ކަންފަތުގެ އެތެރެފަރާތް ފުހެލާށެވެ. އަދި ބޮޑު އިނގިލިން ކަންފަތުގެ ބޭރުފުށް ރަނަގަޅަށް ފުހެލާށެވެ. މިގޮތަށް 1 ފަހަރު ފުހެލާށެވެ.
6-    އެއަށްފަހު ދެފައިތިލަ ދެތަނބި ކަށްޓާއެކު ދޮންނާށެވެ. ފައި ދޮންނައިރު އިނގިލިތައް ދޭތެރޭ ފެންޖައްސާށެވެ. އެގޮތުން އިނގިލި ތަކުގެ ދޭތެރެއަށް ވާތުގެ ކުޑައިނގިލި ލައި ރަނގަޅަށް ފެންޖައްސާށެވެ. އަދި ފައިގެ ދަތްބިތް ދޮވުމުގައި ވާތް ބޭނުންކުރާށެވެ. އެގޮތުން އެންމެ ފުރަތަމަ ދޮންނާނީ ކަނާތުފައެވެ. މިގޮތަށް 3 ފަހަރު މަތިން ދޮންނާށެވެ. ކަނާތުފައި ނިމުމުން ވާތުފައި ދޮންނާށެވެ. މިގޮތަށް 3 ފަހަރު މަތިން ދޮންނާށެވެ.
7-    މިހާހިސާބުން ވުޟޫކޮށް ނިމުނީއެވެ. އެންމެފަހު ކަމެއްގެ ގޮތުން ވުޟޫކޮށް ނިމުމުން ވުޟޫދުޢާ ކިޔާށެވެ.

ނަމާދުކުރާނެގޮތް:
1-      އެންމެފުރަތަމަ އައުރަނިވާކުރާށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. يَا بَنِي آدَمَ خُذُوا زِينَتَكُمْ عِندَ كُلِّ مَسْجِدٍ. މާނައީ: އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުން، ނަމާދުކުރާ ކޮންމެ ހިނދެއްގައިމެ، ޒީނަތްތެރިކަން ހިފާށެވެ!
2-       އެއަށްފަހު ޤިބްލައަށް ކުރިމަތިލާށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. فَوَلِّ وَجْهَكَ شَطْرَ الْمَسْجِدِ الْحَرَامِ ۚ وَحَيْثُ مَا كُنتُمْ فَوَلُّوا وُجُوهَكُمْ شَطْرَهُ ۗ. މާނައީ: ފަހެ، حرمة ތެރިވެގެންވާ މިސްކިތާ (އެބަހީ: كعبة اللَّه ގެފުޅާ) ދިމާއަށް، ކަލޭގެފާނުގެ މޫނުފުޅު ކުރިމަތި ކުރައްވާށެވެ! އަދި ތިޔަބައިމީހުންތިބި ކޮންމެ ތަނެއްގައިމެ، އެފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތިކުރާށެވެ!
3-       ދެން ކުޅަދާނަވެގެންވާނަމަ ނަމާދަށް ކޮޅަށް ހުންނާށެވެ. رسول الله صلى الله عليه وسلم قال: صَلِّ قَائِمًا، فَإِنْ لَمْ تَسْتَطِعْ فَقَاعِدًا، فَإِنْ لَمْ تَسْتَطِعْ فَعَلَى جَنْبٍ. މާނައީ: ކޮޅަށް ހުރެގެން ނަމާދުކުރާށެވެ. ފަހެ ކޮޅަށް ހުރުމަށް ތިބާއަށް ކުޅަދާނަވެގެންނުވާނަމަ އިށީނދެ އިނދެގެން ނަމާދުކުރާށެވެ. ފަހެ އިށީނދެ އިނުމަށް ތިބާއަށް ކުޅަދާނަވެގެންނުވާނަމަ އެއްއަރިމައްޗަށް އޮށޯވެއޮވެގެން ނަމާދުކުރާށެވެ.
4-       އޭގެފަހުން ނަމާދަށް ނިޔަތްގަންނާށެވެ. މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ. މާނައީ: اللَّه އަށް އަޅުކަން خالص ކުރާ حال، اللَّه އަށް އަޅުކަންކުރުމަށާއި، ނަމާދު قائم ކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. ނިޔަތުގެ މަހައްލަކީ ހިތެވެ. އެހެންކަމުން ނަމާދުކުރަން ހިތަށް އަރުވާށެވެ.
5-       އެއަށްފަހު ހަށަންބަންތަކުބީރު ކިޔާށެވެ. (ހަށަންބަންތަކުބީރު الله أكبر ﷲ އޭ އެންމެ ބޮޑީ.) މާތް ﷲ ވަޙީކުރައްވާފައިވެއެވެ. رسول الله صلى الله عليه وسلم قال: مفتاح الصلاة الطهور وتحريمها التكبير وتحليلها التسليم. މާނައީ: ނަމާދުގެ ތަޅުދަނޑިއަކީ ވުޟޫއެވެ. އަދި (ކެއިން ބުއިންފަދަ ކަންތައް) ނަމާދު ތެރޭގައި ކުރުން ޙަރާމްކޮށްދެނީ ތަކުބީރެވެ. އަދި ނަމާދުން ބޭރުގައި (އެކަންތައް) ޙަލާލުކޮށްދެނީ ސަލާމެވެ.
6-      ދެން ދުޢާއުލް އިސްތިފްތާހް ކިޔާށެވެ.  سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ وَتَبَارَكَ اسْمُكَ وَتَعَالَى جَدُّكَ وَلَا إِلَهَ غَيْرُكَ. މާނައީ: އިބަ އިލާހުގެ ހުސްޠާހިރުވަންތަ ކަމާއެވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. އިބަ އިލާހަށް ޙަމްދު ހުއްޓެވެ. އިބަ އިލާހުގެ އިސްމުފުޅުތައް ބަރަކާތްތެރިވެގެންވެއެވެ. އިބަ އިލާހު ފިޔަވައި އިލާހަކު ނުވެއެވެ.
7-       ދުޢާއުލް އިސްތިފްތާހް  ނިމުމުން އަޢޫޛު ބިސްމި ކިޔުމަށްފަހު ފާތިޙާ ސޫތަރް ކިޔަވާށެވެ. لقول النبي ﷺ: لا صلاة لمن لم يقرأ بفاتحة الكتاب, (متفق علىيه)  މާނައީ: ފާތިޙާ ސޫރަތް ނުކިޔަވައިފި މީހާއަށް ނަމާދެއް ނުވެއެވެ. މުރާދަކީ: އެމީހާގެ ނަމާދު ޞައްޙައެއް ނުވާނެއެވެ.
8-       ފާތޙާ ސޫރަތް ކިޔަވާ ނިމުމުން އާމީން ކިޔާށެވެ. ބާރަށް ކިޔަވާ ނަމާދާއި ސިއްރުން ކިޔަވާ ނަމާދުގައި ވެސް ފާތިޙާ ސޫރަތަށްފަހު އާމީން ކިޔުމަށް ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ އިރުޝާދުދެއްވާފައެވެ.
9-       އެއަށްފަހު ޤުރުއާނުން އެމީހަކަށް ފަސޭހަވި މިންވަރެއް ކިޔަވާށެވެ.
10-     އެއަށްފަހު ތަކުބީރުކިޔައި ރުކޫޢަށް ދާށެވެ. އަދި ރުކޫޢުގައި ހަމަޖެހިލާށެވެ. އެއަށްފަހު ރުކޫޢުގައި ކިޔާ ތަސްބީޙަ ކިޔާށެވެ. ރުކޫޢުގައި ކިޔާ ތަސްބީޙް: سُبْحَانَ رَبِّيَ الْعَظِيْمِ " (ތިންފަހަރު)، މާނައީ: އަޅުގެ ވެރި ކީރިތިވަންތަ ﷲ ގެ ހުސްޠާހިރު ވަންތަ ކަމާއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا  މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ركوع ކޮށް، سجدة ކުރާށެވެ!
11-     އޭގެފަހުން ކިޔާ سَمِعَ اللهُ لِمَنْ حَمِدَهُ (މާނައީ: ﷲ އަށް ޙަމްދުކުރާ މީހުންގެ އަޑު އެކަލާނގެ އަށް އިވިވޮޑިގެންވެއެވެ.) ކިޔައި އިޢްތިދާލަށް ތެދުވާށެވެ. އަދި އިޢްތިދާލުގައި ހަމަޖެހިލާށެވެ. އެއަށްފަހު އިޢްތިދާލުގައި ކިޔާ ދުޢާ ކިޔާށެވެ. رَبَّنَا وَلَكَ الْحَمْدُ ، حَمْداً كَثِيْراً طَيِّباً مُبَارَكاً فِيْهِ " މާނައީ: އަޅަމެންގެ ވެރި ރައްބު، ގިނަގުނަ، ބަރަކާތްތެރި އެއްމެހައި ހަމްދެއް ހުރީ އިބައިލާހަށެވެ.
12-  އެއަށްފަހު ސަޖިދައަށް ދާށެވެ. އަދި ސަޖިދާގައި ހަމަޖެހިލާށެވެ. އެއަށްފަހު ސަޖިދާގައި ކިޔާ ދުޢާ ކިޔާށެވެ. سُبْحَانَ رَبِّيَ الْأَعْلَى  (ތިން ފަހަރު) މާނައީ: އަޅުގެވެރި އެއްމެ މަތިވެރިވަންތަ އިލާހުގެ ހުސްޠޯހިރު ވަންތަ ކަމާއެވެ. މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا الَّذِينَ آمَنُوا ارْكَعُوا وَاسْجُدُوا  މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ركوع ކޮށް، سجدة ކުރާށެވެ!
ސަޖިދާގައި އޮންނާނީ ހަތް ގުނަވަނެއްގެ މަތީގައެވެ. عن عبدالله بن عباس رضي الله عنهما ގެ އަރިހުން ރިވާވެގެން ވެއެވެ.  أن النبي صلى الله عليه وسلم قال: ((أمرت أن أسجد على سبعة أعظُمٍ: على الجبهة وأشار بيده على أنفه، واليدين، والركبتين، وأطراف القدمين، ولا نكفت الثياب والشعر))[1]؛ متفق عليه. މާނައީ: ހަތް ގުނަވަނެއްގެ މައްޗަށް ސަޖިދަ ކުރެއްވުމަށް ތިމަންކަލޭގެފާނަށް އަމުރުކުރެއްވުނެވެ. އެއީ ނިތްކުރި ނޭފަތާއި، ދެ އަތް ތިލައިގެ ބަނޑުފުށާއި، ދެ ކަކުލާއި، ދެ ފައިތިލައިގެ އިނގިލީގެ ބަނޑުފުށުގެ މައްޗަށެވެ. އަދިސަޖިދާގައި ހެނދުން ބޮނޑި ނުކުރެއްވުމަށާއި އިސްތަށި ބޮނޑި ނުކުރެއްވުމަށް ވެސް އަމުރުކުރެއްވުނެވެ.
13-  އެއަށްފަހު ތަކްބީރުކިޔައި ދެސަޖިދަ ދެމެދު އިށީންނާށެވެ. އަދި ދެސަޖިދަ ދެމެދު ހަމަޖެހިލާށެވެ. އެއަށްފަހު ދެސަޖިދަ ދެމެދު ކިޔާ ދުޢާ ކިޔާށެވެ. رب اغفر لي ، رب اغفر لي " މާނައީ: މިއަޅާގެ ފާފަ ފުއްސަވާފާންދޭވެ. މިއަޅާގެ ފާފަ ފުއްސަވާފާންދޭވެ.
14-  އެއަށްފަހު ތަކްބީރުކިޔައި ދެވަނަ ސަޖިދައަށް ދާށެވެ. މި ސަޖިދަ ކުރާނީ ފުރަތަމަ ސަޖިދަ ކުރި ގޮތަށެވެ.
ސަޖިދަ ނިމުމުން ތަކްބީރު ކިޔައި ދެވަނަ ރަކްޢަތަށް ތެދުވާނީއެވެ. ދެވަނަ ރަކްޢަތް ވެސް ކުރާނީ ފުރަތަމަ ރަކްޢާތާ އެއްގޮތަށެވެ.
15-  ދެވަނަ ރަކްޢަތުގެ ދެވަނަ ސިޖިދައަށްފަހު ދެ ރަކްޢަތް ނަމާދެއް ނަމަ ފަހު އައްތަޙިއްޔާތަށް އިށީންނާށެވެ. ހަތަރު ރަކަޢަތް ނުވަތަ ތިން ރަކްޢަތް ނަމާދެއް ނަމަ އިށީންނާނީ ފުރަތަމަ އައްތަޙިއްޔާތަށެވެ.
16-  އައްތަޙިއްޔާތު ނިމުމުން ސަލާމްދޭށެވެ. ސަލާމްދިނުމަށް ކިޔާނީ السّلام عليكم ورحمة الله وبركاته  މިފަދައިންނެވެ. މިހިސާބުން ނަމާދުކޮށް ނިމުނީ އެވެ. ސަލާމް ދިނުމަށްފަހު ވެސް ކިޔުން ވާރިދުވެފައިވާ ދުޢާތައް ވެއެވެ. އެހެންކަމުން އެންމެ ފަހުކަމެއްގެ ގޮތުން މި ދުއާތައް ކިޔާށެވެ. މިލިޔުމުގައި ހިމަނާފައިވާ ދުޢާނޫން އެހެން ދުޢާތައް ވެސް ހުރެއެވެ. 
ފުރަތަމަ އައްތަޙިއްޔާތުގައި ކިޔާނީ اَلتَّحِيَّاتُ الْمُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلّهِ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِيْنَ، أَشْهَدُ أَنْ لَّا إِلَهَ إِلَّا اللهُ ،  وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ، اَللَّهُمَّ صَلِّى عَلَى مُحَمَّدٍ عَبْدِكَ وَنَبِيِّكَ وَرَسُوْلِكَ النَّبِيِّ الْأُمِّيِّ، މާނައީ: މާނަ: އެއްމެހާ ތަހުނިޔާއެއް އަދި އެއްމެހާ އަޅުކަމާއި ހެޔޮކަމެއް ވަނީ ﷲ އަށެވެ. ނަބިއްޔާގެ މައްޗަށް ސަލާމާއި ﷲގެ ރަހުމަތާއި އެކަލާނގެ ބަރަކާތް ހުއްޓެވެ. އަޅަމެންނާއި ﷲގެ އެއްމެހާ ޞާލިހު އަޅުންގެ މައްޗަށްވެސް ރަހުމަތާއި ބަރަކާތް ލައްވާށިއެވެ! ﷲ ފިޔަވައި ހައްގުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި މުހަންމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމުގައި އަޅު ހެކިވަމެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ އިލާހުގެ އަޅާ އަދި ރަސޫލާ އުންމިއްޔަ ނަބިއްޔާ އަށް ޞަލަވާތާއި ސަލާމް ލައްވާފާންދޭވެ.
ފަހު އައްތަޙިއްޔާތުގައި ކިޔާނީ اَلتَّحِيَّاتُ الْمُبَارَكَاتُ الصَّلَوَاتُ الطَّيِّبَاتُ لِلّهِ السَّلَامُ عَلَيْكَ أَيُّهَا النَّبِيُّ وَرَحْمَةُ اللهِ وَبَرَكَاتُهُ، السَّلَامُ عَلَيْنَا وَعَلَى عِبَادِ اللهِ الصَّالِحِيْنَ، أَشْهَدُ أَنْ لَّا إِلَهَ إِلَّا اللهُ ،  وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ وَرَسُوْلُهُ، اَللَّهُمَّ صَلِّى عَلَى مُحَمَّدٍ عَبْدِكَ وَنَبِيِّكَ وَرَسُوْلِكَ النَّبِيِّ الْأُمِّيِّ، މާނައީ: މާނަ: އެއްމެހާ ތަހުނިޔާއެއް އަދި އެއްމެހާ އަޅުކަމާއި ހެޔޮކަމެއް ވަނީ ﷲ އަށެވެ. ނަބިއްޔާގެ މައްޗަށް ސަލާމާއި ﷲގެ ރަހުމަތާއި އެކަލާނގެ ބަރަކާތް ހުއްޓެވެ. އަޅަމެންނާއި ﷲގެ އެއްމެހާ ޞާލިހު އަޅުންގެ މައްޗަށްވެސް ރަހުމަތާއި ބަރަކާތް ލައްވާށިއެވެ! ﷲ ފިޔަވައި ހައްގުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި މުހަންމަދުގެފާނީ އެކަލާނގެ އަޅާ އަދި ރަސޫލާ ކަމުގައި އަޅު ހެކިވަމެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ އިލާހުގެ އަޅާ އަދި ރަސޫލާ އުންމިއްޔަ ނަބިއްޔާ އަށް ޞަލަވާތާއި ސަލާމް ލައްވާފާންދޭވެ.
وَعَلَى آلِ مُحَمَّدٍ كَمَا صَلَّيْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ إِنَّكَ حَمِيْدٌ مَّجِيْدٌ، وَبَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ كَمَا بَارَكْتَ عَلَى إِبْرَاهِيْمَ وَعَلَى آلِ إِبْرَاهِيْمَ فِي الْعَالَمِيْنَ إِنَّكَ حَمِيْدٌ مَّجِيْدٌ،
މާނައީ: ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމްގެފާނަށާއި އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް އިބަﷲ ޞަލަވާތް ލެއްވި ފަދައިން މުޙައްމަދުގެފާނަށާއި މުޙައްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ޞަލަވާތް ލައްވާންދޭވެ! ހަމަކަށަވަރުން އިބަﷲއީ ހުރިހާ ޙަމްދުތަޢުރީފަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އިބްރާހީމްގެފާނާއި، އިބްރާހީމްގެފާނުގެ އާލުންގެ މައްޗަށް ބަރަކާތްލެއްވިފަދައިން މުޙައްމަދުގެފާނާއި، މުޙާއްމަދުގެފާނުގެ އާލުންގެ މައްޗަށްވެސް ބަރަކާތްލައްވާންދޭވެ! ހަމަކަށަވަރުން އިބަﷲއީ ހުރިހާ ޙަމްދަކާއި، ހުރިހާ މާތްކަމެއް ލިބިވޮޑިގެންވާ ރަސްކަލާނގެއެވެ.
އައްތަހިއްޔާތަށްފަހު އަންނަނިވި ދުޢާތައް ކިޔުމަކީ ސުންނަތެކެވެ. ސުންނަތާއި އެއްގޮތަށް ނަމާދުކުރަން ލޯބިކުރާ މީހާ މި ދުޢާތައް ކިޔުމަކީ މޮޅުއިތުރުވެގެންވެއެވެ.
އައްތަޙިއްޔާތުގެ ފަހުގައި ކިޔާ ދުޢާ:
اَللَّهُمَّ إِنِّيْ أَعُوْذُ بِكَ مِنْ عَذَابِ الْقَبْرِ, وَمِنْ عَذَابِ جَهَنَّمَ, وَمِنْ فِتْنَةِ الْمَحْياَ وَالْمَماَتِ, وَمِنْ شَرِّ فِتْنَةِ الْمَسِيْحِ الدَّجَّالِ. މާނައީ: ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ހަމަށަވަރުން މިއަޅާ، ކަށްވަޅުގެ އަޒާބުންނާއި ނަރަކައިގެ އަޒާބުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަﷲގެ ޙަޟްރަތުން ދަންނަވަމެވެ. އަދި ދިރިއުޅުމާއި މަރުވުމުގެ ފިތުނައިން ރައްކައުތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. އަދި މަސީޙުއްދައްޖާލުގެ ފިތުނައިގެ ނުބައިކަމުން ރައްކައުތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ.
ނަމާދުގެ ފަހުން ކިޔާ ޛިކުރުތައް:
أَسْـتَغْفِرُ الله، (ތިންފަހަރު)
اللّهُـمَّ أَنْـتَ السَّلامُ ، وَمِـنْكَ السَّلَامُ ، تَبارَكْتَ يَا ذَا الْجَـلالِ وَالْإِكْـرَامِ .
لَا إِلَهَ إِلاَّ اللّهُ وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُـلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ، اَللَّهُـمَّ لَا مَانِعَ لِمَا أَعْطَـيْتَ، وَلَا مُعْطِـيَ لِمَا مَنَـعْتَ، وَلَا يَنْفَـعُ ذَا الْجَـدِّ مِنْـكَ الْجَـدُّ
لَا إِلَهَ إِلاَّ اللّهُ, وَحْدَهُ لَا شَرِيْكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ، وَهُوَ عَلَى كُلِّ شَيْءٍ قَدِيْرٌ، لَا حَـوْلَ وَلَا قُـوَّةَ إِلاَّ بِاللهِ، لَا إِلَهَ إِلاَّ اللّـهُ، وَلَا نَعْـبُـدُ إِلاَّ إِيَّـاهُ, لَهُ النِّعْـمَةُ وَلَهُ الْفَضْلُ وَلَهُ الثَّـناءُ الْحَـسَنُ، لَا إِلَهَ إِلاَّ اللّهُ مُخْلِصِـيْنَ لَـهُ الدِّينَ وَلَوْ كَـرِهَ الكـَافِرُوْنَ
سُـبْحانَ اللهِ (ތިރީސްތިން ފަހަރު)
الحَمْـدُ لله (ތިރީސްތިން ފަހަރު)
اللهُ أكْـبَر (ތިރީސްތިން ފަހަރު)
لا إلهَ إلاّ اللّهُ وَحْـدَهُ لا شريكَ لهُ، لهُ الملكُ ولهُ الحَمْد، وهُوَ على كُلّ شَيءٍ قَـدير
އާޔަތުލް ކުރްސީ:
           اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا  بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.
ސޫރަތުލް އިޚްލާޞް (ފަތިސް އަދި މަޣްރިބް ނަމާދަށްފަހު ތިންފަހަރު، އެހެންކޮންމެ ނަމާދަކަށްފަހު އެއް ފަހަރު)
ސޫރަތުލް ފަލަގި (ފަތިސް އަދި މަޣްރިބް ނަމާދަށްފަހު ތިންފަހަރު، އެހެންކޮންމެ ނަމާދަކަށްފަހު އެއް ފަހަރު)

ހަވާލާދިނުން:


No comments: