Featured Post

Ombey

Saturday, November 3, 2018

wul'ooge maaikan


ވުޟޫގެ މާތްކަން
Image result for ‫وضوء‬‎


ލިޔުނީ: ޒީނަތު ލަބީބު.
ތާރީޚު: 3.11.18

ވުޟޫގެ މާތްކަމާއި ބެހޭގޮތުން ވާރިދުވެގެން އައިސްފައިވެ އެވެ. ޢުޘްމާން ބިން ޢައްފާނުގެ އަރިހުން ރިވާވެގެންވެ އެވެ. ރަސޫލު ﷲ ޙަދީޘް ކުރައްވާފައިވެ އެވެ. عن عثمانَ بن عفانَ رضي الله عنه قَالَ: قَالَ رسولُ اللَّهِ ﷺ: منْ تَوَضَّأَ فَأَحْسَنَ الوضوءَ، خَرَجَت خَطَايَاهُ مِنْ جسَدِهِ حتَّى تَخْرُجَ مِنْ تحتِ أَظفارِهِ. (رواه مسلم).  މާނައީ: ވުޟޫކުރާ މީހާގެ ފާފަތައް އޭނާގެ ހަށިގަނޑުން ނުކުމުގެންދާނެއެވެ. އެއީ އޭނާގެ ނިޔަފަތިތަކުގެ ދަށުން ނުކުމެއްޖައުމަށް ދާންދެނެވެ. (ރަވާހު މުސްލިމް)  
ޢުޘްމާން ބިން ޢައްފާނުގެ އަރިހުން ރިވާވެގެންވެ އެވެ. ރަސޫލު ﷲ ޙަދީޘް ކުރައްވާފައިވެ އެވެ.  وعن عثمانَ بن عفانَ رضي الله عنه قَالَ: رَأَيْتُ رسُولَ اللَّهِ ﷺ َتَوَضَّأُ مثلَ وُضوئي هَذَا ثُمَّ قَالَ: مَنْ تَوَضَّأَ هكَذَا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنبِهِ ... (رواه مسلم). މާނައީ: ތިމަންކަލޭގެ ފާނު ވުޟޫކުރައްވާ ގޮތަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވުޟޫކުރެއްވިތަން ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. އެއަށްފަހު ޙަދީޘް ކުރެއްވި އެވެ. މިގޮތަށް ވުޟޫކޮށްފި މީހާގެ އިސްވެދިޔަ ފާފަތައް ފުހެވިގެންދާނެއެވެ. (ރަވާހު މުސްލިމް)
ޢަބްދުﷲ އައްޞަނާބިހީ ގެ އަރިހުން ރިވާވެގެންވާ ޙަދީޘްފުޅެއްގައި އެކަލޭގެފާނު ވިދާޅުވެފައިވެ އެވެ. ހަމަކަށަވަރުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ. އަޅާ ވުޟޫކުރަންފަށައި ކޯ ދޮންނަ ހިނދު އޭނާގެ އަނގައިން ފާފަތައް ނުކުމެގެންދެ އެވެ. ދެން ނޭފަތަށް ފެންލައި ފޮޅާލާ ހިނދު އޭނާގެ ނޭފަތުން ފާފަތައް ނުކުމެގެންދެ އެވެ. ދެން މޫނު ދޮންނަ ހިނދު އޭނާގެ މޫނުން ފާފަތައް ނުކުމެގެންދެ އެވެ. އެއީ އޭނާގެ ލޮލުގެ އެސްފިޔަތަކުގެ ދަށުން ފާފަތައް ނުކުމެއްޖައުމަށް ދާންދެނެވެ. ދެން ދެ އަތް ދޮންނަ ހިނދު އޭނާގެ ދެ އަތުން ފާފަތައް ނުކުމެގެންދެ އެވެ. އެއީ އޭނާގެ ދެ އަތުގެ ނިޔަފަތިތަކުގެ ދަށުން ފާފަތައް ނުކުމެއްޖައުމަށް ދާންދެނެވެ. ދެން ބޮޅުގައި ފެންފުހޭ ހިނދު އޭނާގެ ބޮލުން ފާފަތައް ނުކުމެގެންދެ އެވެ. އެއީ އޭނާގެ ކަންފަތުން ފާފަތައް ނުކުމެއްޖައުމަށް ދާންދެނެވެ. ދެން ދެ ފައިތިލަ ދޮންނަ ހިނދު އޭނާގެ ދެ ފައިތިލައިން ފާފަތައް ނުކުމެގެންދެ އެވެ. އެއީ އޭނާގެ ދެ ފައިގެ ނިޔަފަތިތަކުގެ ދަށުން ފާފަތައް ނުކުމެއްޖައުމަށް ދާންދެނެވެ. ދެން އޭނާ ހިނގާފައި މިސްކިތަށް ގޮއްސިނަމަ އޭނާގެ ނަމާދު ވާހުށީ އިތުރު އެއްޗަކަށެވެ. އެބަހީ ވުޟޫގެ ސަބަބުން އޭނާގެ ފާފަތައް އެވަނީ ފޮހެވިފައެވެ. އެއް ނަމާދުން ފޮހެވޭކަށް އިތުރު ފާފައެއް ނޯންނާނެއެވެ. އޭރުން ނަމާދުވާނީ އޭނާއަށް ޘަވާބު އިތުރުވެގެން ދާނޭ އެއްޗަކަށެވެ.

ހަވާލާދިނުން:

https://binbaz.org.sa/audios/  من حديث: (من توضأ فأحسن الوضوء خرجت خطاياه من جسده..)




No comments: