Monday, November 5, 2018

كيفية وضع المناكير


އަލްމަނާކީރު

Image result for nail polish and nail colour


ލިޔުނީ: ޒީނަތު ލަބީބު
ތާރީޚު: 6.11.2018

ދުވާލެއްގެ މައްޗަށް އިރުއަރާ އޮއްސެމުންދާ ކޮންމެ ދުވަހަކު އާ ކަމެއް ކަންތައްތަކެއް ތަޢާރަފުވަމުންދެއެވެ. އަދި މިކަންތައް ކުރުމަށް އަހަރުމެންގެ ޒަމީރު ދަނީ މަޖުބޫރުކުރުވަމުންނެވެ. މިކަންތައްތަކުގެ ތެރެއިން ގިނަ ކަންތަކަކީ ޣައިރު މުސްލިމުންގެ ދިރިއުޅުންތަކުން ނަކަލުކުރެވެމުންދާ ކަންތަކެވެ.  މިކަންތަކަށް ދަނީ ބޮޑު ހޭދައެއް ކުރެވެމުންނެވެ. މިގޮތަށް ތަޢާރަފުކުރެވޭ ކަންތަކަށް އެންމެ ބޮޑަށް ލޯބިކުރަނީ އަންހެން ކަނބަލުންނެވެ. ޒުވާން އަންހެންކުދިންގެ ތެރެއިން ގިނަކުދިންނަށް ވިސްނިފައިވާގޮތުން މިގޮތަށް ތަޢާރަފުވަމުންދާ ކަންތަކަކީ ތަރައްގީއާއި ތަހުޒީބާއި ގުޅިފައިވާ ކަމެކެވެ. އަދި މީހާގެ ހައިބަތު ދައްކުވައިދޭ ކެމެކެވެ. ނިޔަފަތީގައި (އަލްމަނާކީރު) ކުލަޖެއްސުމަކީ ދިވެހިންގެ ތެރެއަށް ތަޢާރަފުވެ ދިވެހި ޒުވާނުން އެކަމަކަށް ބޮޑު ހޭދައެއްކޮށް އެމީހުންގެ ޒީނަތުގެ ބައެއްކަމުގައި ދެކޭކަމެކެވެ.

އަންހެނުން ނިޔަފަތީގައި ކުލަޖެއްސުމުގެ ޙުކުމް:

މުސްލިމުން ރެއަކާއި ދުވާލު ފަސް ފަހަރުމަތިން ނަމާދުކުރަންޖެހެއެވެ. ނަމާދުކުރުމަށް ވުޟޫކުރަންޖެހެއެވެ. ނިޔަފަތީގެ މަތީގައި ފެން ހުރަސްވާގޮތަށް ކުލަޖައްސާފަ ހުރުމުން ވުޟޫގެ ގުނަވަނާއި ހަމައަށް ފެން ވާސިލުކޮށްދިނުން އެއިން މަނާކުރެއެވެ. ވުޟޫގެ ޝަރުތުތަކުގެ ތެރޭގައިވެއެވެ. ވުޟޫކުރާމީހާ އޭނާގެ ހަށިގަނޑަށް ފެން ވާސިލުވުން މަނާކުރާނެ ތަކެތި ހަށިގަނޑުން ނައްތާލައި، ވަކިކުރަން ޖެހޭނެ އެވެ. އަދި މިގޮތުގައި ނިޔަފަތީގައި ކުލަޖެއްސުމުން، އެ ކުލައަކީ ވަގުތީގޮތުން ކުޑަ ހިނދުކޮޅަކަށް ހުންނަ އެއްޗެއް ނޫނެވެ. އަޞްލަކީ ވުޟޫކުރުމުގައި ދެ އަތް ފުރިހަމައަށް ދޮވުމެވެ. އެއްވެސް ގޮތަކަށް އަތުގައި ހުރަހެއްގެ މަތިން ފެންފޮހުން ވާރިދުވެގެންނުވެ އެވެ.
ނިޔަފަތީގައި ކުލަޖައްސައިގެން ހުރެ ވުޟޫކޮށްފިނަމަ، އޭނާގެ ވުޟޫ ޞައްޙަނުވާނެއެވެ. އެހެންކަމުން  އެ އަންހެންމީހާގެ ނަމާދުވެސް ޞައްޙައެއް ނުވާނެ އެވެ. އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘް ކުރައްވާފައި ވެއެވެ. عن أبي هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : لا يقبل الله صلاة أحدكم إذا أحدث حتى يتوضأ. މާނައީ: ތިޔަބައިމީހުންގެ ތެރެއިން މީހަކު ޙަދަޘަވެރިވެ، އޭނާ ވުޟޫ ކުރުމަށްދާންދެން އޭނާގެ ނަމާދު ޞައްޙައެއް ނުވާނެ އެވެ.
ފަހެ، އޭނާގެ ވުޟޫ ޞައްޙަ ކަމުގައި ނުވާހާ ހިނދެއްގައި އޭނާގެ ނަމާދު ވެސް ޞައްޙައެއް ނުވާނެ އެވެ.
ނިޔަފަތީގައި ކުލަޖައްސައިގެން ހުންނަހާލު ކުރާ ވުޟޫ ސައްޙަނުވާނެކަން އެނގޭހާލު ވުޟޫކުރުމަށްފަހު ކޮށްފައިވާ ނަމާދު އަލުން އިޔާދަކުރުން ލާޒިމުވެގެންވެއެވެ. މިހާލަތުގައި އަންހެން މީހާ ފާފަވެރިވެއެވެ. އެހެންނަމަވެސް މިކަންތައް ނޭނގޭ މީހާގެ ނަމާދު އަލުން އިޔާދަކުރުމެއް ނެތެވެ. ބަޔަކު ކުރާ ކޮންމެ ކަމެއް ރީތިވެ އެކަމެއް ކުރަން ފެށުމުގެ ކުރިން އެކަމެއްގެ ޢިލްމު ހޯދަންޖެހެއެވެ. މި ޒަމާނަކީ ކޮންމެ މީހެއްހެ މުށުތެރެއަށް ދުނިޔެލެވިފައިވާ ޒަމާނެވެ. ހޯދަން ބޭނުން ކޮންމެ ޢިލްމެއް ފަސޭހަކާމާއެކު ލިބެން އެބަހުއްޓެވެ.
ނިޔަފަތީގައި ކުލަޖެއްސުމުގެ ޙުކުމާއިބެހޭ ގޮތުން ދަންނައެވެ. މި މައްސަލައަށް ޚާއްސަ ނައްސެއް ފެންނަން ނެތްކަމަށް ޝައިޚު ބިންބާޒްގެ ފަތުވާދެއްވާފައިވެއެވެ. އެހެނަސް ޖެއްސުމަށްވުރެ ނުޖެއްސުން އައުލާކަންބޮޑެވެ. އެހެނީ އޭގެ ޙާޖަތަށް ބޭނުން ނުޖެހޭތީއެވެ. އަދި އެހެން ބައެއްގެ ގޮތްތަކާއި އެއްގޮތްވެއެވެ. އަދި މިއީ ވުޟޫކުރާއިރުގައި ފެންޖެއްސުން މަނާކުރާނެ ކަމެކެވެ. އެހެންކަމުން ކުލައިން ދޫކޮށްލުން އައުލާކަންބޮޑެވެ. ކުލައެއް ޖައްސަން ބޭނުންނަމަ ހީނާފަތުން ފުދެއެވެ. އަންހެނުން އެ ބޭނުންކުރާ ކަމުގައިވަނީނަމަ ވުޟޫކުރާ ހިނދުގައްޔާއި ހިނައިގަންނަ ހިނދު އެ ފުހެންޖެހެއެވެ.
އެހެނަސް ބޭނުންކުރުން ޙަރާމެއްނޫނެވެ.  އެހެންތަނތާގައި އުނގުޅާ ކުލަ ، ޝަރުޢީ ހުއްދަ ޒީނަތެއްގައި ބޭނުންކުރެވި ހަންގަނޑުގައި ވުޟޫކުރާއިރު ފެން ޖެހޭނަމަ ހުއްދައެވެ.
އަންހެނާ ނަމާދު ނުކުރާ ނަމަ، މިޘާލަކަށް ޙައިޟުގެ ދުވަސްވަރު ނުވަތަ ނިފާސް ކަމުގައިވާހާލު ނިޔަފަތީގައި ކުލަޖެއްސުން މައްސަލައެއް ނެތެވެ.

ހަވާލާދިނުން:



No comments: