Friday, January 25, 2019

dhekkuntheriyaa ah huri u'goobaai


        ދެއްކުންތެރިޔާއަށް ހުރި ޢުޤޫބާތް

         Image result for ‫الرياء‬‎        

ލިޔުނީ: ޒީނަތު ލަބީބު

ދެއްކުންތެރިންގެ މަސައްކަތާ އުއްމީދުވީ ގެއްލެނިވެގެން 
     ދެއްވާނެއޭ ދުނިޔޭގަވެސް އަދި އުޚުރަވީ ޢުޤޫބާތުތައް

ދުނިޔޭގަ އޭނާއަށް ހުރީ ފަޟީޙަތަކާ ކުރިމަތިލުމޭ
    ކުރިކަންތަކޭ އޭނާ އަތުން ދައްކާނެޔޭ ލަދުވެތިވެފާ

އިޚްލާޞްތެރިންގެ ސަފުތަކުން ނުލިބޭނެއޭ ހަމަ ފުރުޞަތެއް
    އިތުބާރު ނެތި ބާކީވެފާ ނުލިބޭނެ ޤަދަރެއް ހަމަހިލާ

ހުންނާނެއޭ ތައްޔާރުގާ ފައްކާވެ އަލިފާން ކެކިއަރާ
  ބުންޏަސް ނުވާނެ ސަލާމަތެއް އެއްލާލެވޭނެ ޖަހައްނަމަށް

ނިޔާއިއްވޭނެ ތިން ބަޔަކަށް ޤިޔާމަތްދުވަހު ފުރަތަމަ ވެސް
   ބަޔާންކޮށްދިން ނަބިއްޔާ ވެސް މިއީ ދެއްކުންތެރިންތަކެކޭ 
         
           .....................
          


No comments: