ދުޢާ
އިޖާބަކުރައްވަނީ ރާގުރާގަށް ދުޢާކުރުމުން ހެއްޔެވެ؟

ލިޔުނީ: ޒީނަތު
ލަބީބު.
ނަބިއްޔާ صلى
الله عليه وسلم ޙަދީޘްކުރެއްވި އެވެ: {إِنَّ رَبَّكُم
حَيِيٌّ كَرِيم، يَسْتَحْيِ مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ
يَرُدَّهُمَا صِفْرًا} މާނައީ: "ހަމަކަށަވަރުން
ތިޔަބައިމީހުންގެ ރައްބަކީ ލަދުވެތިވެވޮޑިގަންނަވާ، ދީލަތިވަންތަ އިލާހެވެ. އެއިލާހުގެ އަޅުގެ
ދެއަތް އެއިލާހުގެ ޙަޟްރަތަށް އުފުލައިފި ނަމަ ހުސްއަތާ ރައްދުކުރެއްވުމަށް އެއިލާހު
ލަދުވެތިވެވޮޑިގަންނަވައެވެ."
އެހެންނަމަވެސް ޤުރުއާން ތިލާވަތުކުރާ ގޮތަށް އަޑު އުފުލައި، ދުޢާ ކުރުމަކީ
ދުޢާ އިޖާބަ ނުކުރެވޭ ސަބަބެއްކަމަށް الإمام محمد بن الهمام الحنفي رحمه الله ވިދާޅުވެފައިވެއެވެ. ދުޢާ ކުރުމުގައި އަޅުކަމުގެ އެއްވެސް ނިޔަތެއް ނެތި،
އަޑުގެ ރީތިކަމާއި ރާގު ގެންގުޅޭގޮތުގެ މޮޅުކަމާއި ހުނަރުވެރިކަން
ދެއްކުމަށްޓަކައި އަޑު އުފުލައި ރާގުރާގަށް ދުޢާ ކުރުމަކީ ދުޢާ ރައްދުވުމަށް އޮތް
ސަބަބެކެވެ. ދުޢާ އިޖާބަ ކުރައްވަނީ ދުއާ ކުރާ ރާގަކަށް ނުވަތަ އަޑުގެ ރީތިކަމާއި
ބާރު މިނަށް ބަލާފައެއް ނޫނެވެ. ދުޢާ ކުރުމުގައި ވެސް އިޚްލާޞްތެރިވާށެވެ.
ވެރިއެއްގެ ގާތަށް ކަމަކު ދާ ރައްޔިތު މީހާގެ އަޑު ހުންނަނީ ކިހިނެއް
ހެއްޔެވެ؟ ތިމާގެ މޮޅުކަމާއި ގަދަކަން ދައްކާ އަޑާއި ރާގަށް ބަނޑި ލައްވަމުން
ވެރިޔާއާ މުޚާޡަބުކުރަން ކެރެނީ ކޮން އިންސާނަކަށް ހެއްޔެވެ؟ އެފަދަ މޭރުމަކުން
ވާހަކަ ދެއްކިނަމަ އެ ދައްކަނީ ސަމާސާއެއް ނުވަތަ މަލާމަތެއް ކުރުމަށް ކަމަށް
ވެދާނެއެވެ. ހާޖަތަކަށް އެދިގެން ގޮސް ވާހަކަ ދެއްކި މީހެއް ކަމަކަށް ނުވާނެއެވެ. އެއީ، ޙާޖަތަކަށް އެދޭ ދަތިޙާލަތުގެ ވަޤުތުގައި
އެކަށީގެންވަނީ ދެރަ ނިކަމެތިވުމެވެ. އެއީ ރާގު ރާގަށް (ލަވަކިޔާފަދައިން) ކިޔުމަށް
އޮތް ދަޑިވަޅެއް ނޫނެވެ.
އެހެންވެއްޖެނަމަ ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ހުރިހާ ރަސްކަލުންގެ
ރަސްކަލާނގެއެވެ. ﷲގެ ޙަޟްރަތުން ކަންކަމަށް އެދި ދުޢާ ކުރަމުގައި އަޑު ގަދަ
ކުރުން އެއީ ކޮށްގެންވާނެ ކަމެއް ނޫންކަން ދުނިޔެވީ މިޘާލުތަކަށް ވިސްނާލުމުން
ވެސް އެނގިގެން ދެއެވެ. އެހެންކަމުން އެނގި ފާޅުވަނީ އަޑު އުފުލައި، ދުޢާ ކުރުމަކީ ދުޢާ އިޖާބަ
ނުކުރެވޭ ސަބަބެއް ކަމެވެ. ދުޢާ ކުރުމުގައި އެއިލާހުގެ ދަރުބާރުގައި މަޑުމޮޅިވާށެވެ.
والله أعلم
މަސްދަރު:
https://salafi.mv/alhukan/dua/260-witr-eege-dua-dhigukuruma-raagu-raagah-kiyun-shykh-ubyd
No comments:
Post a Comment