ހިސާބު ބެއްލެވޭ
ދުވަސް

ލިޔުނީ: ޒީނަތު ލަބީބު.
ހިސާބު ބެއްލެވޭނޭ
ދުވަސް އަންނާނީ ޤިޔާމަތް ދުވަހުގައެވެ. ޤިޔާމަތް ދުވަސް އަންނާނެ ވަގުތެއް ދުނިޔޭގެ
އެކަކަށްވެސް ނޭނގެއެވެ. އިސްރާފީލުގެފާނު ﷲގެ އަމުރުފުޅަށް ތާޅަފިލި ފުމެލެއްވުމުން
ބިންމަތީގާވާހާ އެއްޗަކާއި އުޑުގާވާހާ އެއްޗެއް ފަނާވެ ނެތި ހިނގައިދާނެއެވެ.
މާތްﷲ ވަޙީކުރައްވާފައި ވެއެވެ. وَنُفِخَ فِي
الصُّورِ فَإِذَا هُم مِّنَ الْأَجْدَاثِ إِلَىٰ رَبِّهِمْ يَنسِلُونَ ﴿٥١ سورة
يس﴾ މާނައީ: އަދި ތާޅަފިލި
ފުމެލައްވާހުއްޓެވެ. ފަހެ، އެހާރުން އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް ކަށްވަޅުތަކުން އަވަސްއަވަހަށް ނުކުމެގެންދާނެތެވެ. އެދުވަހުގައި
އެކަކުވެސް ދޫނުކުރެވޭނެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން
ވެއެވެ. އުންމަތުގެ ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް
ކުރައްވަނިކޮށް ތިމަންކަމަނާ އަޑުއެއްސެވީމެވެ. وعن
عائشةَ، رضي اللَّه عنها، قَالَتْ: سمعتُ رَسُول اللَّه ﷺ، يقول: يُحْشَرُ
النَّاسُ يَوْمَ الْقِيَامَةِ حُفَاةً عُراةً غُرْلًا އެބަހީ: ޤިޔާމަތްދުވަހުން މީސްތަކުން މަޚްޝަރުކުރެވޭނީ ޚިތާނުނުކޮކޮށް އޮރިޔާން
ޙާލުގައި ހުސްފަޔާއެވެ. އެބަހީ: މަންމަގެ ބަނޑުން އުފަންވީގޮތަށް ޤިޔާމަތްދުވަހުން
މީސްތަކުން މަޚްޝަރުކުރެވޭނެ އެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅު އަޑުއިވުމުން ފިޠުރީ
ގޮތުން އެކަމަނާގެ ހިތުގައި ސުވާލެއް އުފެދުނެވެ. އަދި ސުވާލު ކުރެއްވެވިއެވެ. قُلْتُ:
يَا رَسُول اللَّه الرِّجَالُ وَالنِّسَاءُ جَمِيعًا يَنْظُرُ بَعْضُهُمْ إِلى
بَعْضٍ،؟ އެބަހީ: އޭ ﷲގެ ރަސޫލާ
އެވެ. ފިރިހެނުންނާއި އަންހެނުން އެކުގައިވާނަމަ، އެދުވަހަކުން އެއްބަޔަކު އަނެއް
ބަޔަކަށް ބަލާނެ ނޫންހެއްޔެވެ؟ قَالَ: يَا عَائِشَةُ
الأَمرُ أَشَدُّ مِنْ أَنْ يُهِمَّهُم ذلكَ އެބަހީ: އެ ދުވަހަކުން މީސްތަކުން
އެކަކު އަނެކަކަށް ބަލާލުމުގެ ފުރުޞަތު ލިބުމަށް ވުރެ އެދުވަހުގެ ސުންޕާކަން
ބެޑެވެ.
އެދުވަހަކު
އެންމެން މަޚްޝަރުކުރެވޭނީ މިގޮތަށެވެ. މިކަން އިހްސާސް އެބަ ކުރެވޭ ހެއްޔެވެ؟ ﷲގެ
ޤާނޫނަށް ފުރަގަސްދީ ހިތިހުރި ގޮތަކަށް އުޅެމުންދާ އިރު މި ދުވަސް މަތިން
ހަނދާންކުރާކަށް ގިނަބަޔަކު ހަނދާނެއް ނުހުރެއެވެ. ދުނިޔޭގެ ޒީނަތުގެ އަވައިގަ ޖެހިގެން
ﷲ އެންގެވި ގޮތް ހަނދާނައްތާލާ އެދުވަހާމެދު ޣާފިލުވި މީހުން ދަންނާށެވެ! ފަހެ
ހަމަކަށަވަރުން އެބައިމީހުން މޫނު ވަތަށް މަޚްޝަރުކުރެވޭނެ އެވެ. ރަސޫލާ ޞައްލަﷲ
ޢަލައިހި ވަސައްލަމައާ ސުވާލު ދެންނެވުނެވެ. މީސްތަކުން މޫނު ވަތަށް މަޚްޝަރުކުރާނީ
ކިހިނަކުން ހެއްޔެވެ؟ ޖަވާބުގައި ޙަދީޘް ކުރެއްވިއެވެ. އެބައިމީހުން ދުނިޔެ މަތީ
ދެފައި މައްޗަށް ހިންގެވި ﷲއަށް އެބައިމިހުން ޤިޔާމަތް ދުވަހު މޫނު ވަތަށް
ހިންގެވުމަށް ކުޅަދުންވެ ވޮޑިގެން ވެއެވެ.
އަދި އެމީހުންވާނީ
މަންމަނުންތަކެއްގެ ގޮތުގައްޔާއި ބީރު މީހުންތަކެއްގެ
ގޮތުގައްޔާއި ލޯފަން މީހުންތަކެއްގެ ގޮތުގައެވެ. ޤިޔާމަތް ދުވަހުން އެބައިމީހުންގެ
ވެރި ﷲއާ ސުވާލުކުރައްވާނެއެވެ. އޭ ﷲ! މިއަޅާ ލޯފަން މީހެއްގެ ގޮތުގައި މަޚްޝަރުކުރެއްވީ
ކީއްވެގެން ހެއްޔެވެ؟ މިއަޅާއަކީ ދުނިޔެމަތީގައި ލޮލަށް ފެންނަ މީހަކީމެވެ. ﷲ
ތަޢާލާ ޖަވާބުގައި ވަޙީ ކުރައްވާނެއެވެ. ކަލޭގެ ގާތަށް ތިމަން ﷲގެ އާޔަތްތައް
އައެވެ. ތިމަން ﷲގެ ޤާނޫނު ކަލެގެ ކުރިމަތީގައި އޮތެވެ. ނަމަވެސް ކަލޭ އެއަށް
ފުރަގަސް ދިނެވެ. ކަލޭގެ ލޯ އެއަށް ނުބަލަން މަރާލީއެވެ. ކަލޭ ބަލަން ބޭނުން
ނުވީއެވެ. އަދި އެއާއި އެއްގޮތަށް ޢަމަލުކުރަން ވެސް ކަލޭ ބޭނުން ނުވީއެވެ. ކަލޭ
އެއްޗެހި ހަނދާން ނައްތާލި ފަދައިން މިއަދު ކަލޭމަތިން ހަނދާން ނައްތާލެއްވީމެވެ.
ޤިޔާމަތް ދުވަހުން
އިރު އިންސާނުންނާއި މޭލެއްގެ މިންވަރަށް ކައިރި ކުރެވޭނެއެވެ. އެއީ ދުނިޔޭގެ
ޢަދަދުކުރާ މަސާފަތުގެ ތެރއިން މޭލެއް ކަމަށް ވެސް ވެދާނެއެވެ. ނުވަތަ ސުރުމާ
އަޅަން އަޅުގަނޑުމެން ގެންގުޅޭ ދަނޑިކޮޅުގެ ދިގުމިން ކަމަށް ވެސް ވެދާނެއެވެ. ޢަމަލު
ހުރި ގޮތަކުން އެދުވަހުން އިންސާނުން ދަލުގެތެރޭ ފިނާފައި އުޅޭނެއެވެ. މާތް ﷲ
ވަޙީކުރައްވާފައި ވެއެވެ. اقْتَرَبَ
لِلنَّاسِ حِسَابُهُمْ وَهُمْ فِي غَفْلَةٍ مُّعْرِضُونَ ﴿١﴾ مَا
يَأْتِيهِم مِّن ذِكْرٍ مِّن رَّبِّهِم مُّحْدَثٍ إِلَّا اسْتَمَعُوهُ وَهُمْ
يَلْعَبُونَ ﴿٢﴾ لَاهِيَةً
قُلُوبُهُمْ ۗ މާނައީ: މީސްތަކުންނަށް އެއުރެންގެ (عمل ތަކުގެ) ހިސާބު ބެއްލެވުމުގެ ވަގުތު ގާތްވެއްޖެއެވެ. އެއުރެން غافل ވެ (އެކަމުން) އެއްކިބާވެގެންވާ حال ގައެވެ. (1) އެއުރެން (އެއަށް) ފުރައްސާރަކުރާ حال ގައި، އޭގެ އަޑުއަހާ ކަމުގައިނުވާ އައު آية އެއް، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އެއުރެންނާ
ހަމަޔަކަށް ނާދެތެވެ. (2) އެއުރެންގެ ހިތްތައް غافل ވެގެންވާ حال
ގައެވެ.
ސާލާމްތަވުމަށް
އޮތީ ހަމަ އެންމެ ގޮތެކެވެ. އެއީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަން ހިތް މައްޗަށް
ގެނެސްގަތުމެވެ. ﷲ ތަޢާލާ އެންގެވި ގޮތް މި ބިންމަތީ ދިރިއުޅުމަށް އިޚްތިޔާރު
ކުރުމެވެ. އެދުވަހުގެ ނުރައްކަލުން ސަލާމަތްވުމަށް މީނޫން އެހެން އެއްވެސް ގޮތެއް
ނުވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. وَنَضَعُ
الْمَوَازِينَ الْقِسْطَ لِيَوْمِ الْقِيَامَةِ فَلَا تُظْلَمُ نَفْسٌ شَيْئًا ۖ
وَإِن كَانَ مِثْقَالَ حَبَّةٍ مِّنْ خَرْدَلٍ أَتَيْنَا بِهَا ۗ وَكَفَىٰ بِنَا
حَاسِبِينَ ﴿٤٧﴾ މާނައީ: ތިމަންރަސްކަލާނގެ قيامة ދުވަހުން عدل
ވެރިކަމުގެ ތިލަފަތްތައް قائم ކުރައްވާހުށީމެވެ. ފަހެ، އެއްވެސް نفس އަކަށް، އެއްވެސް
ކަމަކުން ބޭއިންސާފެއް ނުކުރައްވާހުށްޓެވެ. އަދި އެއީ ރެވިއޮށްޓަރެއްގެ ބަރުދަން ކަމުގައިވިޔަސް،
އެ، ގެންނަވާހުށީމެވެ. ހިސާބު ބައްލަވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ފުދެއެވެ.
(47) މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. يَا أَيُّهَا
النَّاسُ أَنتُمُ الْفُقَرَاءُ إِلَى اللَّـهِ ۖ وَاللَّـهُ هُوَ الْغَنِيُّ
الْحَمِيدُ ﴿١٥﴾ މާނައީ: އޭ މީސްތަކުންނޭވެ! اللَّه އަށް ބޭނުންތެރިވެގެންވާ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި اللَّه އީ، ފުދިވޮޑިގެންވާ، ގިނަގިނައިން حمد ލިބިވޮޑިގެންވާ
ރަސްކަލާނގެއެވެ. (15) މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. وَجَاءَ
رَبُّكَ وَالْمَلَكُ صَفًّا صَفًّا ﴿٢٢﴾ وَجِيءَ
يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّىٰ لَهُ
الذِّكْرَىٰ ﴿٢٣﴾ މާނައީ: އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ އަމުރުފުޅު އެހިނދު
އަންނާނެތެވެ. އަދި ملائكة ން ސަފުސަފަށް ވަޑައިގަންނަވާނެތެވެ.
(22) އަދި އެދުވަހުން ނަރަކަ ގެންނަވާނެތެވެ. އެދުވަހުން އިންސާނާ ހަނދުމަކުރާނެތެވެ.
އެ ހަނދާންކުރުމުން އޭނާޔަށް ފައިދާއެއްކުރާނީ ކޮންފަދައަކުން ހެއްޔެވެ؟ (23)
އަމިއްލަ
ނަފްސަށްޓަކާ ކުޑަކުޑަ ވަގުތުކޮޅަކަށް ވިސްނާލާށެވެ! ޢަރުޝީގެ ހިޔާވަހިކަން ނޫން
އެހެން ހިޔަލެއް ނުވާ ދުވާހާ މެދު ވިސްނާލާށެވެ! ޒުވާންކަމުގެ ޢުމުރު ހެޔޮގޮތުގައި
ހޭދަކުރާށެވެ! ޢުމަރުގެފާނު ވިދާޅުވެފައިވާ ފަދައިން މާދަމާ ހިސާބު ބެއްލެވުމުގެ ކުރިން
މިއަދު ހިސާބު ބަލާލާށެވެ! މާދަމާ ރައްކާތެރިވުމަށްޓަކައި މިއަދު މަސައްކަތް
ކޮށްލާށެވެ! ރައްކާވެ ތިބިއްޔާ ދަތުރެވެ ބުނާ މޭތުމުން ރައްކާތެރިވާށެވެ! މާދަމާ
ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެއެވެ. މާދަމާގެ ނުރައްކާތެރިކަމުން
ރައްކާތެރިވުމަށް މިޙިޔާތުގެ ދުވަސްތައް ހެޔޮގޮތުގައި ހިފިމުގެ ތައުފީޤު
އަޅާއަށާއި މުސްލިމު އަޙުންނާއި އުޚުތުންނަށް ދެއްވާށި! އާމީން!
މަޞްދަރު:
އައްޝައިޚު އިލްޔާސް ޙުސައިން.
No comments:
Post a Comment