ދަރިފުޅު ނަމާދަށް ލޯބިޖެއްސުމަށް ކުރެވިދާނެ ބައެއް ކަންތައްތައް
ލިޔުނީ:
ޒީނަތު ލަބީބު.
ތާރީޚު:
26.11.2018
ދަރިފުޅު ނަމާދުކުރުމަށް ލޯބިޖެއްސުމަށް ކުރެވިދާނެ
ބައެއްކަންތަައްތައް:
1- މައިންބަފައިން ގަޑިން ގަޑިޔަށް ނަމާދު ކުރާށެވެ.
މައިންބަފައިންނަކީ ދަރިފުޅަށް ނަމޫނާއެއް ކަމުގައި
ވާށެވެ. ކޮންމެ ނަމާދެއްގެ ވަގުތު ނަމާދުކުރާ މަންޒަރު ދަރިން އެންމެ
ކުޑައިރުއްސުރު ފެށިގެން ދައްކަމުން ދާށެވެ.
2- ނަމާދުގެ މުހިއްމުކަން ވިސްނައިދޭށެވެ.
ނާމދުގެ މުހިންމުކަމާއި ނަމާދުން ލިއްބައިދޭ މޭވާގެ
ވާހަކަ ދަރިފުޅަށް ކިޔާދޭށެވެ. އަދި
އެމޭވާއަށް ކުދިންގެ ހިތުގައި ޝައުޤުވެރިކަން އުފެދޭ ފަދަ މޭރުމަކުން އެވާހަކަތައް
ކިޔާދޭށެވެ.
3- ކޮންމެ ކަމެއް ކުރަން ހުރި ކަމުގައިވިޔަސް ނަމާދު
ވަޤުތުވުމުން އެކަން ހުއްޓާލުމަށް އާދަކުރާށެވެ. ނަމާދަށް ވުރެ މުހިންމު އެހެން
ކަމެއް ނުވާކަމުގެ އިޙްސާސް ދަރިފުޅަށް ކުރާ ފަދަ ގޮތަކަށް ކަންތައް ކުރާށެވެ.
ކޮންމެ ފަދަ ކަމެއްކުރަން ހުއްޓަސް އެކަމެއް މެދު ކެނޑުމަށްފަހު ނަމާދަށް ދާ
މަންޒަރު ދަރިފުޅަށް ދައްކާށެވެ. އަދި ނަމާދަށް އަވަސްވެގަންނާށެވެ.
4- ދަރިފުޅު ތަންދޮރު އެނގޭވަރުވުމުން ބައްޕަ މިސްކިތަށް
ދާއިރު ދަރިފުޅު ގެންދާށެވެ.
ބައްޕަ މިސްކިތަށް ދާއިރު ފިރިހެން ދަރިފުޅު
ގޮވައިގެން ދާށެވެ. އަދި މަންމަ ނަމާދަށް ދަމުން އަންހެން ދަރިފުޅު ނަމާދަށް
ގެންދާށެވެ.
5- މަންމަ ނަމާދު ކުރާއިރު ދަރިފުޅު ކައިރީގައި ބަހައްޓައިގެން
ނަމާދުކުރާށެވެ.
ދަރިފުޅު އެންމެ ކުޑައިރު ވެސް މަންމަ ނަމާދު ކުރާ
މަންޒަރު ފެންނަ ހިސާބުގައި ބަހައްޓައިގެން ނަމާދު ކުރާށެވެ.
6- ދަރިފުޅުގެ އެކުވެރިންނަކީ ނަމާދުކުރާ ބައެއްތޯ ބައްލާށެވެ.
ދަރިފުޅުގެ އެކުވެރިންނަކީ ކޮންކަހަލަ ކުދި ބައެއްތޯ
ބަލާށެވެ. އެކުދިން ނަމާދު ނުކުރާނަމަ އެފަދަ އެކުވެރިންނާ ގުޅުންބަދަހި ވިޔަނުދޭށެވެ.
އެކުދިންނާ ދުރުވުމަށް ދަރިފުޅަށް ހިތްވަރުދޭށެވެ.
7- ދަރިފުޅު ނަމާދަށް ރައްކާތެރިވާނަމަ އެކަމުގެ އަގު
ވަޒަންކުރާށެވެ.
ދަރިފުޅު ކުރާ ރަނގަޅު ކަންތައްތަކުގެ
ވާހަކަ ދައްކާށެވެ. އަދި އެކަންތައްތަކުގެ ތެރެއިން ވެސް ބައްޕައާއި މަންމަ އެންމެ
އުފާވާކަމަކީ ނަމާދު ވަގުތުން ވަގުތަށް ކުރުން ކަމުގައި ދަރިފުޅަށް ބުނެދޭށެވެ.
ހިތްވަރުގެ ބަސްތަކުން ދަރިފުޅު ނަމާދަށް ދޭ ސަމާލުކަން އިތުރުކުރުވާށެވެ.
-------------------------------------------
No comments:
Post a Comment