ޤިޔާމަތްދުވަހު އެބަޔަކަށް
ޢަޛާބު އިތުރުވެގެންވާ 10 މީހުން.
ލިޔުނީ: ޒީނަތު
ލަބީބު.
ތާރީޚު: 25.11.2018
ދުނިޔެއަކީ އިންސާނާ އުޚުރަވީ
ޙަޔާތަށް ތައްޔާރު ވުމުގެ މަންޒިލެވެ. ނަމަވެސް
މިކަން ދަންނަނީ ކޮންބައެއް ހެއްޔެވެ؟ މިމަންޒިލުގެ ބޭނުން
ހެޔޮގޮތުގައި ހިފަން ހަނދާން ނައްތާލާ ދުނިޔޭގެ ހަވާނަފްސަށް ހެއްލިއްޖެނަމަ އެމީހަކު
ވާހުށީ އަބާއްޖަވެރިންގެ ތެރެއިންނެވެ. ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. ނިމުމެއްނުވާ
ދާއިމީ ގޮވެއްޗަކީ އުޚުރަވީ ޙަޔާތެވެ. ޤިޔާމަތްދުވަހަކީ ﷲ ފިޔަވައި އެހެން އެއްވެސް
ފަރާތެއްގެ އެހީތެރިކަމެއް ނުވާ ދުވަހެވެ. މިދުވަހު ﷲ ގެ ރަޙްމަތުގެ ބެލުމުންނާއި އެކަލާނގެ
ރަޙްމަތުގެ ބަސްފުޅުތަކުން މަޙްރޫމުވެ ވޭންދެނިވި ޢަޛާބުގެ އަހުލުވެރިޔަކަށް ވުމަށްވުރެ
ނިކަމެތި ދެރަކަމެއް ވާނެ ހެއްޔެވެ؟ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘްފުޅުތަކުން ޘާބިތުވާ
ގޮތުގައި ޤިޔާމަތްދުވަހު، މާތްﷲގެ ރަޙުމަތުގެ ބެއްލެވުމުން
ނުބައްލަވާނެ ބަޔަކާއި، ރަޙުމަތުގެ ބަސްފުޅު ވަޙީނުމެކުރައްވާނެ
ބަޔަކާއި، ވޭންދެނިވި ޢަޛާބު ލިބިގެންވާ ބަޔަކުވެއެވެ. އެއީ
(1) މުސްކުޅިޢުމުރުގައި ޒިނޭކުރާމީހާ.
(2) ފަޤީރުހާލުގައި ބޮޑާވެ ކިބުރުވެރިވާމީހާ.
(3) ދޮގުހުވައިކޮށްގެން މުޖާވިއްކާމީހާ.
(4) ދޮގުހަދާ ވެރިމިހާ
(5) ސަހަރާއެއްގައި އެމީހެއްގެ އަތުގައި
އިތުރަށް ފެންހުރެ، ދަތުރުވެރިޔާއަށް އެފެން މަނާކުރާމީހާ،
(6) ޢަޞުރުނަމާދަށްފަހު، ދޮގުހުވައިކުރާމީހާ.
(7) މީހަކަށް އިޙުސާންތެރިވުމަށްފަހު
ކަލަގޮވާމީހާ.
(8) ތަނބިކަށިން ތިރިއަށް އިޒާރު ތިރިކުރާ
ފިރިހެނާ.
(9) ދުނިޔެއަށްޓަކައި ވެރިމީހާގެ މައްޗަށް
ބައިޢަތުހިފާމީހާ.
(10) ދިރޭތަކެތީގެ ސޫރަކުރަހާމީހާ.
(11) ފާފައެއްކޮށްފައި، މީސްތަކުންގެ ކުރިމަތީގައި އަމިއްލައަށް އެފާފައިގެ ވާހަކަ
ދައްކާ ފާޅުކުރާމީހާ.
(12) ކިޔަވައިގެންހުރެ، މީސްތަކުން މަގުފުރައްދާމީހާ.
މަސްދަރު:
https://ar.islamway.net/article/29457/ ولا-يكلمهم-الله-يوم-القيامة
من هم الذين لا ينظر الله إليهم يوم القيامة؟
رابط الموضوع: https://www.alukah.net/sharia/0/84472/#ixzz5XiOtGafL
رابط الموضوع: https://www.alukah.net/sharia/0/84472/#ixzz5XiOtGafL
No comments:
Post a Comment