ރަމަޟާން މުބާރަކް
ލިޔުނީ:
ޒީނަތު ލަބީބު.
އަބޫ
ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘްކުރެއްވިއެވެ. عَنْ
أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: أَتَاكُمْ رَمَضَانُ
شَهْرٌ مُبَارَكٌ فَرَضَ اللهُ عَزَّ وَجَلَّ عَلَيْكُمْ صِيَامَهُ، تُفْتَحُ فِيهِ
أَبْوَابُ السَّمَاءِ وَتُغْلَقُ فِيهِ أَبْوَابُ الْجَحِيمِ وَتُغَلُّ فِيهِ
مَرَدَةُ الشَّيَاطِينِ، فِيهِ
لَيْلَةٌ هِيَ خَيْرٌ مِنْ أَلْفِ شَهْرٍ مَنْ حُرِمَ خَيْرَهَا فَقَدْ حُرِمَ . (رواه أحمد)
މާނައީ:
"ތިޔަބައިމީހުންގެ ގާތަށް ރަމަޟާން އަތުވެއްޖެއެވެ. އެއީ ބަރަކާތްތެރި މަހެކެވެ.
ﷲ ތަޢާލާ ތިޔަބައިމީހުންގެ މައްޗަށް އެމަހުގެ ރޯދަ ފަރުޟު ކުރެއްވިއެވެ. އެމަހުގައި
އުޑުގެ ދޮރުކޮޅުތައް ހުޅުއްވެ އެވެ. އަދި ނަރަކައިގެ ދޮރުތައް ބަންދު ކުރެއްވެ އެވެ.
އަދި މާރިދު ޝައިޠާނުން ކަސްތަޅު އެޅުވެއެވެ. އެމަހުގައި ހާސް މަސްވަރަށްވުރެ ހެޔޮކަންބޮޑުވެގެންވާ
ރެއެއް ވެއެވެ. އެރޭގެ ހެޔޮކަމުން މަޙްރޫމުވެއްޖެ މީހާ މަޙްރޫމުވެއްޖެއެވެ".
މިމައްސަރުގެ
ދަރުމައާއި ޘަވާބު ހޯދަން މަސައްކަތްކުރުމުގެ ހެއުތައުފީޤު އަޅަމެންނަށް މިންވަރު
ކުރައްވާށި! އަދި މިމައްސަރުގައި އަޅަމެންކުރާ އަޅުކަންތައް ޤަބޫލުކުރައްވާށި!
ކަންނެއްކަމާއި ބަލިމަޑުކަމުން އަޅަމެން ސަލާމަތްކުރައްވާށި! އާމީން.
No comments:
Post a Comment