Featured Post

Ombey

Thursday, May 17, 2018

Quran aai behe mau'loomaathu




ކީރިތި ޤުރުއާނާ ބެހޭ ބައެއް މަޢްލޫމާތު


Related image

ލިޔުނީ: ޒީނަތު ލަބީބު.

1-      ޤުރުއާން ބާވައިލެއްވުނީ ރަމަޟާންމަހުގައެވެ.
2-      ޤުރުއާން ބާވައިލެއްވުނީ ނޫރުފަރުބަދައިގެ ޙިރާ ހޮހޮޅައިގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިންނަވަނިކޮށްނެވެ.
3-      ޤުރުއާނުގެ އެންމެ ފުރަތަމަ ސޫރަތަކީ މައްކީ ސޫރަތެކެވެ. އަދި އެންމެ ފަހުގެ ސޫރަތަކީ މަދަނީ ސޫރަތެކެވެ.
4-      ޤުރުއާނުގައި ވަނީ 114 ސޫރަތެވެ. އޭގެތެރެއިން 86 ސޫރަތަކީ މައްކީ ސޫރަތެވެ. ބާކީ 28 ސޫރތަކީ މަދަނީ ސޫރަތެވެ.
5-      ޤުރުއާނުން އެންމެ ފުރަތަމަ ބާވައިލެއްވުނު އާޔަތްތަކަކީ ސޫރަތުލް ޢަލަޤްގެ ފުރަތަމަ 5 އާޔަތެވެ.
6-      ޤުރުއާން ބާވައިލައްވާ ނިމުނީ 23 އަހަރުންނެވެ.
7-      "ޤުރުއާން" މިލަފްޡު ކީރިތި ޤުރުއާނުގައި 70 ފަހަރު ތަކުރާރު ކުރެވިފައިވެއެވެ.
8-      އެންމެ ދިގު ސޫރަތަކީ "ސޫރަތުލް ބަޤަރާ" އެވެ. އެއީ ޤުރުއާން ތަރުތީބުކުރެވިފައިވާ ގޮތަށް ބަލާއިރު 2 ވަނަ ސޫރަތެވެ.
9-      އެންމެ ކުރު ސޫރަތަކީ "ސޫރަތުލް ކައުޘަރު" އެވެ.
10-   އެންމެ ދިގު އާޔަތަކީ "ސޫރަތުލް ބަޤަރާ" ގެ 282 އާޔަތެވެ.
11-   އެންމެ ކުރު އާޔަތަކީ ޠާހާ ސޫރަތުގެ 1ވަނަ އާޔަތެވެ.
12-   ޤުރުއާނުގެ އެންމެ ފުރަތަމަ ސޫރަތަކީ "ސޫރަތުލް ފާތިޙާ" ނުވަތަ "އުއްމުލް ޤުރުއާން" މިސޫރަތެވެ.
13-   ޤުރުއާނުގެ އެންމެ ފަހުގެ ސޫރަތަކީ "ސޫރަތުއް ނާސި" އެވެ.
14-   ﷲ މިކަލިމަ 2698 ފަހަރަށް ޤުރުއާނުގައި ތަކުރާރުކުރެވިފައި ވެއެވެ.
15-    ﷲ ތަޢާލާގެ އެހެނިހެން އިސްމުފުޅުތައް ޤުރުއާނުގެ 99 ތަނެއްގައި ބަޔާންވެގެން ވެއެވެ.
16-   މުޙައްމަދު ޞައްލަޢަލައިހި ވަސައްލަމްގެ ނަންފުޅު ކީރިތި ޤުރުއާނުގައި 4 ފަހަރު ތަކުރާރު ކުރެވިފައި ވެއެވެ.
17-   އަޙްމަދު ޞައްލަޢަލައިހި ވަސައްލަމްގެ ނަންފުޅު 1 ފަހަރު ޤުރުއާނުގައި ބަޔާންވެގެން ވެއެވެ.
18-  بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ ކީރިތި ޤުރުއާނުގައި 114 ފަހަރު ތަކުރާރު ކުރެވިފައި ވެއެވެ.
19-  ސޫރަތުއް ތައުބާ ނޫނީ ޤުރުއާނުގެ ހުރިހާ ސޫރަތެއް ފެށިފައިވަނީ بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ އެވެ.
20-  "ސޫރަތުއް ނަމްލި" ގައި 2 ފަހަރު بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ  ތަކުރާރު ކުރެވިފައި ވެއެވެ.
21-   "ސޫރަތުލް ޔާސީން" މިއީ ޤުރުއާނުގެ ހިތް ކަމުގައި ބަޔާންވެގެންވާ ސޫރަތެވެ.
22-   "އާޔަތުލް ކުރުސި" އަކީ ޤުރުއާނުގެ ތަޚްތުގެ ލަޤަބް ލިބިފައިވާ އާޔަތެވެ.
23-   އެންމެ ހެޔޮކަން ބޮޑު މައްސަރެއްގެ ގޮތުގައި ޤުރުއާނުގައި ފާހަގަ ކުރެވިފައިވާ މައްސަރަކީ ރަމަޟާންމަހެވެ.
24-   އެންމެ ހެޔޮކަން ބޮޑު ރެއެއްގެ ގޮތުގައި ޤުރުއާނުގައި ފާހަގަ ކުރެވިފައިވާ ރެއަކީ ލައިލަތުލް ޤަދްރި ވިލޭ ރެއެވެ.
25-   ޤުރުއާނުގައި 25 ރަސޫލުބޭކަލެއްގެ ނަން ގަނެވިފައިވެއެވެ.
26-   ޤުރުއާނުގައި ވަނީ 6236 އާޔަތެވެ.
27-   ޤުރުއާނުގައި ވަނީ 77934 ލަފްޡެވެ.
28-   ޤުރުއާނުގައި ވަނީ 323670 ޙަރުފް(އަކުރު) އެވެ.
29-   ޤުރުއާނުގެ އެންމެ ޙަރުފެއް (އަކުރެއް) ކިޔައިގެން 10 ހެޔޮކަން ލިބެއެވެ.
30-   ޤުރުއާނުގައި 105685 ނުޤުޠާ ވެއެވެ.
31-   ޤުރުއާނުގައި އެންމެ ގިނައިން ތަކުރާރު ކުރެވިފައވާ ޙަރުފަކީ އަލިފް އެވެ.
32-   ޤުރުއާނުގައި އެންމެ މަދުން ތަކުރާރު ކުރެވިފައވާ ޙަރުފަކީ ޡާ އެވެ.
33-   އެއް އާޔަތެއް އެންމެ ގިނައިން ތަކުރާރުކުރެވިފައިވަނީ "ސޫތަރުއް ރަޙްމާން" ގައެވެ.
34-   އެންމެ ރަނގަޅު ބުއިމެއްގެ ގޮތުން ޤުރުއާނުގައި ފާހަގަކޮށްފައިވާ ބުއިމަކީ ކިރެވެ.
35-   އެންމެ ރަނގަޅު ކެއުމެއްގެ ގޮތުން ޤުރުއާނުގައި ފާހަގަކޮށްފައިވާ ކެއުމަކީ މާމުއި އެވެ.

والله أعلم:
މިލިޔުން ލިޔުމަށް އަސްލަކަށް ބަލާފައިވަނީ 35 ފެކްޓްސް އެބައުޓް ދަ ޤުރްއާން ރިވެލޭޝަން މިލިޔުމެވެ. 

No comments: