Featured Post

Ombey

Thursday, February 21, 2019

suvarugeyge enmme dhashu dharaja libey meeha


ސުވަރުގޭގެ އެންމެ ދަށު ދަރަޖަ ލިބޭ މީހާ
Related image

ލިޔުނީ: ޒީނަތު ލަބީބު.

ސުވަރުގެއަކީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވާ އަޅުންނަށްޓަކައި ތައްޔާރުކުރެވިފައިވާ ތަނެކެވެ. އެތަނަކީ ދުވަހަކުވެސް މީހެއްގެ ލޮލަށް ފެނިފައިނުވާ އަދި ކަންފަތަށް އަޑު އިވިފައިނުވާ އަދި ހިތަކަށްވެސް ނުގެނެވޭފަދަ ފުރިހަމަ ގޮތަކަށް ތައްޔާރު ކުރައްވާފައިވާ ތަނެކެވެ. އެތަނުގެ ފުރިހަމަކަން ދުލަކުން ނުވަތަ ގަލަމަކުން ބަޔާންކޮށް ނުދެވޭނެފަދަ ތަނެކެވެ. އެތަން ތައްޔާރުކުރެވިފައިވަނީ ނަފްސުގެ ހުރިހާ ހިތްހަމަޖެހުމަކާއި އެދޭ އެންމެހާ ރިވެތި އެދުންތައް އެތަނުން ފުދޭ ގޮތަށެވެ. އެތަނަށް ވަދެއްޖެ މީހަކީ ދުވަހަކުވެސް އެތަނުން ބޭރު ވާނޭ މީހެއް ނޫނެވެ. އެމީހަކު އުފަލާއި ހިތްހަމަޖެހުމުގައި އަބަދުގެ އަބަދަށް އެތާގައި ދެމިހުންނާނެއެވެ. ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން އެންމެ ދަށު ދަރަޖަ ލިބޭ މީހާގެ ވާހަކަ ބަޔާންކޮށްދެއްވަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރައްވާފައިވެއެވެ.

"سألَ مُوسى عليه السلام ربَّه: ما أَدْنَى أَهْلِ الجَنَّةِ مَنْزِلَةً؟ قَالَ: هُوَ رَجُلٌ يَجِيْءُ بَعْدَ مَا أُدْخِلَ أَهْلُ الْجَنَّةِ الْجَنَّةَ فَيُقَالُ لَهُ: اُدْخُلِ الْجَنَّةَ، فَيَقُوْلُ: أَيْ رَبِّ كَيْفَ وَقَدْ نَزَلَ النَّاسُ مَنَازِلَهُمْ وَأَخَذُوْا أَخْذَتَهُمْ فَيُقَالُ لَهُ: أَتَرْضَى أَنْ يَكُوْنَ لَكَ مِثْلُ مِلْكِ مَلِكٍ مِنْ مُلُوْكِ الدُّنْيَا؟ فَيَقُوْلُ: رَضِيْتُ رَبِّ. فَيَقُوْلُ: لَكَ ذَلِكَ وَمِثْلُهُ وَمِثْلُهُ وَمِثْلُهُ، فَيِقُوْلُ فِيْ الْخَامِسَةِ: رَضِيْتُ رَبِّ، فَيَقُوْلُ: هَذَا لَكَ وَعَشْرَةُ أَمْثَالِهِ، وَلَكَ مَا اشْتَهَتْ نَفْسُكَ، وَلَذَّتْ عَيْنُكَ. فَيَقُوْلُ: رَضِيْتُ" (رواه مسلم)

މާނައީ: މޫސާ ޢަލައިހިއްސަލާމް އެކަލޭގެފާނުގެ ވެރި ރަސްކަލާނގެއަށް ދެންނެވިއެވެ. ސުވަރުގެއިން އެންމެ ދަށުދަރަޖަ ލިބޭ މީހާގެ މަންޒިލަކީ ކޮބައިހެއްޔެވެ؟ އެއިލާހު ވަޙީކުރެއްވިއެވެ. އެއީ ސުވަރުގޭގެ އަހުލުވެރިން ސުވަރުގެއަށް ވަނުމަށްފަހު އަންނަމީހެކެވެ. ފަހެ އޭނާއަށް ދެންނެވޭނެއެވެ. ސުވަރުގެއަށް ވަންނާށެވެ! ފަހެ އޭނާ ބުނާނެއެވެ. އޭއަޅު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ކިހިނަކުންތޯއެވެ؟ މީސްތަކުން އެބައިމީހުންގެ މަންޒިލުތަކަށް ވަދެއްޖެއެވެ. އަދި އެބައިމީހުންނަށް ކަނޑައެޅިފައިވާ ނިޢުމަތްތައް ޙާޞިލުކޮށްފިއެވެ. އެހިނދު އޭނާއަށް ދެންނެވޭނެއެވެ. ދުނިޔޭގެ ރަސްރަސްކަލުންގެ ތެރެއިން ރަސްކަލެއްގެ ރަސްކަންފަދަ ރަސްކަމެއް ތިބާއަށް ލިބުމަށް ތިބާ ރުހެންހެއްޔެވެ؟ އެހިނދު އޭނާ ބުނާނެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރުހިއްޖައީމެވެ. އެހިނދު ﷲ ވަޙީކުރައްވާނެއެވެ. ތިބާއަށް އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި އެފަދަ ރަސްކަމެކެވެ. އަދި ފަސްވަނަ ފަހަރު އޭނާ ބުނާނެއެވެ. އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! އަޅު ރުހިއްޖައީމެވެ. އެހިނދު ﷲ ވަޙީކުރައްވާނެއެވެ. ތިބާއަށް އެއާއި އޭގެ ދިހަގުނަ ވެއެވެ. އަދި ތިބާގެ ނަފުސު އެދޭ ކޮންމެ އެއްޗެއް ތިބާއަށް ވެއެވެ. އަދި ތިބާގެ ލޮލަށް އަރާމުކަންދޭ ކޮންމެ އެއްޗެއްވެސް ތިބާއަށް ވެއެވެ. އެހިނދު އޭނާ ބުނާނެއެވެ. އަޅު ރުހިއްޖައީމެވެ.

މަޞްދަރު:
ނޫރުލް އިސްލާމް.

Thursday, February 14, 2019

muslimaku eynaage muslimu akhaage macchah adhaakohdhaynjehey h'aguthai


މުސްލިމަކު އޭނާގެ މުސްލިމު އާޚާގެ މައްޗަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް


ލިޔުނީ: ޒީނަތު ލަބީބު.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أما بعد:

ތަރައްޤީވެފައިވާ ދުނިޔޭގައި ހޭދަކުރަމުންދާ ދިރިއުޅުމުގައި އަމިއްލަ ނަފުސު ފިޔަވާ އެހެން މީހުންނާއި ދޭތެރޭ ވިސްނާލާނެ ވަގުތެއް ލިބޭ އެކަކުވެސް ނުވެއެވެ. މީހާ މަޝްޣޫލު ކުރުވާފަދަ ކަންކަމާއި މާއްދިއްޔަތަށް ހެއްލުންތެރިކުރުވާ ކަންކަމުގެ ސަބަބުން، މުސްލިމުންވަނީ ބައެއް ޙައްޤުތައް އަދާކުރަމާއި އިޖުތިމާޢީ ގުޅުންތައް ބިނާކުރުމަށް ޣާފިލުވެފައެވެ.

އިސްލާމްދީނާކީ ހެޔޮކަންތަކުގެ ދީނެވެ. ހެޔޮކަންތަކަށް ގޮވާލުމުގައި އިސްވެއުޅޭ މީހުންނަށްވާ އަޖުރު ބޮޑެވެ. އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުމަށް އިސްލާމްދީން ބާރުއަޅާފައިވެއެވެ. ޙައްޤުތައް އަދާކުރުމުން ގުޅުންތައް ވަރުގަދަވެއެވެ. އަދި މުޖުތަމަޢުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުން އިތުރުވެގެންދެއެވެ. އަދި މުޖުތަމަޢުގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ބިނާވެގެންދެވެއެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ.
قِيلَ: مَا هُنَّ يَا رَسُولَ اللهِ؟، قَالَ: إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ، وَإِذَا دَعَاكَ فَأَجِبْهُ، وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ، وَإِذَا عَطَسَ فَحَمِدَ اللهَ فَسَمِّتْهُ، وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ. [رواه مسلم] 

މާނައީ: އެއް މުސްލިމެއް އަނެއް މުސްލިމަކަށްޓަކައި ހަ ޙައްޤެއްވެއެވެ.
އެކަލޭގެފާނަށް ދެންނެވުނެވެ. އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭނާއާ ބައްދަލުވެއްޖެނަމަ ފަހެ، އޭނައަށް ސަލާމްގޮވާށެވެ. އަދި ދަޢުވަތު ދީފިނަމަ ފަހެ، އޭނާއަށް އިޖާބަދޭށެވެ. އަދި ނަސޭހަތަކަށް އެދެފިނަމަ ފަހެ، އޭނާއަށް ނަސޭހަތްތެރިވާށެވެ. އަދި ކިނބިހިއެޅުމުން އޭނާ الْحَمْدُ لِلَّهِ ކިޔައިފިނަމަ، ފަހެ، يَرْحَمُكَ اللَّهُ ކިޔައި އޭނައަށްޓަކައި ދުޢާކޮށްދޭށެވެ. އަދި އޭނާ ބަލިވެއްޖެނަމަ ފަހެ، އޭނާއަށް ޒިޔާރަތްކުރާށެވެ. އަދި މަރުވުމުން ފަހެ، އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ.
والله أعلم

މަޞްދަރު:
ދިސަލަފިއްޔާ

gellifaivaa ehcheh hodhumah kurevidhaane dua eh


ގެއްލިފައިވަ އެއްޗެއް ހޯދުމަށް ކުރެވިދާނެ ދުޢާއެއް
Image result for lost something
ލިޔުނީ: ޒީނަތު ލަބީބު.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أما بعد:

އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެ އެވެ. މީހެއްގެ އަތުން އެއްޗެއް ގެއްލިފައިވާނަމަ އެންމެ ފުރަތަމަ ވުޟޫކޮށް ދެ ރަކްޢަތް ނަމާދެއް ކުރާށެވެ. ނަމާދުން ނިމިގެން އަންނަނިވި ދުޢާ ކިޔާށެވެ. 
بسم الله يا هادي الضلال وراد الضالة اردد علي ضالتي بعزتك وسلطانك فإنها من عطائك وفضلك 
މާނައީ: ﷲގެ އިސްމުފުޅުން ފަށަމެވެ. މަގު ގެއްލިފައިވާ މީހުންނަށް ހިދާޔަތްދައްކަވާ އިލާހެވެ. އަދި ގެއްލިފައިވާ ތަކެތި އަނބުރާ ލިބޭނެގޮތް މެދުވެރިކުރައްވާ އިލާހެވެ. އިނބައިލާހުގެ ޢިއްޒަތާއި ގަދަކީރިތިވަންތަކަމާއެކު މިއަޅާގެ ގެއްލިފައިވާތަކެތި އަނބުރާ ލިބޭނެގޮތް މެދުވެރިކުރައްވާފާނދޭވެ. ހަމަކަށަވަރުން އެތަކެއްޗަކީ އިނބަރަސްކަލާނގެ ދީލަތިވަންތަ ދެއްވުންތަކުގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.
والله أعلم
މަޞްދަރު:
އިސްލާމިކް ނޮލެޖް

Saturday, February 9, 2019

loabiveringe dhuvas faahanga kurun


ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން

Image result for valentines day

ލިޔުނީ: ޒީނަތު ލަބީބު.

ވެލަންޓައިސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަސް، ނުވަތަ ކާފަރުންގެ އެހެނިހެން ޢީދުތައް ފަދައިން ކޮންމެ އަހަރަކުވެސް ފާހަގަ ކުރެވެމުންދާ ލޯބީވެރިންގެ ދުވަސް (14 ފެބްރުއަރީ) މިވަނީ މިއަހަރުވެސް ކުރިމަތީގައެވެ. މިފަދަ އެހެނިހެން ޢީދުތައް ފަދައިން ދުވަހުގެ ތަހުނިޔާ ކިޔުމުގައި އެތައް ބަޔަކު މިފަހަރުވެސް ބައިވެރިވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެހެން ކަމުން މިދުވަހުގައި ބައިވެރިވެވޭނެ އެއްވެސް ގޮތެއް އޮތްތޯ  ބަލާލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭށެވެ!

ވެލެންޓައިންސް ޑޭ އަކީ ޖާހިލިއްޔަ ރޯމަނުންގެ ޢީދެކެވެ. މިޢީދު ގުޅިފައިވަނީ ވެލަންޓައިން ކިޔާ މީހަކާއެވެ. އޭނާވަނީ މީލާދީން 270 ވަނަ އަހަރު ފެބްރުއަރީ މަހިގެ 14 ވަނަދުވަހު މަރުގެ ޙުކުމެއް އިއްވާ މާރާލާފައެވެ. މިއަދާއި ހަމައަށްވެސް އެތައް ފާޙީޝް ކަންތައްތަކާއެކު މިދުވަސް އަންނަނީ ފާހަގަ ކުރެވެމުންނެވެ. ކޮންމެއަކަސް މިއީ އިސްލާމުންގެ ޢީދެއް ނޫންކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. މުސްލިމުންނަށް އިސްލާމްދީނުގައި ވަނީ ޢީދުތައް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައެވެ. އެހެނީ ޢީދަކީ ޝަރުޢޫ ޙުކުމްތައް އެކުލެވޭ ދީނުގެ ތެރޭގައި ވާކަމެކެވެ. އިސްލާމްދީނަކީ އެންމެހާ ކަންތައް ފުރިހަމައަށް ބަޔާންކޮށްދެއްވާފައިވާ މުޅި އިންސާނިއްޔަތަށްވާ ދުސްތޫރެވެ. މާއިދާ ސޫރަތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ މާނައީ: ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ. ޙައްޖު ސޫރަތުގެ 67 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَازِعُنَّكَ فِي الْأَمْرِ ۚ وَادْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًى مُّسْتَقِيمٍ ﴿٦٧﴾ މާނައީ: ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް شريعة އެއް، އެއުރެން އެއަށް تبع ވުމަށްޓަކައި ލެއްވީމެވެ. ފަހެ، އެއުރެން އެކަންތަކާމެދު ކަލޭގެފާނާ ޖަދަލު ނުކުރާހުށިކަމެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެމަގަށް (މީސްތަކުންނަށް) ކަލޭގެފާނު ގޮވައިލައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ هداية އެއްގެ މަތީގައިކަން ކަށަވަރެވެ. (67)

ކާފަރުންގެ ޢީދުގައި ބައިވެރިވުމަކީ ވެސް އެބައިމީހުންނަށް ތަބަޢަވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިފަދަ ކަންކަމުގައި ކިތަންމެ ކުޑަކޮށްވެސް ބައިވެރިވުމަކީ ފާފައެކެވެ. ކޮންމެ ބަޔަކަށްވެސް އެބައިމީހުންގެ ޢީދުދުވަސްތައް ވަނީ ބަޔާން ވެގެންނެވެ. އަލްޙާފިޘު އައްޛަހަބީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. ނަޞާރާއިންނަށް ޢީދެއް ވާކަމުގައި ވަނީނަމަ އަދި ޔަހޫދީންނަށް ޢީދެއް ވާކަމުގައި ވާނަމަ އެއީ ހަމައެކަނި އެބައިމީހުނަށްވާ ޢީދެކެވެ. އެއްވެސް މުސްލިމަކު އެ ޢީދުގައި ބައިވެރިވެގެން ނުވާނެއެވެ. އެއްވެސް މުސްލިމަކު އެބައިމީހުންގެ ދީނާއި ޤިބްލައަށް ތަބަޢަނުވާ ފަދައިންނެވެ. އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. عن أنس - رضي الله عنه - قال : قدم النبي - صلى الله عليه وسلم - المدينة ، ولهم يومان يلعبون فيهما ، فقال : ( ما هذان اليومان ) ؟ قالوا : كنا نلعب فيهما في الجاهلية . فقال رسول الله - صلى الله عليه وسلم - قد أبدلكم الله بهما خيرا منهما : يوم الأضحى ، ويوم الفطر رواه أبو داود . މާނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގެންނެވި އިރު މަދީނާގެ އަހުލުވެރިން ކުޅެ އުފާކުރާ ދެ ދުވަހެއް ވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މިއީ ކޮން ދެ ދުވަހެއްތޯ އެވެ. އެބައިމީހުން ވިދާޅުވިއެވެ. ޖާހިލިއްޔަތުގައި ވެސް އަހަރުމެން މި ދެ ދުވަހު އުފާ ފާޅުކުރަމު އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތި ދެ ދުވަހުގެ ބަދަލުގައި ﷲ ސުބުޙަނަހޫ ވަތަޢާލާ ވަނީ ތިޔަށްވުރެ ރަނގަޅު ދެ ދުވަސް ތިޔަބައިމީހުންނަށް ދެއްވާފައެވެ. އެއީ އަޟްޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ.

أبو سعيد الخدري رضي الله عنه ރަސޫލު الله صلى الله عليه وسلم ކިބައިން ޙަދީޘްފުޅު ކުރައްވާފައިވެެއެވެ.  "قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏ "لَتَتَّبِعُنَّ سَنَنَ الَّذِينَ مِنْ قَبْلِكُمْ شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ حَتَّى لَوْ دَخَلُوا فِي جُحْرِ ضَبٍّ لاَتَّبَعْتُمُوهُمْ ‏"‏ ‏.‏ قُلْنَا يَا رَسُولَ اللَّهِ آلْيَهُودَ وَالنَّصَارَى قَالَ ‏" فَمَنْ  ؟!" (رواه البخاري 8/151 . ومسلم 4/2054) މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރިން އައިމީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. އެބައިމީހުން ضبّއެއްގެ (ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް ތިޔަބައިމީހުން އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ. އެހިނދު ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ اللهގެ ރަސޫލާއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. "ފަހެ އެނޫން ދެން ކޮންބައެއް ހެއްޔެވެ؟". (ބުޚާރީީ: 8/151، މުސްލިމް 4/2054)

މި ޙާދީޘް ބަސްފުޅުތަކުން އަޅުގަނޑުމެންނަށް މިވަނީ ކާފަރުންގެ ޢީދާއި ޖާހިލިއްޔަ ޒަމާނުގައި ފާހަގަ ކުރަމުން ދިޔަ ޢީދުތައް އަހަރުމެން ފާހަގަ ކުރުމަކީ ހުއްދަކަމެއް ނޫންކަން ވަރަށް ސާފުކޮށް ބަޔާންވެފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. قال رسول الله - صلى الله عليه وسلم - من تشبه بقوم فهو منهم. رواه أبو داود . މާނައީ: ބަޔަކާއި ވައްތަރު ވެގެންފި މީހާ ފަހެވަނީ އެވައްތަރު ވެވުނު ބައެއްގެ ތެރެއިންނެވެ. އެހެންކަމުން އަހަރުމެން މުސްލިމުން ކާފަރުންނާއި ދުރުހެލިވަމާތޯ އެވެ. އަހަރުމެންނަކީ ވަކި ގޮތްތަކެއް ﷲގެ ޙަޟްރަތުން އައުމުން އޭގައި ހިފައިގެން ތިބި ކަމުގެ ދަޢުވާ ކުރަމުންދާ ބަޔަކީމުއެވެ. އެހެންކަމުން މިކުރެވޭ ދަޢުވާއަކީ ކަށަވަރު ދަޢުވާއެއްކަމުގައި ހަދައި މިފަދަ ކަންތައްތަކުން ދުރުވަމާތޯއެވެ.

އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންކަމުގައިވާނަމަ އަޅުގަނޑުމެންނަށް އޮތީ الله سبحانه وتعالى އެންގެވި ގޮތަށް ޢަމަލުކޮށް އެއިލާހުގެ މާތް ނަބިއްޔާ صلى الله عليه وسلم ހިންގެވި ފިޔަވަޅުތައް މަތީގައި ހިނގުމެވެ. އެހެންކަމުން ފެބްރުއަރީ 14 ނުވަތަ ލޯބިވެރިންގެ ދުވަސް ފާހަގަ ކުރާކަށް އަހަރުމެން ކަމެއްކުރާކަށް ނުޖެހެއެވެ. އެއީ އަހަރުމެންނަށް ވަކީ ޚާއްޞަ ދުވަހެއް ނޫނެވެ. ﷲ އެންގެވި ގޮތުގައި އެއިލާހަށް ތަޤުވާވެރިވުމުގައި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަސް ވެސް ހޭދަކޮށްލައްވާށެވެ! ފަހެ އަޅުގަނޑުމެން އެންމެންނަކީވެސް އެފަދަ ބައެއް ކަމުގައި ލައްވާށިއެވެ!
آمين.

މަޞްދަރު:
ދިސަލަފިއްޔާ
ދިއިސްލާމް



Friday, February 8, 2019

shahaadhathuge dhekalima dhulun kiyumun eemaankan fudhey heyyeveve?


ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމުން އީމާންކަން ފުދޭ ހެއްޔެވެ؟

Image result for ‫لاإله إلا الله‬‎

ލިޔުނީ: ޒީނަތު ލަބީބު.

ޝަހާދަތުގެ ދެކަލިމަ ހަމައެކަނި ދުލުކޮޅުން ކިޔާލުމަކުން އީމާންކަމަށް ނުފުދެއެވެ. ދުލުން ކިއުމާއިއެކު ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމާއެކުއެކީ އެކަލިމަ އެދޭގޮތަށް ޢަމަލުތައްވެސް ބަހައްޓަންޖެހެއެވެ. އެހެންކަމުން ޢިލްމުވެރިން لا إله إلا الله ކިއުމުގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ހަތް ޝަރުޠެއް ކަނޑައަޅުއްވާފައިވެއެވެ. އެ ޝަރުޠުތަކަކީ:

ފުރަތަމަ ޝަރުޠު:
އެކަލިމައިގައި ހިމެނޭ ނަހީގެ ބަޔާއި އިޘްބާތުގެ ބަޔާއެކު ކަލިމައިގެ މާނަ ރަނގަޅަށް އެނގުމެވެ. އެކަލިމައިގެ މާނައާއި އެކަލިމަ އެދޭ ކަންތައްތައް ނޭނގި އެކަލިމަ ކިއުމުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

ދެވަނަ ޝަރުޠު:
އެއްވެސް ޝައްކުކަމެއްނެތި އެކަލިމައިގައި ބުނާވާހަކަ ޔަޤީންކުރުމެވެ.

ތިންވަނަ ޝަރުޠު:
ޝިރުކުން އެއްކިބާވެފައިވާ އިޚްލާޞްތެރިކަމެއް ހުރުމެވެ.

ހަތަރުވަނަ ޝަރުޠު:
ނިފާޤުކަމަށް ޖާގައެއްނެތް ތެދުވެރިކަމަކުން އެކަލިމަ ތެދުކުރުމެވެ.

ފަސްވަނަ ޝަރުޠު:
މިކަލިމައަށާއި މިކަލިމައިން ދަލީލުކޮއްދޭ އެންމެހާ ކަންތައްތަކަށް ލޯބިކުރުމެވެ.

ހަވަނަ ޝަރުޠު:
އެކަލިމައިގެ ޙައްޤުތައް އަދާކުރުމުގައި ކިޔަމަންތެރިވުމެވެ.

ހަތްވަނަ ޝަރުޠު:
ރައްދު ނަފީކުރާފަދަ ޤަބޫލުކުރުމަކުން ޤަބޫލުކުރުމެވެ.

-----------------------------------------------------

މަޞްދަރު:
މުޙައްމަދު ޝާފިޢު.

Thursday, February 7, 2019

baeh rivethi adhabuthai


ބައެއް ރިވެތި އަދަބުތައް
Related image
ލިޔުނީ: ޒީނަތު ލަބީބު.
ސާފު ހިތެއް އޮތުން
سورة الحشر ގެ 10ވަނަ އާޔަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. وَالَّذِينَ جَاءُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَءُوفٌ رَّحِيمٌ ﴿١٠﴾ މާނައީ: އަދި އެއުރެންގެ ފަހުން އައި މީހުން ބުނެތެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށާއި، އަދި އަޅަމެންނަށްވުރެ ކުރިން إيمان ވި، އަޅަމެންގެ أخ ންނަށް ފާފަފުއްސަވާނދޭވެ! އަދި إيمان ވި މީހުންނަށް އަޅަމެންގެ ހިތްތަކުގައި حسد ވެރިކަމެއް ނުލައްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ނުހަނު އޯގާވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. (10)
މަޑުމައިތިރިވުން
سورة الشعراء ގެ 215 ވަނަ އާޔަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. وَاخْفِضْ جَنَاحَكَ لِمَنِ اتَّبَعَكَ مِنَ الْمُؤْمِنِينَ ﴿٢١٥﴾ މާނައީ: مؤمن ންގެ ތެރެއިން ކަލޭގެފާނަށް تبع ވީ މީހުންނަށް، ކަލޭގެފާނުގެ ފިޔަފުޅު ތިރިކުރައްވާށެވެ! (އެބަހީ: މަޑުމައިތިރިވެވަޑައިގަންނަވާށެވެ!) (215)
ޚުޝޫޢަތްތެރިވުން
سورة التوبةގެ 13ވަނަ އާޔަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. أَلَا تُقَاتِلُونَ قَوْمًا نَّكَثُوا أَيْمَانَهُمْ وَهَمُّوا بِإِخْرَاجِ الرَّسُولِ وَهُم بَدَءُوكُمْ أَوَّلَ مَرَّةٍ ۚ أَتَخْشَوْنَهُمْ ۚ فَاللَّـهُ أَحَقُّ أَن تَخْشَوْهُ إِن كُنتُم مُّؤْمِنِينَ ﴿١٣﴾ މާނައީ: އެއުރެންގެ ހުވާތައް އުވާލައި، رسول އާ (ރަށުން) ބޭރުކޮށްލުމަށް ރޭވި ބަޔަކާ ތިޔަބައިމީހުން ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ ފުރަތަމަ ތިޔަބައިމީހުންނަށް حملة ދިނީ އެއުރެންނެވެ. ތިޔަބައިމީހުން، އެއުރެންދެކެ ބިރުގަންނަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުން مؤمن ން ކަމުގައިވާނަމަ، ތިޔަބައިމީހުން ބިރުވެތިވުން حق ކަން ބޮޑީ، اللَّه އަށެވެ. (13)
އޯގާތެރިވުން
سورة الإسراءގެ 24 ވަނަ އާޔަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا ﴿٢٤﴾ މާނައީ: އަދި އޯގާވެރިވުމުގެގޮތުން، ނިކަމެތިކަމުގެ ފިޔަ، ތިބާ އެ ދެމީހުންނަށްޓަކައި ތިރިކޮށްލާށެވެ! އަދި ބުނާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ! (24)
ފަރުޖުތައް ރައްކާތެރިކުރުން
سورة النورގެ 30 ވަނަ އާޔަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. قُل لِّلْمُؤْمِنِينَ يَغُضُّوا مِنْ أَبْصَارِهِمْ وَيَحْفَظُوا فُرُوجَهُمْ ۚ ذَٰلِكَ أَزْكَىٰ لَهُمْ ۗ إِنَّ اللَّـهَ خَبِيرٌ بِمَا يَصْنَعُونَ ﴿٣٠﴾ މާނައީ: مؤمن ފިރިހެނުންނަށް، އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެއުރެންނަށްޓަކައި، طاهر ކަން ބޮޑެވެ. ހަމަކަށަވަރުން، اللَّه އީ، އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (30)
އަމާނާތްތައް އަދާކުރުން
سورة النساء ގެ 58 ވަނަ އާޔަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّـهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّـهَ كَانَ سَمِيعًا بَصِيرًا ﴿٥٨﴾ މާނައީ: ހަމަކަށަވަރުން، أمانة ތައް، އޭގެ أهل ވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް أمر ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައިމީހުން حكم ކުރާނަމަ، عدل އަށް حكم ކުރުމަށްވެސް، أمر ކުރައްވަތެވެ. ހަމަކަށަވަރުން، اللَّه އެކަމަކާމެދު، ތިޔަބައިމީހުންނަށް وعظ އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، اللَّه އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ. (58)
ތެދުވެރިވުން
سورة التوبة ގެ 119 ވަނަ އާޔަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّـهَ وَكُونُوا مَعَ الصَّادِقِينَ ﴿١١٩﴾ މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރި ވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ! (119)
ސީދާވުން
سورة هود ގެ 112 ވަނަ އާޔަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. فَاسْتَقِمْ كَمَا أُمِرْتَ وَمَن تَابَ مَعَكَ وَلَا تَطْغَوْا ۚ إِنَّهُ بِمَا تَعْمَلُونَ بَصِيرٌ ﴿١١٢﴾ މާނައީ: ފަހެ، ކަލޭގެފާނަށް أمر ކުރައްވާފައިވާ ފަދައިން، ކަލޭގެފާނުންގެ އަރިހުގައި إيمان ވެ، توبة ވެގެން ތިބިމީހުންނާއެކު، ކަލޭގެފާނު ސީދާވެވަޑައިގަންނަވާށެވެ! އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! ހަމަކަށަވަރުން، އެކަލާނގެއީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. (112)
ޝުކުރުވެރިވުން
سورة ابراهيم ގެ 7 ވަނަ އާޔަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. وَإِذْ تَأَذَّنَ رَبُّكُمْ لَئِن شَكَرْتُمْ لَأَزِيدَنَّكُمْ ۖ وَلَئِن كَفَرْتُمْ إِنَّ عَذَابِي لَشَدِيدٌ ﴿٧﴾ މާނައީ: އަދި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެންގެވިހިނދު ހަނދުމަކުރާށެވެ! ހަމަކަށަވަރުން، ތިޔަބައިމީހުން شكر ކޮށްފިނަމަ، ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އިތުރުކޮށްދެއްވާހުށީމެވެ. އަދި ތިޔަބައިމީހުން (شكر ނުކޮށް) كافر ވެއްޖެނަމަ (ދަންނާށެވެ!) ހަމަކަށަވަރުން، ތިމަންރަސްކަލާނގެ عذاب ގަދަފަދަވެގެންވާކަން ކަށަވަރެވެ. (7)
މަޢާފުކުރުން
سورة المائدةގެ 13 ވަނަ އާޔަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. فَبِمَا نَقْضِهِم مِّيثَاقَهُمْ لَعَنَّاهُمْ وَجَعَلْنَا قُلُوبَهُمْ قَاسِيَةً ۖ يُحَرِّفُونَ الْكَلِمَ عَن مَّوَاضِعِهِ ۙ وَنَسُوا حَظًّا مِّمَّا ذُكِّرُوا بِهِ ۚ وَلَا تَزَالُ تَطَّلِعُ عَلَىٰ خَائِنَةٍ مِّنْهُمْ إِلَّا قَلِيلًا مِّنْهُمْ ۖ فَاعْفُ عَنْهُمْ وَاصْفَحْ ۚ إِنَّ اللَّـهَ يُحِبُّ الْمُحْسِنِينَ ﴿١٣﴾ މާނައީ: ދެން އެއުރެންގެ ކަށަވަރުވެގެންވާ عهد އެއުރެން އުވައިލުމުގެ ސަބަބުން، ތިމަންރަސްކަލާނގެ އެއުރެންނަށް لعنة ލެއްވީމެވެ. އަދި އެއުރެންގެ ހިތްތައް ހަރުކަށި ހިތްތަކެއްކަމުގައި ލެއްވީމެވެ. އެއުރެން (توراة ގައިވާ) كلمة ފުޅުތައް އޮންނަންވީ ތަންތަނުން ބަދަލުކޮށް އޮޅުވާލައިހަދަތެވެ. އަދި އެއުރެންނަށް ހަނދާންކޮށްދެއްވި ކަންތަކުގެ ތެރެއިން ބަޔެއް (އެބަހީ: محمد ގެފާނަށް تبع ވުމަށް توراة ގައި ކުރައްވާފައިވާ أمر ތައް) އެއުރެން ހަނދާން ނައްތައިލިއެވެ. އޭގެތެރެއިން މަދުބަޔެއްގެ ކިބައިން މެނުވީ، އެއުރެންގެ ތެރެއިން خيانة ތެރިވުން ކަލޭގެފާނަށް އަބަދުވެސް ފެނިވަޑައިގަންނަވާނެތެވެ. ފަހެ، އެއުރެންނަށް ކަލޭގެފާނު عفو ކުރައްވައި، މާފުކުރައްވާށެވެ! ހަމަކަށަވަރުން، إحسان ތެރިންދެކެ اللَّه ލޯބިވެވޮޑިގެންވެތެވެ. (13)
ކެތްތެރިވުން
سورة آل عمرانގެ 200 ވަނަ އާޔަތުގައި މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެ އެވެ. يَا أَيُّهَا الَّذِينَ آمَنُوا اصْبِرُوا وَصَابِرُوا وَرَابِطُوا وَاتَّقُوا اللَّـهَ لَعَلَّكُمْ تُفْلِحُونَ ﴿٢٠٠﴾ މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ކެތްކުރާށެވެ! އަދި، (دشمن ންނާ ހަނގުރާމަ ކުރުމުގައި އެއުރެންނަށްވުރެ ބޮޑަށް) ތިޔަބައިމީހުން ކެތްތެރިވާށެވެ! އަދި، دشمن ން އަތުވެދާނޭ މަގުތަކަށް ބަލަބަލާ جهاد ކުރުމަށް ތައްޔާރީގައި ތިބޭށެވެ! އަދި، ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި نصيب ލިބުމަށްޓަކައެވެ. (200)
މަޞްދަރު:
އިސްލާމިކް ނޮލެޖް