Thursday, February 14, 2019

muslimaku eynaage muslimu akhaage macchah adhaakohdhaynjehey h'aguthai


މުސްލިމަކު އޭނާގެ މުސްލިމު އާޚާގެ މައްޗަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް


ލިޔުނީ: ޒީނަތު ލަބީބު.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أما بعد:

ތަރައްޤީވެފައިވާ ދުނިޔޭގައި ހޭދަކުރަމުންދާ ދިރިއުޅުމުގައި އަމިއްލަ ނަފުސު ފިޔަވާ އެހެން މީހުންނާއި ދޭތެރޭ ވިސްނާލާނެ ވަގުތެއް ލިބޭ އެކަކުވެސް ނުވެއެވެ. މީހާ މަޝްޣޫލު ކުރުވާފަދަ ކަންކަމާއި މާއްދިއްޔަތަށް ހެއްލުންތެރިކުރުވާ ކަންކަމުގެ ސަބަބުން، މުސްލިމުންވަނީ ބައެއް ޙައްޤުތައް އަދާކުރަމާއި އިޖުތިމާޢީ ގުޅުންތައް ބިނާކުރުމަށް ޣާފިލުވެފައެވެ.

އިސްލާމްދީނާކީ ހެޔޮކަންތަކުގެ ދީނެވެ. ހެޔޮކަންތަކަށް ގޮވާލުމުގައި އިސްވެއުޅޭ މީހުންނަށްވާ އަޖުރު ބޮޑެވެ. އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުމަށް އިސްލާމްދީން ބާރުއަޅާފައިވެއެވެ. ޙައްޤުތައް އަދާކުރުމުން ގުޅުންތައް ވަރުގަދަވެއެވެ. އަދި މުޖުތަމަޢުގައި އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދިނުން އިތުރުވެގެންދެއެވެ. އަދި މުޖުތަމަޢުގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން ބިނާވެގެންދެވެއެވެ.

ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.

حَقُّ الْمُسْلِمِ عَلَى الْمُسْلِمِ سِتٌّ.
قِيلَ: مَا هُنَّ يَا رَسُولَ اللهِ؟، قَالَ: إِذَا لَقِيتَهُ فَسَلِّمْ عَلَيْهِ، وَإِذَا دَعَاكَ فَأَجِبْهُ، وَإِذَا اسْتَنْصَحَكَ فَانْصَحْ لَهُ، وَإِذَا عَطَسَ فَحَمِدَ اللهَ فَسَمِّتْهُ، وَإِذَا مَرِضَ فَعُدْهُ وَإِذَا مَاتَ فَاتَّبِعْهُ. [رواه مسلم] 

މާނައީ: އެއް މުސްލިމެއް އަނެއް މުސްލިމަކަށްޓަކައި ހަ ޙައްޤެއްވެއެވެ.
އެކަލޭގެފާނަށް ދެންނެވުނެވެ. އެއީ ކޮން ކަންތައްތަކެއް ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. އޭނާއާ ބައްދަލުވެއްޖެނަމަ ފަހެ، އޭނައަށް ސަލާމްގޮވާށެވެ. އަދި ދަޢުވަތު ދީފިނަމަ ފަހެ، އޭނާއަށް އިޖާބަދޭށެވެ. އަދި ނަސޭހަތަކަށް އެދެފިނަމަ ފަހެ، އޭނާއަށް ނަސޭހަތްތެރިވާށެވެ. އަދި ކިނބިހިއެޅުމުން އޭނާ الْحَمْدُ لِلَّهِ ކިޔައިފިނަމަ، ފަހެ، يَرْحَمُكَ اللَّهُ ކިޔައި އޭނައަށްޓަކައި ދުޢާކޮށްދޭށެވެ. އަދި އޭނާ ބަލިވެއްޖެނަމަ ފަހެ، އޭނާއަށް ޒިޔާރަތްކުރާށެވެ. އަދި މަރުވުމުން ފަހެ، އޭނާގެ ޖަނާޒާގައި ބައިވެރިވާށެވެ.
والله أعلم

މަޞްދަރު:
ދިސަލަފިއްޔާ

No comments: