Friday, February 8, 2019

shahaadhathuge dhekalima dhulun kiyumun eemaankan fudhey heyyeveve?


ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔުމުން އީމާންކަން ފުދޭ ހެއްޔެވެ؟

Image result for ‫لاإله إلا الله‬‎

ލިޔުނީ: ޒީނަތު ލަބީބު.

ޝަހާދަތުގެ ދެކަލިމަ ހަމައެކަނި ދުލުކޮޅުން ކިޔާލުމަކުން އީމާންކަމަށް ނުފުދެއެވެ. ދުލުން ކިއުމާއިއެކު ހިތުގެ އަޑިން ތެދުކޮށް ޤަބޫލުކުރުމާއެކުއެކީ އެކަލިމަ އެދޭގޮތަށް ޢަމަލުތައްވެސް ބަހައްޓަންޖެހެއެވެ. އެހެންކަމުން ޢިލްމުވެރިން لا إله إلا الله ކިއުމުގެ ފައިދާ ފުރިހަމަ ގޮތުގައި ލިބިގަތުމަށްޓަކައި ހަތް ޝަރުޠެއް ކަނޑައަޅުއްވާފައިވެއެވެ. އެ ޝަރުޠުތަކަކީ:

ފުރަތަމަ ޝަރުޠު:
އެކަލިމައިގައި ހިމެނޭ ނަހީގެ ބަޔާއި އިޘްބާތުގެ ބަޔާއެކު ކަލިމައިގެ މާނަ ރަނގަޅަށް އެނގުމެވެ. އެކަލިމައިގެ މާނައާއި އެކަލިމަ އެދޭ ކަންތައްތައް ނޭނގި އެކަލިމަ ކިއުމުން އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

ދެވަނަ ޝަރުޠު:
އެއްވެސް ޝައްކުކަމެއްނެތި އެކަލިމައިގައި ބުނާވާހަކަ ޔަޤީންކުރުމެވެ.

ތިންވަނަ ޝަރުޠު:
ޝިރުކުން އެއްކިބާވެފައިވާ އިޚްލާޞްތެރިކަމެއް ހުރުމެވެ.

ހަތަރުވަނަ ޝަރުޠު:
ނިފާޤުކަމަށް ޖާގައެއްނެތް ތެދުވެރިކަމަކުން އެކަލިމަ ތެދުކުރުމެވެ.

ފަސްވަނަ ޝަރުޠު:
މިކަލިމައަށާއި މިކަލިމައިން ދަލީލުކޮއްދޭ އެންމެހާ ކަންތައްތަކަށް ލޯބިކުރުމެވެ.

ހަވަނަ ޝަރުޠު:
އެކަލިމައިގެ ޙައްޤުތައް އަދާކުރުމުގައި ކިޔަމަންތެރިވުމެވެ.

ހަތްވަނަ ޝަރުޠު:
ރައްދު ނަފީކުރާފަދަ ޤަބޫލުކުރުމަކުން ޤަބޫލުކުރުމެވެ.

-----------------------------------------------------

މަޞްދަރު:
މުޙައްމަދު ޝާފިޢު.

No comments: