ފަޒީނާ
الله
أكبر الله أكبر ... ބަންގީގެ އަޑަށް ފަޒީނާއަށް
ހޭލެވުނެވެ. އޭރު ގޭގޭ އެހެން މީހުން ހޭލާ އުޅޭ ކަން ގޭތެރެއިން އިވެމުންދިޔަ އަޑުތަކުން
އެނގެއެވެ. ފަޒީނާ ނަމާދުކޮށް ނިމުމަށްފަހު އެދުރު އާދަކާދައިގެ މަތިން ޤުރުއާން ކިޔަވަން
އިނެވެ. ފަތިހު ފަސްގަޑި ބައިވުމުން އިލޮށިފަތި ހިފައިގެން ކުނިކަހަން ފަޒީނާ ނިކުތެވެ.
މުޅި ރަށުތެރޭން އިވެމުން ދިޔައީ އެއް މިއުޒިކެކެވެ. އިލޮށިފަތީގެ މިއުޒިކުގެ އަޑެވެ.
ކުނިކަހައި
ނިންމުމަށް ފަހު ފަޒީނާ ދިޔައީ މިސްކިތު ވަޅުދޮށަށް ފެން ބަލައެވެ. މިސްކިތަށް ދިޔަ
މަގުމަތީގައި ފަޒީނާގެ ފަހަތުން މީހަކު އަންނަހެން ހީވެގެން ބަލާލިއެވެ. ނަމަވެސް މީހަކު
ފެންނާކަށް ނެތެވެ. އެހެންކަމުން މަޑުމަޑު ރާގެއްގައި ހިނގަމުން ދިޔައެވެ. ފަޒީނާއަކީ
ލަވަކިޔަން ވަރަށް މޮޅު ކުއްޖެކެވެ. ފަޒީނާ އެކަނި ތަންތަނަށް ދާއިރު ލަވަކިޔަމުން
ދިއުމަށް ލޯބިކިރެއެވެ. އެގޮތުން އެދުވަހު ވެސް ފަޒީނާ ދިޔައީ ލަވަކިޔަމުންނެވެ.
"ކަލާއަށް މިހިތް ލޯބިވީތީ ދިނީމޭ އެހީއެއް އަހަންނަށް ވެދޭތޯ ހުރީމޭ" ފަޒީނާގެ
އަޑު މެދު ކެނޑުނީ ފިރިހެނަކު ލަވައެއް ކިޔާ އަޑު އިވުމުންނެވެ. އެއަޑު އައި ދިމާއަށް
ފަޒީނާ ހިނގަން ފެށިއެވެ. ރީތިކަން ހުސްކޮށްލާފައި ހުރި ޒުވާން ފިރިހެނެއް ހިތްގައިމު
ރާގެއްގައި ލަވަ ކިޔަމުން ދެއެވެ. "ހިތް އެދޭތީ މައެދެނީ ސަމާސާކުރަން، ވިންދުގައި ނެތްމެ ދިރުމެއް ކަލާޔާ ނުލާ، ހިތް އެދޭތީ ... " އެ ލޭފަވެތި ޒުވާނާގެ އަޑު ފަޒީނާގެ
ކަންފަތުގައި ޖެހުނު ފުރަތަމަ ސިކުންތުން ފެށިގެން އޭނާގެ ހިތް އެއަޑުގެ މަސްތުގައި
ވަނީ ޖެހިފައެވެ. އަދި އެމީހާގެ ލަވަޔަށް އިޖާބަ ދޭފަދަ މޭރުމަކުން އެހެން ލަވައެއް
ކިޔަން ފެށިއެވެ. އެއީ އެއްވެސް ކަހަލަ އިޚްތިޔާރަކާ ނުލައެވެ. "ހިތުގާ ދޮރުފަތް
ހުޅުވާލަދީ އަދި އެދޮރުން އަހަރެން ވަނަ ދޭށޭ ..." މިހެން ލަވަ ކިޔަމުން ގޮސް
ދެމީހުންނަށް މިސްކިތު ވަޅުދޮށާ ހަމައަށް ދެވުނުކަން އެނގުނީ ފެން ދާނނިތަކުގެ އަޑުންނެވެ.
އެކަކު އަނެކަކަށް ހިތްފުރެންދެން ބަލާލިއެވެ.
ފަޒީނާއަށް ފިރިހެން ކުއްޖާގެ އެއްވެސް މަޢުލޫމާތެއް ނޭނގެއެވެ. އެހެންނަމަވެސް އެކުއްޖާ ދެކޭހިތުން ކެތްމަދުވެފައި ހުއްޓެވެ. ޓްރީން ޓްރީން ... ފަޒީނާގެ ގޭގެ ފޯނު ރިންގުވިއެވެ. ފަޒީނާ
ބައްޕަ ފޯނުނެގިއެވެ. "ދަރިފުޅާ ފަޒީނާ! ފޯނެއް" ފަޒީނާ ބައްޕަގެ ގޮވާލުމަށް
އިޖާބަ ދެއްވައި ބުންޏެވެ. "ލައްބަ ބައްޕާ! މިދަނީ" ވަރަށް ހަލުވި ފިޔަވަޅުތަކެއްގައި
އައިސް ފަޒީނާ އަތުލިއެވެ.
"ހަލޯ" އަނެއްކޮޅުން ޖަވާބެއް
ނުލިބެއެވެ. ފަޒީނާ ދެ ތިން ފަހަރު ހަލޯއޭ ކިޔާލިއެވެ. އަދި ބުންޏެވެ. "ވާހަކަ
ދައްކަން ނުކެރެންޏާ ގުޅުމުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟ މިވާނީ ވަރަށް ފިނޑި މީހަކަށް"
އެހެންބުނުމާއެކު އިވެން ފެށީ ކުރީދުވަހުގެ ލަވައިގެ އަޑެވެ. "ހިތް އެދޭތީ މައެދެމޭ
ސަމާސާކުރަން ..." ލަވައިގެ މައިގަނޑު ނިންމާލުމަށް ފަހު ފަޒީނާއަށް ގޮވާލިއެވެ.
"ފަޒީނާ!" އޭރު ފަޒީނާއަށް އޭނާއަށް ހުރެވުނުތަން އިޙްސާސެއް ވެސް ނުރެވެއެވެ.
އުޅަންސާއްޔެއްހެން އޭނާ އޮޅެނީއެވެ. އަނެއްކާ ވެސް ގޮވާލިއެވެ. "ފަޒީނާ! ފަޒީ!
މައި ސުވީޓް ހާޓް! މަގޭ ހިތާ! މަގޭ ލޯބިވާ! މިހާރު އެނގިޖެއެއްނޫން ފިނޑީ ކާކުކަން"
ޖަވާބުގައި ފަޒީނާ ބުންޏެވެ. "ލަ ލަ ލައް ލައް ލައް ލައްބަ! ތީ ތީ ކޮން ކޮން ... ތީ ކޮން ބޭފުޅެއްތޯ؟
ޖަވާބު އައީ ފަޒީނާ ހީވެސް ނުކުރާފަދަ ގޮތަކަށެވެ. "މިއީ ކަލާގެ ލޯތްބަށް ސަލާންޖަހާ
އަޖްނަބީ އެއް" ފަޒީނާއަށް ހީވީ އޭނާއަށް ދުނިޔޭގެ ރަސްކަން ލިބުނީ ހެންނެވެ.
އަދި މަޑުމަޑުން ސުވާލުކޮށްލިއެވެ. "ކީ ... ކީ ... ކީކޭ؟" ޖަވާބުގައި އަނެއްކޮޅުން
ބުންޏެވެ. "ހަމަ އަޑުއިވުނީ ރަނގަޅަށް، މިއީ ފަޒީނާގެ ލޯތްބަށް ސަލާންޖަހާ މީހެއް،
އަހަންނާ އިންނަން ކެރިދާނެތަ، މިސުވާލުގެ ޖަވާބު ހޯދަން މިރޭ އަށެއް ޖަހާއިރަށް ގުޅާނަން،
ވަރަށް ލޯބިވޭ، ބޭއްވީއޭ"
ފަޒީނާ ދުވެފައިގޮސް
އެނދު މައްޗަށް ވެއްޓިގަތެވެ. އަދި އުފަލުން ފޮޅެމުން ލަވައަކަށް ފަހު ލަވައެއް ކިޔަނީ
އެވެ. ކުއްލިއަކަށް ފަޒީނާގެ އަޑު ކެނޑުނެވެ. އަދި އެއީ ކާކު ތޯ އާއި އެމީހާގެ ސުވާލަށް
ދޭންވީ ޖަވާބާމެދު ވިސްނިއެވެ. ކޮންމެ ގޮތެއް ވިޔަސް ފަޒީނާގެ ހިތްވަނީ އެމީހާއަށް
ދެވިފައެވެ. ނަމަވެސް ކައިވެންޏަކީ މުޅި ޙަޔާތާ ގުޅިފައިވާ ކަމެއްކަމުން އަމިއްލައަށް
ގޮތެއް ނިންމަން ފަޒީނާއަށް އުނދަގޫވިއެވެ. އަދި ގިސްލަ ގިސްލާފައި ރޯން ފެށިއެވެ.
އަހަރެންގެ ލޯބިވާ މަންމަ ހުރި ނަމަ ... މިފަދަ ކޮންމެ ދަނޑިވަޅެއްގައި އޭނާގެ މަންމަ
ނެތް ކަމުގެ އިޙްސާސް އޭނާއަށް ކުރެވެއެވެ.
މޫނު ދޮވެލައިގެން ފަޒީނާ އޭނާގެ ބައްޕަ ގާތަށް ދިޔައެވެ. އަދި ކަންތައް ވީގޮތް ބައްޕައަށް ކިޔައިދިނެވެ.
އަދި ބައްޕަގެ ލަފައަކަށް އެދުނެވެ. "ދަރިފުޅު ތިހިރީ މިހާރު މީހަކާ އިންނަ ޢުމުރަށް
އެޅިފައި، ބައްޕަގެ ހުވަފެނެއް ބައްޕަގެ ދުނިޔޭގައި ދަރިފުޅު ކައިވެންޏެއްކޮށް އުފަލުގައި
އުޅެތަން ބެލުމަކީ، ދަރިފުޅަށް ފެންނަގޮތެއް އޮންނާނީ، ދަރިފުޅު ކައިވެންޏެއް ކުރަން
ތައްޔާރުނަމަ މިރޭ އޭނާ ގުޅިމަ ބުނޭ ބައްޕައާ ބައްދަލުކުރާށޭ، އަދި މާދަމާގެ މެންދުރު
ކެއުމަށް އޭނައަށް ދަޢުވަތުދީ" ފަޒީނާގެ ހިތުގެ ވިންދު އޭނާގެ މޭކަށި ފަޅަލާފައި
ބޭރަށް ނިކުންނަން އުޅޭކަހަލައެވެ. ފަޒީނާ އެރޭ އަށެއް ނުޖަހައިގެން ފޯނުކައިރީ ކުރުކާލި ކަނޑަ
ކަނޑާ އިނެވެ. އޭނާގެ ބައްޕަ ޢިޝާ ނަމާދުން ފައިބައިގެން ގެއަށް އައިވަގުތެވެ. ފޯނު
ރިންގުވާން ފެށިއެވެ. ބައްޕަ ހުރުމުން ފޯނު ނުނަގާ މަޑުކޮށްގެން ފަޒީނާ ހުއްޓެވެ. ބައްޕަ
ކުޑަކޮށް ހީލާފައި އެތެރެއަށް ދިޔައެވެ.
ފޯނުނަގައި
"ހަލޯ!" ޖަވާބުގައި އަނެއްކޮޅުން ބުންޏެވެ. "ހާދަހާ މަސްތީ އަޑެކޭ،
މިރޭ ދެން ނުކެޔަސް ރަނގަޅުވާނެ، ބަނޑު ފުރިއްޖެ" އެއަށްފަހު ފުންނޭވާއެއްލިއެވެ.
"ކޮބާ ސުވާލުގެ ޖަވާބާ މެދު ވިސްނައިފިންތަ، އަޅެ ނޫނެކޭ ނުބުނައްޗޭ، މަގޭ ހިތް
ހުއްޓިދާނެ" ޖަވާބުގައި ފަޒީނާ ބުންޏެވެ. "އަހަންނަކީ މަންމަ މަރުވެފައިވާ
ނިކަމެތި ކުއްޖެއް، އަހަރެން ބަލައި ބޮޑުކޮށް ހުރިހާ ކަމެއް ކޮށްދިން މީހަކީ އަހަރެންގެ ހެޔޮލަފާ ބައްޕަ، އަހަންނާ އިންނަން ބޭނުމިއްޔާ މާދަމާ މިގެއަށް ބައްޕަޢާ ބައްދަލުކުރުމަށް އަންނަން
ދަޢުވަތުދެން" "ﷲ އަށް ޙަމްދުހުރި، މަގޭ ހިތުގެ ރާނީ މީ މަހީކުރީ ވަރަށް
ވުރެ މާ ފުރިހަމަ، ތިއީ ހަމަ ޙަޤީޤީ ރާނީއެއް، މައްސަލައެއް ނެތް މާދަމާ އަހަރެން ތިގެއަށް ދާނަން، އަދި
ވާހަކައެއް ބުނަންތަ؟ މަށަކީ ކާކުތޯ އަހާލާކަށް ބޭނުމެއް ނުވޭތަ؟" ޖަވާބުގައި ފަޒީނާ ބުންޏެވެ.
"ހުރިހާ މަޢުލޫމާތެއް ބައްޕަ ހޯދާނެ، ބައްޕަގެ ނިންމުމަކީ އަޅުގަނޑުގެ ނިންމުން،
މާދަމާ މެންދުރު ދިމާވާނެތާ، ދެން ބޭއްވީ"
ފަޒީނާގެ
ބައްޕަ ހުރީ މިސްކިތުގައި ޤުރުއާން ކިޔަވާށެވެ. "ހަސަންބޭ! ޙާލު ކިހިނެއް؟"
މީހަކު އެހެން ބުނި އަޑަށް ބަލާލިއެވެ. "އަހާނ! ދޮންކަލޯ ކިހިނެއްތަ؟ މިއަދު މާއަވަހަށް މިސްކިތަށް ތިޔައީ އޮފީހަށް ނުދާ ދުވަހެއްތަ؟" ޚަތިމެއް ނަގައިގެން ހަސަންބެ ކައިރީ
އެމީހާ އިށިނެވެ. އަދި ބުންޏެވެ. "ނޫނޭ، އޮފީހަށް ގޮސްލާފަ މަސައްކަތް ނިންމާފަ
މިއައީ" ބަންގިގޮވަން ދެން ދެމީހުންވެސް ތިބީ ކިޔަވާށެވެ. ނަމާދަށް ފަހު ދެމީހުންވެސް
ދިޔައީ ގެއަށެވެ. ގެއަށް ގޮސް ހުދުކުލައިގެ ގަމީހެއް ލައިގެން ރީތި ވިއެވެ. އެއަށްފަހު
ކާރަށް އަރައި ފަޒީނާއަށް ގުޅިއެވެ. އަދި އެގޭގެ އެޑްރެސް ހޯދިއެވެ. އަދި އެގެއާއި ދިމާލަށް މިސްރާބުޖެހިއެވެ.
ގޭގެ ބެލް
ރިންގު ވިއެވެ. ހަސަންބެ މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވުމާއެކު ދެމީހުންނަށް
ވެސް ލިބުނީ ހައިރާންކަމެކެވެ. ދެމީހުން އެކަކު އަނެކަކަށް ބަލާލިއެވެ. ދޮރުމަތީގައި
ހުރި ރާޝިދަށް ހަސަންބެ ގޮވާލިއެވެ. އަދި ބުންޏެވެ. "ދަރިފުޅަށް ތިއާދެވުނީ ވަރަށް
ރަނގަޅު ވަގުތެއްގައެވެ. މިއަދު މިގޭގަ ކުޑަ ކަމެއް އެބަ އޮތް، ހިނގާ ވަންނަމާ"
މިހެން ކިޔައި ދެމީހުން އެކުގައި އެތެރެއަށް ވަނެވެ. ރާޝިދު ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހަސަންބެ އަކީ އޭނާގެ މިސްކިތު އެކުވެރިޔާއެވެ. އޭނާގެ ބައްޕަ ދުނިޔޭގައި ނެތުމުން ބައްޕައެއް ގޮތަށް ދެކެމުން އައި މީހާއެވެ. ހަސްބޭ ވާހަކަ ދައްކަނީ އެވެ. ބުނާނެ އެއްޗެއް ނޭނގި ހުރެގެންހަސަންބެގެ ވާހަކައާއި ބައިވެރިވެލިއެވެ. ގައުމުގެ ހާލަތައި ރަށުގެ
ހާލަތާމެދު ވާހަކަދައްކަން ތިބެފައި ހަސަން ގަޑި ބެލިއެވެ. އަދި ރާޝިދަށް ބުންޏެވެ. "ދަރިފުޅު މިގެއަށް އައި ކަމެއް އޮޅުން ވެސް ނުފިލުވާ މިހުރެވުނީ ކުއްޖެއްގެ އިންތިޒާރުގައި ހުރީމަ ހަނދާންނެތިފަ، މިގޭ ފަޒީނާއާ އިންނަން އަހަން މީހަކު އެބަ އާދޭ، މިއަދު ދާންވާނީ މިގެއިން ކައިގެން"
އެއަށްފަހު ފަޒީނާއަށް ގޮވިއެވެ. ފަޒީނާ ފެނުމުން ބުންޏެވެ. އެސޮރުގެ ޚަބަރެއް ނުވިއެއް ނުން، ހިނގާ ކާން ދަމާ" ފަޒީނާ ވަރަށް ލަދުން ހުރެ ބުންޏެވެ. "ބައްޕާ! ބައްޕަ ކައިރިގައި ތި އިންނެވީ އަންނަން ބުނި ޒުވާނާ" ހަސަން ރާޝިދަށް ބަލައިލިއެވެ. ދަރިފުޅު ނުވެސް ބުނަމެއް ނުން، ބައްޕަ ހީކޮށްގެން މިހިރީ ރާޝިދު ބައްޕަގެ އެކުވެރި ކަމުގައި މިގެއަށް ވަދެލީކަމަށް، ފަޒީނާ ބައްޕައަށް ރާޝިދު ވަރަށް ކަމުދޭ، ބައްޕަ ދެކުދިންގެ ކައިވެންޏަށް ރުހި ގަބޫލު، އަވަހަށް ކައިވެނި ކުރަން އުޅޭ"
އެއަށްފަހު ފަޒީނާއަށް ގޮވިއެވެ. ފަޒީނާ ފެނުމުން ބުންޏެވެ. އެސޮރުގެ ޚަބަރެއް ނުވިއެއް ނުން، ހިނގާ ކާން ދަމާ" ފަޒީނާ ވަރަށް ލަދުން ހުރެ ބުންޏެވެ. "ބައްޕާ! ބައްޕަ ކައިރިގައި ތި އިންނެވީ އަންނަން ބުނި ޒުވާނާ" ހަސަން ރާޝިދަށް ބަލައިލިއެވެ. ދަރިފުޅު ނުވެސް ބުނަމެއް ނުން، ބައްޕަ ހީކޮށްގެން މިހިރީ ރާޝިދު ބައްޕަގެ އެކުވެރި ކަމުގައި މިގެއަށް ވަދެލީކަމަށް، ފަޒީނާ ބައްޕައަށް ރާޝިދު ވަރަށް ކަމުދޭ، ބައްޕަ ދެކުދިންގެ ކައިވެންޏަށް ރުހި ގަބޫލު، އަވަހަށް ކައިވެނި ކުރަން އުޅޭ"
މާގިނަ ދުވަސްތަކެއް
ނުވެ ދެކުދިން ކައިވެނިކުރިއެވެ. އަދި އެކައިވެންޏަށް 2 ކުދިން ލިބުނު ފަހުން ކެންސަރު
ބަލީގެ ޝިކާރައިގައި ޖެހި ހަސަން ދުނިޔެއާ ވަކިވެގެން ދިޔައެވެ. ފަޒީނާއާ ރާޝިދަކީ
އެރަށުގައި އެންމެ އުފާވެރިކޮށް ދިރިއުޅެމުންދާ ދެމަފިރިންނެވެ.