ސުވާލާއި ޖަވާބު
ސީރަތާއި ތާރީޚު 2
1-
މޫސާގެފާނު އުފަންވެވަޑައިގެންނެވިއިރު މިޞްރުގެ ޙާލަތު އޮތީ ކިހިނެއްކަން
ބުނެދެމާ!
·
ވަރަށް ބިރުވެރި ޙާލަތެއްގައެވެ.
2-
އެޒަމާނުގައި ބަނީ އިސްރާއީލުގެ ފިރިހެން ދަރިން ޤަތުލުކުރަމުން ދިޔައީ
ކީއްވެގެންކަން ބުނެދެމާ!
·
އޭރު މިޞްރުގެ ރަސްކަލަކަށް ހުންނެވި ފިރުޢައުނަށް ފެނިވަޑައިގެންނެވި
ހުވަފެންފުޅެއްގެ ސަބަބުންނެވެ.
3-
މޫސާގެފާނުގެ މަންމާފުޅު އެކަލޭގެފާނު ފޮށްޓަކަށް ލައްވައި ނީލަކޯރަށް
ދޫކުރެއްވީ ކީއްވެގެންކަން ބުނެދެމާ!
·
މިޞްރުގެ ރަސްކަލަކަށް ހުންނެވި ފިރުޢައުނުގެ ނުބައި ރޭވުންތަކުން ސަލާމަތް
ކުރުމަށްޓަކައެވެ.
4-
މޫސާގެފާނުގެ މަންމާފުޅު އެކަލޭގެފާނު ފޮށްޓަކަށް ލައްވައި ނީލަކޯރަށް
ދޫކުރެއްވުމަށް ނިންމެވީ ކީއްވެގެންކަން ބުނެދެމާ!
·
ﷲ ތަޢާލާ އެކަމަނާއަށް އިލްހާމް ކުރައްވައި އެގޮތަށް ކަންތައް ކުރެއްވުމަށް
އަމުރުކުރެއްވުމުން ނެވެ.
5-
މޫސާގެފާނު ބޮޑުފުޅުވީ ކޮންބައެއްގެ ގާތުގައި ހުންނަވައިގެން ކަން ބުނެދެމާ!
·
މޫސާގެފާނު ބޮޑުފުޅުވީ ފިރުޢައުނާ އޭނާގެ އަންހެނުންގެ ގަނޑުވަރުގައި ހުންނަވައިގެން
އެކަލޭގެފާނުގެ މަންމައާ ޢާއިލާއާ އެކުގައެވެ.
6-
މޫސާގެފާނު ބޮޑުފުޅުވެ މާތްﷲގެ އެއްކައުވަންތަކަމަށް ގޮވާލެއްވުމުން ފިރުޢައުނު
ބޮޑާވެ މަލާމާތްކޮށް ހަރުކަށިކަން ދައްކައި އޭނާގެ ޤައުމުގެ މީހުންނަށް ބުނިކަމަށް
މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅު މާނައާއެކު ކިޔާލަމާ!
·
مَا
عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِي މާނައީ: އަހުރެން ފިޔަވައި
އެހެން إله އަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް
އެނގިފައެއް ނުވެތެވެ.
7-
މޫސާގެފާނު ބޮޑުފުޅުވެ މާތްﷲގެ
އެއްކައުވަންތަކަމަށް ގޮވާލެއްވުމުން ފިރުޢައުނު ބޮޑާވެ ދަޢުވާކުރީ
ކޮންކަމަކަށްކަން ބުނެދެމާ!
·
އޭނާ ދަޢުވާކުރީ ރައްބުވަންތަކަމަށެވެ.
8-
ރައްބުކަމަށް ދަޢުވާކޮށް އޭނާ ބުނިކަމަށް މާތްﷲ ވަޙީކުރައްވާފައިވާ ބަސްފުޅު
ކިޔާދެމާ!
·
أَنَا
رَبُّكُمُ الْأَعْلَىٰ މާނައީ: ތިމަންނާއީ، ތިޔަބައިމީހުންގެ
އެންމެ މަތިވެރިވެގެންވާ ކަލާނގެއެވެ.
9-
މޫސާގެފާނުގެ ނަބީކަމަކީ ތެދު ޙަޤީޤަތެއްކަން ހާމަކޮށްދެއްވުމުގެ ގޮތުން ﷲ
ތަޢާލާ އެކަލޭގެފާނަށް ދެއްވެވި ވަރަށް ޚާއްޞަ ދެ މުޢުޖިޒާތެއް ބުނެދެމާ!
·
މޫސާގެފާނުގެ އަސާކޮޅު ހަރުފަޔަކަށް ބަދަލުވުން.
·
އަސާކޮޅުން ކަނޑުގައި ޖެއްސެވުމުން ކަނޑު ދެފަޅިވުން.
10- މޫސާގެފާނުގެ ދުވަސްވަރު މިޞްރުގެ ރަސްކަންކުރެއްވި
ފިރުޢައުނުގެ އަނބިކަނބަލުން އާސިޔާގެފާނުގެ ފުރިހަމަ ނަންފުޅު ކިޔާދެމާ!
·
އާސިޔާ ބިންތި މުޒާޙިމު
11-ފިރުޢައުނުގެ ގަނޑުވަރުގެ ބާނދީން ނީލަކޯރުން ހޮވައިގެން
ގެނައި ތުތްޕުޅު ފިރިހެން ކުއްޖާ ފިރުޢައުނުގެ ގާތަށް ގެންދަވައި އާސިޔާގެފާނު
ވިދާޅުވި ބަސްފުޅު ބުނެދެމާ!
·
وَقَالَتِ امْرَأَتُ
فِرْعَوْنَ قُرَّتُ عَيْنٍ لِّي وَلَكَ ۖ لَا تَقْتُلُوهُ عَسَىٰ أَن يَنفَعَنَا
أَوْ نَتَّخِذَهُ وَلَدًا وَهُمْ لَا يَشْعُرُونَ . މާނައީ: އަދި فرعون ގެ އަނބިކަމަނާ ވިދާޅުވިއެވެ. (އޭނާއަކީ) ތިމަންނާއަށާއި، ކަލެޔަށްވާ
ލޮލުގެ ފިނިކަމެކެވެ. ތިޔަބައިމީހުން އޭނާ قتل ނުކުރާށެވެ! އޭނާ ތިމަންމެންނަށް މަންފާކޮށްދީފާނެކަން ނޭނގެއެވެ.
ނުވަތަ ތިމަންމެން އޭނާއަކީ ދަރިއަކު ކަމުގައި ހަދާނީއެވެ. އަދި އެއުރެންނަކަށް (އޭގެ
ނަތީޖާއެއް) ނޭނގެތެވެ.
12-އާސިޔަތުގެފާނަށް ފިރުޢައުނުގެ ލަޝްކަރުގެ މީހުންގެ
ކިބައިން ލިބެމުންދިޔަ ގަދަފަދަ އަނިޔާގެ ވަގުތުގައި ސާބިތުކަމާއެކު ހުންނަވައި
އެމީހުންގެ ބަހަށް އިންކާރު ކުރެއްވުމަށްފަހު މާތްﷲ އަށް އެދި ދެންނެވި ދުއާ
ކިޔާދެމާ!
·
رَبِّ
ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ. މާނައީ: އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ
حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ!
13- އުއްމު
އައްމާރުގެ ފުރިހަމަ ނަންފުޅު ބުނެދެމާ!
·
ސުމައްޔާ ބިންތި ޚައްޔާޠު
14- އުއްމު
އައްމާރުގެ ކުންޔާ ބުނެދެމާ!
·
އުއްމު ޢައްމާރު
15-އުއްމު އައްމާރު ޝަހީދުކޮށްލީ ކާކުކަން ބުނެދެމާ!
·
އަބޫޖަހުލު
16- (صَبْراً
يا آلَ يَاسِرُ فَإِنَّ مَوْعِدُكُمْ الجَنَّةَ) ޙަދީޘުގެ މާނަ ކިޔާލަމާ!
·
މާނައީ: އާލު ޔާސިރުގެ ޢާއިލާއަށް މާތް ﷲ ކެތްތެރިކަން މިންވަރުކުރައްވާށިއެވެ!
ހަމަކަށަވަރުން ތިޔަބޭކަލުންގެ ނިމުން ވާހުށީ ސުވަރުގޭގައެވެ.
17-ލިންކުތައް ބަލާލަމާ!
No comments:
Post a Comment