ސުވާލާއި ޖަވާބު
ޢިބާދާތާއި ފިޤުހު 1
1-
ބާލިޣުވުމަކީ ކޮބައިކަން ބުނެދެމާ!
·
ބާލިޣުވުމަކީ ދީނުގައި ކަނޑައަޅުއްވާފައިވާ ތަކުލީފިތައް އުފުލުމަށް
އަހުލުވެރިވާ ޢުމުރަށް ކުއްޖާ ދިއުމެވެ.
2-
ބާލިޣުވުމުން ކުއްޖާގެ ހަށިގަނޑަށް އަންނަ ބަދަލުތައް ކިޔައިދެމާ!
·
އިޙްތިލާމްވުން
·
ޙައިޟުވުން
·
ކިހިލިފަތްދަށުގައި އިސްތަށިފެޅުން
·
ފިރިހެންކުދިން ތުނބުޅުއާއި މަތިމަސް ފެޅުން
3-
ބާލިޣުވީކަން އަންގައިދޭ ޢަލާމާތެއް ކުއްޖެއްގެ ކިބައިން ފެނިއްޖެނަމަ އިސްލާމްދީނުގައި
އެކުއްޖާ ބެލެވޭނީ ކޮންކަހަލަ ކުއްޖެއްގެ ގޮތުގައިކަން ބުނެދެމާ!
·
އެކުއްޖާ ބެލެވޭނީ އެއީ ބޮޑުވެފައިވާ ކުއްޖެއްގެ ގޮތުގައެވެ.
4-
ބާލިޣުވުމުން ވާޖިބުވާ ބައެއް ދީނީ ކަންތައްތައް ބުނެދެމާ!
·
ނަމާދުކުރުން
·
ރޯދަހިފުން
·
ރޯދަހިފުން
·
ކުޅަދާނަވެގެންވާ މީހާ ޙައްޖުވުން
5-
ބާލިޣުވެފައިވާ ކުއްޖާއާ ބާލިޣުނުވާ ކުއްޖާގެ ތަފާތު ކިޔައިދެމާ!
·
ބާލިޣުވުމުގެ ކުރިން ކުރާ ކަންތައް ޢަމަލުގެ ފަތުގައި ނުލިޔުއްވައެވެ.
·
ބާލިޣުވުމަށްފަހު ކުރާ ހުރިހާ ކަމެއް ޢަމަލުގެ ފަތުގައި ލިޔުއްވައެވެ.
6-
ޙަދަޘް ބެހިގެންވާ ބައިތައް ކިޔައިދެމާ!
ޙަދަޘް ބެހިގެންވަނީ 2 ބަޔަކަށެވެ. އެއީ
·
ކުޑަ ޙަދަޘް
·
ބޮޑު ޙަދަޘް
7-
ކުޑަ ޙަދަޘް ވެރިވުމަކީ ކޮބައިކަން ބުނެދެމާ!
·
ވުޟޫ ގެއްލޭ ފަދަ ކަމެއް މެދުވެރިވުމެވެ.
·
ނުވަތަ ވުޟޫ ގެއްލުމެވެ.
·
ނުވަތަ ވުޟޫކުރަން ވާޖިބުވާކަމެއް މެދުވެރިވުމެވެ.
8-
ކުޑަ ޙަދަޘުން ޠާހިރުވާނީ ކިހިނެއްކަން ކިޔައިދެމާ!
·
ވުޟޫ ކުރުމުން ކުޑަ ޙަދަޘުން ޠާހިރު ވާނެއެވެ.
9-
ކުޑަ ޙަދަޘް ވެރިއާއަށް ނުކުރެވޭނެ ކަންތަކެއް ހުރެއެވެ. އެކަންތައް
ކިޔައިދެމާ!
·
ނަމާދުކުރުން
·
ޠަވާފުކުރުން
·
މުޞްޙަފުގައި އަތްލުން ނުވަތަ މުޞްޙަފު އުފުލުން
10- ބޮޑު ޙަދަޘް ވެރިވުމަކީ ކޮބައިކަން ބުނެދެމާ!
·
ބޮޑު ޙަދަޘްވެރިވުމަކީ ހިނައިގަތުން ވާޖިބުވާފަދަ ކަމެއް މެދުވެރިވުމެވެ.
11- ބޮޑު ޙަދަޘުން ޠާހިރުވާނީ ކިހިނެއްކަން ބުނެދެމާ!
·
ބޮޑު ޙަދަޘުން ޠާހިރުވާނީ ހިނައިގަތުމުންނެވެ.
12- ބޮޑު ޙަދަޘްވެރިޔާ ކުރުން ޙަރާމް ވެގެންވާ ކަންތައް ކިޔައިދެމާ!
·
ނަމާދުކުރުން
·
ޠަވާފުކުރުން
·
މުޞްޙަފުގައި އަތްލުން ނުވަތަ މުޞްޙަފު އުފުލުން
13- ހިނައިގަތުމަކީ ކޮބައިކަން ބުނެދެމާ!
·
ހިނައިގަތުމަކީ ނިޔަތަކާއެކު މުޅި ހަށިގަނޑުގައި ފެން ޖައްސައި ދޮވެލުމެވެ.
14- ހިނައިގަތުމާއި ފެންވަރެމުގެ ތަފާތު ކިޔައިދެމާ!
·
ހިނައިގަތުމަކީ ނިޔަތަކާއެކު މުޅި ހަށިގަނޑުގައި ފެންޖައްސައި ދޮވުމެވެ.
ނަމަވެސް ފެންވެރުމަކީ ނިޔަތެއް ނެތި ގަޔަށް ފެންއަޅައިގެން ފެންވެރުމެވެ.
ފެންވެރުމުގައި މުޅި ހަށިގަނޑުގައި ފެންޖައްސާކަށް ނުޖެހެއެވެ. މިސާލަކަށް ބައެއް
ފަހަރު ބޯ ނުދޮވެ ވެސް ފެންވަރެއެވެ.
15- ހިނެއިން ވާޖިބުވާ ބައެއް ކަންތައްތައް ލިސްޓުކޮށްލަމާ!
·
ޙައިޟުވުން.
·
އިޙްތިލާމްވުން.
·
ނިފާސްވެރިވުން.
·
މަރުވުން.
16- ހިނައިގަތުން ސުންނަތްވެގެންވާ ބައެއް ކަންތައްތައް
ލިސްޓުކޮށްލަމާ!
·
ހުކުރަށް ހިނައިގަތުން.
·
ދެޢީދަށް ހިނައިގަތުން.
·
މައްޔިތަކު ހިނެވުމަށްފަހު ހިނައިގަތުން.
·
އިޙްރާމް ބަނުމަށް ހިނައިގަތުން.
·
މައްކާއަށް ވަނުމަށް ހިނައިގަތުން.
·
ޢަރަފާތުގައި ހުރުމަށް ހިނައިގަތުން.
17-ހިނެއިމުގެ ފަރުޟުތައް ކިޔައިދެމާ!
ހިނެއުމުގެ ފަރުޟު 2 ކެވެ. އެއީ
·
ނިޔަތްގަތުން
·
މުޅި ހަށިގަނޑަށް ފެންއެޅުން.
18-ހިނައިގަތުމުގެ ސުންނަތްތައް ލިސްޓުކޮށްލަމާ!
·
ދެއަތްތިލަ 3 ފަހަރު ދޮވެލުން.
·
ކުރިމަތި ފަރާތާއި ފުރަގަސްފަރާތް ދޮވެ ހަށިގަނޑުން ނަޖިސް ފިލުވައިލުން.
·
ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކޮށްލުން.
·
3 ފަހަރު ބޮލަށް ފެން އެޅުން.
·
ހަށިގަނޑުގައި އަތް އުނގުޅައި ހުރިހާ ތަނެއްގައި ރަނގަޅަށް ފެންޖެއްސުން.
·
ފެންއެޅުމުގައި ކަނާތްފަރާތް އިސްކުރުން.
19- ހިނައިގަތުމުން ލިއްބައިދޭ ބައެއް ފައިދާތައް ބެނެދެމާ!
·
ހިނައިގަތުމުން ޘަވާބާއި ދަރުމަ ލިއްބައިދެއެވެ،
·
ހަށިގަނޑަށް ތާޒާކަން ލިއްބައިދެއެވެ.
·
ކަންނެތްކަމާއި ވަރުބަލިކަމުން ރައްކާތެރިވެއެވެ.
20- ހިނައިގަންނާނެ ގޮތް ތަރުތީބުން ކިޔައިދެމާ!
·
އެންމެ ފުރަތަމަ ހިނައިގަތުމަށް ނިޔަތްގަންނާށެވެ.
·
އެއަށްފަހު ދެއަތްތިލަ 3 ފަހަރު ދޮވެލާށެވެ.
·
އޭގެފަހުން ކުރިމަތި ފަރާތާއި ފުރަގަސްފަރާތް ދޮވެ ހަށިގަނޑުން ނަޖިސް ފިލުވައިލާށެވެ.
·
އެއަށްފަހު ނަމާދަށް ވުޟޫކުރާ ފަދައިން ވުޟޫކޮށްލާށެވެ.
·
ދެން އެއަށްފަހު ހަށިގަނޑުގައި އަތް އުނގުޅައި ހުރިހާ ތަނެއްގައި ރަނގަޅަށް ފެންޖެއްސާށެވެ.
21- އިތުރު މަޢުލޫމާތު ލިބިގަތުމަށް މި ލިންކަށް ފިތާލަމާ!
No comments:
Post a Comment