Featured Post

Ombey

Sunday, October 22, 2023

ދުޢާ - 35 ( މާނައާއެކު ދަސްކޮށްލަމާ! )

 

ދުޢާ 35



اللهُمَّ إِنِّي أَعُوذُ بِكَ مِنْ مُنْكَرَاتِ الأَخْلَاقِ وَالأَعْمَالِ وَالأَهْوَاءِ

 

މާނަ: އޭ ހައްދަވާ ގެންގުޅުއްވާ އިލާހު! ނުބައި އަޚްލާޤުންނާއި ނުބައި ޢަމަލުތަކުންނާއި ހަވާނަފްސުގެ އެދުންތަކުން، އިބައިލާހުގެ ޙަޟްރަތުން މިއަޅާ ރައްކާތެރިކަމަށް އެދެމެވެ.

 

اللهُمَّ އޭ ހައްދަވާ ގެންގުޅުއްވާ އިލާހު! إِنِّي ހަމަކަށަވަރުން މިއަޅާ  أَعُوذُ މިއަޅާ ރައްކާތެރިކަމަށް އެދެމެވެ. بِكَ އިބައިލާހުގެ ޙަޟްރަތުން

مِنْ مُنْكَرَاتِ الأَخْلَاقِ ނުބައި އަޚްލާޤުންނާއި وَالأَعْمَالِ ނުބައި ޢަމަލުތަކުންނާއި وَالأَهْوَاءِ ހަވާނަފްސުގެ އެދުންތަކުން

 

Friday, October 20, 2023

ދުޢާ - 34 ( މާނައާއެކު ދަސްކޮށްލަމާ! )

ދުޢާ 34


رَبَّنَا آتِنَا مِن لَّدُنكَ رَحْمَةً وَهَيِّئْ لَنَا مِنْ أَمْرِنَا رَشَدًا

އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން އަޅަމެންނަށް رحمة އެއް ދެއްވާނދޭވެ! އަދި އަޅަމެންގެ ކަންތަކަށް ސީދާގޮތެއް އަޅަމެންނަށް ފަހިކޮށްދެއްވާނދޭވެ!

رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޯއެވެ! آتِنَا އަޅަމެންނަށް ދެއްވާނދޭވެ! مِن لَّدُنكَ އިބަރަސްކަލާނގެ ޙަޟްރަތުން رَحْمَةً ރަޙްމަތެއް وَهَيِّئْ އަދި ފަހިކޮށްދެއްވާނދޭވެ! لَنَا އަޅަމެންނަށް مِنْ أَمْرِنَا އަޅަމެންގެ ކަންތަކަށް رَشَدًا ސީދާގޮތެއް


Wednesday, October 18, 2023

ދުޢާ - 33 ( މާނައާއެކު ދަސްކޮށްލަމާ! )

ދުޢާ 33

اللَّهُمَّ إِنِّي أَسْأَلُكَ الْجَنَّةَ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَعُوذُ بِكَ مِنَ النَّارِ وَمَا قَرَّبَ إِلَيْهَا مِنْ قَوْلٍ أَوْ عَمَلٍ، وَأَسْأَلُكَ أَنْ تَجْعَلَ كُلَّ قَضَاءٍ قَضَيْتَهُ لِي خَيْرًا

 

ހައްދަވައި ގެންގުޅުއްވާ އިލާހު! އިބަ ﷲ މިއަޅާ އަށް ސުވަރުގެ ދެއްވުން އެދެމެވެ. އަދި އެސުވަރުގެއާއި ކައިރިކުރުވާނެ ޢަމަލުތަކާއި، ބަސްތަކަށް އިބައިލާހުގެ ޙަޟްރަތުން އެދެމެވެ. އަދި މިއަޅާ ނަރަކައިން ރައްކާތެރިކުރެއްވުން އެދި އިބައިލާހުގެ ހަޟުރަތުން ދަންނަވަމެވެ. އަދި އެނަރަކައާއި ކައިރިކުރުވާނެ ބަސްތަކާއި ޢަމަލުތަކުން ރައްކާތެރިކަމަށް އެދެމެވެ. އަދި އިބައިލާހު މިއަޅާއާއިމެދު ނިންމަވާ ކޮންމެ ނިންމުމަކީވެސް މިއަޅާއަށް ހެޔޮ ނިންމުމެއް ކަމުގައި ލެއްވުން އެދި ދަންނަވަމެވެ.

اللَّهُمَّ ހައްދަވައި ގެންގުޅުއްވާ އިލާހު! إِنِّي ހަމަކަށަވަރުން މިއަޅާ أَسْأَلُكَ މިއަޅާ އިބައިލާހުގެ ޙަޟްރަތުން ދެއްވުން އެދެމެވެ. الْجَنَّةَ ސުވަރުގެ وَمَا އަދި އެ قَرَّبَ ކައިރިކުރުވާނެ إِلَيْهَا އެސުވަރުގެއާއި مِنْ قَوْلٍ ބަސްތަކަށް أَوْ ނުވަތަ عَمَلٍ ޢަމަލުތަކާއި وَأَعُوذُ އަދި މިއަޅާ ރައްކާތެރިކޮށްދެއްވުމަށް އެދި ދަންނަވަމެވެ. بِكَ އިބަ ﷲގެ ޙަޟްރަތުން مِنَ النَّارِ ނަރަކައިން وَمَا އަދި އެ قَرَّبَ ކައިރިކުރުވާނެ إِلَيْهَا އެނަރަކައާއި مِنْ قَوْلٍ ބަސްތަކާއި أَوْ ނުވަތަ عَمَلٍ ޢަމަލުތަކުން  وَأَسْأَلُكَ އަދި މިއަޅާ އިބައިލާހުގެ ޙަޟްރަތުން އެދެމެވެ. أَنْ تَجْعَلَ  ލެއްވުން އެދި كُلَّ ކޮންމެ قَضَاءٍ ނިންމުމަކީ ވެސް قَضَيْتَهُ އިބައިލާހު މިއަޅާއާއިމެދު ނިންމަވާ لِي خَيْرًا މިއަޅާއަށް ހެޔޮ ނިންމުމެއް ކަމުގައި


Tuesday, October 17, 2023

ދުޢާ - 32 ( މާނައާއެކު ދަސްކޮށްލަމާ! )

 

ދުޢާ 32


رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ.

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ކެތްތެރިކަން ދެއްވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކޮށް ދެއްވާނދޭވެ! އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ!

 

رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! أَفْرِغْ ދެއްވާނދޭވެ! عَلَيْنَا އަޅަމެންނަށް صَبْرًا ކެތްތެރިކަން وَثَبِّتْ އަދި، ސާބިތުކޮށް ދެއްވާނދޭވެ! أَقْدَامَنَا އަޅަމެންގެ ފައިތިލަތައް وَانصُرْنَا އަދި އަޅަމެންނަށް نصر ދެއްވާނދޭވެ!

عَلَى الْقَوْمِ  قوم ގެ މައްޗަށް الْكَافِرِينَ كافر ވެގެންވާ

Monday, October 16, 2023

ދުޢާ - 31 ( މާނައާއެކު ދަސްކޮށްލަމާ! )

 

ދުޢާ 31

رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ

السَّمِيعُ الْعَلِيمُ .

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) قبول ކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.

رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! تَقَبَّلْ (މިކަން) قبول ކުރައްވައިފާނދޭވެ! مِنَّا ۖ އަޅަމެންގެ ކިބައިން  إِنَّكَ ހަމަކަށަވަރުން، އިބަރަސްކަލާނގެއީ أَنتَ ރަސްކަލާނގެއެވެ.السَّمِيعُ މޮޅަށް އައްސަވާވޮޑިގެންވާ الْعَلِيمُ މޮޅަށް ދެނެވޮޑިގެންވާ

Sunday, October 15, 2023

ދުޢާ - 30 ( މާނައާއެކު ދަސްކޮށްލަމާ! )

 

ދުޢާ 30


رَبِّ زِدْنِي عِلْمًا

 

މާނައީ: އަޅުގެވެރި އިލާހު!

މިއަޅާއަށް ޢިލްމު އިތުރު ކޮށްދެއްވާނދޭވެ!

 

رَبِّ އަޅުގެވެރި އިލާހު!

زِدْنِي މިއަޅާއަށް އިތުރު ކޮށްދެއްވާނދޭވެ!

عِلْمًا ޢިލްމު

ދުޢާ - 29 ( މާނައާއެކު ދަސްކޮށްލަމާ! )

ދުޢާ 29


رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِين.

" އަޅުގެ ވެރިއިލާހު! އިބައިލާހު މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބައިލާހު ރުހިވޮޑިގަންނަވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި އިބައިލާހުގެ رحمة ފުޅުން، އިބައިލާހުގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! "

رَبِّ އަޅުގެ ވެރިއިލާހު! أَوْزِعْنِي މިއަޅާގެ މައްޗަށް إلهام ކުރައްވާނދޭވެ!  أَنْ أَشْكُرَ شكر ކުރުމަށާއި، نِعْمَتَكَ الَّتِي أَنْعَمْتَ އިބައިލާހު ދެއްވި نعمة އަށް عَلَيَّ މިއަޅާއަށް ދެއްވި وَعَلَى وَالِدَيَّ މިއަޅާގެ މައިންބަފައިންނަށް ދެއްވި وَأَنْ أَعْمَلَ صَالِحًا صالح عمل ކުރުމަށް تَرْضَاهُ އިބައިލާހު ރުހިވޮޑިގަންނަވާ وَأَدْخِلْنِي މިއަޅާ ލައްވާނދޭވެ!

 بِرَحْمَتِكَ އިބައިލާހުގެ رحمة ފުޅުން، فِي عِبَادِكَ الصَّالِحِين. އިބައިލާހުގެ صالح އަޅުންގެ ތެރެއިން