Thursday, January 3, 2019

duty badhaluvaa waguthu


ޑިއުޓީ ބަދަލުވާ ވަގުތު
Related image

ލިޔުނީ: ޒީނަތު ލަބީބު.

މީސްތަކުންނާ އެކީގައިވާ މަލާއިކަތުންގެ ޑިއުޓީ ބަދަލުވާ ގަޑިއަކީ ޢަޞްރު ނަމާދު ވަގުތާއި ފަތިސް ނަމާދު ވަގުތެވެ. އެ މަލާއިކަތުން ޑިއުޓީ ނިންމަވާފަ ﷲގެ ޙަޟްރަތަށް ދިއުމުން، އެކަލާނގެ މޮޅަށް ދެނެވޮޑިގެންވާ ހާލު ސުވާލު ކުރައްވާނެ އެވެ. "ތިމަން އިލާހުގެ އަޅުތަކުން  ދޫކުރައްވާފައި ތިޔަ ވަޑައިގަތީ ކޮން ހާލެއްގައި ވަނިކޮށް ތޯއެވެ؟"
މަލާއިކަތުން ދަންނަވާނެތެވެ. "ތިމަން ބޭކަލުން ވަޑައިގެންނެވި ހިނދުވެސް އަދި އެނބުރި އައި ހިނދު ވެސް އެބައިމީހުން ތިބީ ނަމާދުގަ އެވެ."  
އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންނާއި މެދު ބުނެވޭނީ "އެބައިމީހުން ތިބީ ނަމާދު އަޅާފަ ނިދާފައެވެ. ނުވަތަ  އެބައިމީހުން ތިބީ ނަމާދު އަޅާފަ ރާބުއިމާއި މަސްތުވާތަކެތި ބޭނުންކުރާށެވެ. ނުވަތަ އެބައިމީހުން ތިބީ ނަމާދު އަޅާފަ ޒިނޭ ކުރާށެވެ. ނުވަތަ އެބައިމީހުން ތިބީ ނަމާދު އަޅާފަ ޣީބަބުނުމުގައި މަޝްޣޫލުވެގެންނެވެ. ނުވަތަ އެބައިމީހުން ތިބީ ނަމާދު އަޅާފަ ކުޅިވަރާއި މަޖަލުގައި ކަމަށެވެ. ނުވަތަ އެބައިމީހުން ތިބީ ނަމާދު އަޅާފަ އެހެން ކޮންމެވެސް ދުނިޔަވީ ކަމެއްގައެވެ.
ސުބުޙާނަﷲ ! ސުބުޙާނަﷲ ! ސުބުޙާނަﷲ !
މިފަދަ ގޮތްތަކަކަށް ބުނެވޭ މީހުންގެ ތެރެއިން އަޅަމެން ނުލައްވާފާނދޭވެ! އާމީން!
 "ތިމަން ބޭކަލުން ވަޑައިގެންނެވި ހިނދުވެސް އަދި އެނބުރި އައި ހިނދު ވެސް އެބައިމީހުން ތިބީ ނަމާދުގަ އެވެ." އަދި މިފަދަ ގޮތްތަކަކަށް ބުނެވޭ މީހުންގެ ތެރެއިން އަޅަމެން ލައްވާފާނދޭވެ! އާމީން!


No comments: