އުއްމަހާތުލް މުއުމިނީންނަ

ލިޔުނީ: ޒީނަތު ލަބީބު.
ތާރީޚު: 26.11.2018
1-
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފުރަތަމަ އަނބިކަނބަލަކީ خديجة بنت خويلد
رَضِيَ اللَّهُ عَنْها އެވެ. އެކަމަނާ އަވަހާރަވެވަޑައިގަތުމުގެ
ކުރިން އިތުރު ކައިވެނިފުޅެއް އެކަލޭގެފާނު ނުކުރައްވައެވެ. އެކަލޭގެފާނު އެކަމަނާއާ
ކައިވެނި ބައްލަވައިގެންނެވިއިރު އެކަލޭގެފާނުގެ ޢުމުރުފުޅަކީ 25 އަހަރެވެ. އަދި އެކަލޭގެފާނުގެ
އެންމެހާ ދަރިކަލުންނާއި ދަރިކަނބަލުންނެއް ލިބިވަޑައިގެންނެވީ އެކަމަނާގެ ފުށުންނެވެ.
އެއީ އިބްރާހީމް ފިޔަވައެވެ. އެކަމަނާ އަވަހާރަވީ ހިޖުރައިން ތިންއަހަރުވަރު
ކުރިންނެވެ.
"ނަބިއްޔާ
صلى
الله عليه وسلم އާ ޚަދީޖަތުގެފާނުގެ ކައިވެނިފުޅާއި އެކަމަނާ
رضي الله عنها ގެ މާތްކަން" މިނަމުގައި އަލްބުޚާރީ رحمه
الله ވަނީ އެކަލޭގެފާނުގެ ޞަޙީޙުގައި ބާބެއް ގެންނަވާފައެވެ. އަދި
އެބާބުގައި ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާކުރައްވާފައިވެއެވެ. އެކަމަނާ ވިދާޅުވިއެވެ. مَا
غِرْتُ عَلَى امْرَأَةٍ لِلنَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ، مَا غِرْتُ
عَلَى خَدِيجَةَ، هَلَكَتْ قَبْلَ أَنْ يَتَزَوَّجَنِي، لِمَا كُنْتُ أَسْمَعُهُ
يَذْكُرُهَا [رواه البخاري
3815] މާނައީ: ނަބިއްޔާ صلى الله عليه
وسلم ގެ އަނބިއަނބިކަނބަލުންގެ ތެރެއިން ޚަދީޖަތުގެފާނުގެ މައްޗަށް، ތިމަންކަމަނާ ޣީރައްތެރިވެވަޑައިގެންނެވި
ވަރަށް، އެހެން އެއްވެސް އަނބިކަނބަލެއްގެ
މައްޗަށް ޣީރަތްތެރިވެވަޑައި ނުގަންނަވަމެވެ. އެއީ އެކަލޭގެފާނު ތިމަންކަމަނާއާ ކައިވެނި
ބައްލަވައިގަތުމުގެ ކުރިން އެކަމަނާ އަވަހާރަވިކަމުގައި ވިޔަސް، އެކަމަނާގެ ވާހަކަ އެކަލޭގެފާނު ޛިކުރު
ކުރައްވާ އަޑު އިވިވަޑައިގަންނަވާލެއް ގިނަކަމުންނެވެ.
2-
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދެވަނަ އަނބިކަނބަލަކީ سودة بنت زمعة بن قيس އެވެ. ނަބިއްޔާ صلى الله عليه وسلم އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވީ ނަބީކަމައިގެން ފޮނުއްވުނުތާ
ދިހަވަނައަށްވީ އަހަރުއެވެ.
3- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ތިންވަނަ އަނބިކަނބަލަކީ عائشة بنت أبي بكر
رَضِيَ اللَّهُ عَنْهُا އެވެ. ނަބިއްޔާ صلى الله عليه وسلم އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވީ ނަބީކަމައިގެން ފޮނުއްވުނުތާ
ދިހަވަނައަށްވީ އަހަރުގެ ޝައްވާލު މަހުގައި ކަމަށް އެކަމަނާ ވިދާޅުވެފައިވާ ކަމަށް
ابن سعد 8/58-59 ވިދާޅުވެފައި ވެއެވެ. އިމާމު ބުޚާރީ ރިވާކުރައްވާފައިވެއެވެ. ((لَمْ
يَتَزَوَّجْ بِكْرًا غَيْرَهَا)) [وروى البخاري 5077] މާނައީ: އެކަމަނާ ފިޔަވާ
ބިކުރުވެރިއަކާ އެކަލޭގެފާނު ކައިވެނި ބައްލަވައި ނުގަންނަވައެވެ.
))تَزَوَّجَنِي
النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَنَا بِنْتُ سِتِّ سِنِينَ،
وَبَنَى بِي وَأَنَا بِنْتُ تِسْعِ سِنِينَ)) [رواه البخاري 3894 ومسلم 1422] މާނައީ: ނަބިއްޔާ صلى الله عليه وسلم ތިމަންކަމަނާއާ ކައިވެނި ބައްލަވައިގެންނެވިއިރު ތިމަންކަމަނާގެ
ޢުމުރަކީ ހަ އަހަރެވެ. އަދި ތިމަންކަމަނާއާއެކު ރޭކުރެއްވިއިރު ތިމަންކަމަނާގެ ޢުމުރަކީ
ނުވަ އަހަރެވެ.
4-
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަތަރުވަނަ އަނބިކަނބަލަކީ حفصة بنت عمر بن
الخطّاب رضي الله عنها އެވެ. އެކަމަނާއާ ކައިވެނި
ބައްލަވައިގަތީ ހިޖުރައިން 2 ވަނަ އަހަރުގައެވެ.
عن عَبْدَ اللَّهِ بْنَ عُمَرَ رَضِيَ
اللَّهُ عَنْهُمَا أَنَّ عُمَرَ بْنَ الْخَطَّابِ حِينَ تَأَيَّمَتْ حَفْصَةُ
بِنْتُ عُمَرَ مِنْ خُنَيْسِ بْنِ حُذَافَةَ السَّهْمِيِّ ( أي : مات زوجها خنيس )
وَكَانَ مِنْ أَصْحَابِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ
شَهِدَ بَدْرًا ، تُوُفِّيَ بِالْمَدِينَةِ ، قَالَ عُمَرُ : فَلَقِيتُ عُثْمَانَ
بْنَ عَفَّانَ فَعَرَضْتُ عَلَيْهِ حَفْصَةَ ، فَقُلْتُ إِنْ شِئْتَ أَنْكَحْتُكَ
حَفْصَةَ بِنْتَ عُمَرَ ، قَالَ : سَأَنْظُرُ فِي أَمْرِي ، فَلَبِثْتُ لَيَالِيَ
، فَقَالَ : قَدْ بَدَا لِي أَنْ لا أَتَزَوَّجَ يَوْمِي هَذَا . قَالَ عُمَرُ :
فَلَقِيتُ أَبَا بَكْرٍ ، فَقُلْتُ : إِنْ شِئْتَ أَنْكَحْتُكَ حَفْصَةَ بِنْتَ
عُمَرَ ، فَصَمَتَ أَبُو بَكْرٍ فَلَمْ يَرْجِعْ إِلَيَّ شَيْئًا ، فَكُنْتُ
عَلَيْهِ أَوْجَدَ مِنِّي عَلَى عُثْمَانَ ، فَلَبِثْتُ لَيَالِيَ ثُمَّ خَطَبَهَا
رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَنْكَحْتُهَا إِيَّاهُ ،
فَلَقِيَنِي أَبُو بَكْرٍ فَقَالَ : لَعَلَّكَ وَجَدْتَ عَلَيَّ حِينَ عَرَضْتَ
عَلَيَّ حَفْصَةَ فَلَمْ أَرْجِعْ إِلَيْكَ ؟ قُلْتُ : نَعَمْ . قَالَ : فَإِنَّهُ
لَمْ يَمْنَعْنِي أَنْ أَرْجِعَ إِلَيْكَ فِيمَا عَرَضْتَ إِلا أَنِّي قَدْ
عَلِمْتُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَدْ ذَكَرَهَا
، فَلَمْ أَكُنْ لأُفْشِيَ سِرَّ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ
وَسَلَّمَ ، وَلَوْ تَرَكَهَا لَقَبِلْتُهَا . رواه البخاري ( 4005 ) .
ޢަބްދުﷲ ބުން ޢުމަރު رضي
الله عنهما ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ޙަފްޞަތުގެފާނުގެ
ފިރިކަލުން ޚުނައިސް ބުން ޙުޛާފާ އައްސަހްމީ އަކީ ރަސޫލުﷲ صلى الله عليه وسلم ގެ ޞަޙާބީންގެ ތެރެއިން ބަދުރު ހަނދުރާމައިގައި ބައިވެރިވެވަޑައިގެންނެވި
ބޭކަލެކެވެ. އެކަލޭގެފާނު އަވަހާރަވީ މަދީނާގައެވެ. އެކަލޭގެފާނު އަވަހާރަވުމުން ޢުމަރުގެފާނު
ވިދާޅުވިއެވެ. ފަހެ، ޢުޘްމާނު ބުން ޢައްފާނާ ބައްދަލުވުމުން ޙަފްޞާގެފާނާ ކައިވެނި ބައްލަވައިގެންނެވުމަށް
އެކަލޭގެފާނަށް ހުށަހެޅުއްވީމެވެ. ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. "ކަލޭގެފާނު އެދިވަޑައިގަންނަވާކަމުގައިވާނަމަ
ޙަފްޞާގެފާނާ ކައިވެނިކޮށްދެއްވާ ހުށީމެވެ." އެކަލޭގެފާނު ވިދާޅުވިއެވެ. "ތިމަންކަލޭގެފާނު
ތިކަމާ ވިސްނާލާނަމެވެ." ފަހެ، ރޭތަކެއް ފާއިތުވީ ފަހުން އެކަލޭގެފާނު ދެންނެވިއެވެ. "މިދުވަސްކޮޅު
ތިމަންކަލޭގެފާނު ކައިވެނި ބައްލަވައިގަންނަވާކަށް ބޭނުމެއް ނޫނެވެ." ޢުމަރުގެފާނު
ވިދާޅުވިއެވެ. ފަހެ، އަބޫބަކުރުގެފާނާ ބައްދަލުވުމުން ޙަފްޞާގެފާނާ ކައިވެނި ބައްލަވައިގެންނެވުމަށް
އެކަލޭގެފާނަށް ހުށަހެޅުއްވީމެވެ. ފަހެ، ތިމަންކަލޭގެފާނު ދެންނެވީމެވެ. "ކަލޭގެފާނު އެދިވަޑައިގަންނަވާކަމުގައިވާނަމަ
ޙަފްޞާގެފާނާ ކައިވެނިކޮށްދެއްވާ ހުށީމެވެ." ފަހެ، އަބޫބަކުރުގެފާނު އެއްވެސް އެއްޗެއް ވިދާޅެއް
ނުވެއެވެ. ފަހެ، އެކަލޭގެފާނު ޖަވާބަކައިގެން
ތިމަންކަލޭގެފާނުގެ އަރިހަށް ވަޑައެއް ނުގަންނަވައެވެ. ޢުޘްމާނުގެފާނަށްވުރެ އެކަލޭގެފާނާމެދު
ތިމަންކަލޭގެފާނު ހިތްހަމަޖެހިވަޑައިނުގެންނެވިއެވެ. ފަހެ، ރޭތަކެއް ފާއިތުވީ ފަހުން ރަސޫލުﷲ صلى الله عليه وسلم އެކަމަނާއާއި ކައިވެނި ބައްލަވައިގެންނެވުމަށް އެދިވަޑައިގެންނެވިއެވެ.
ދެން ފަހެ، އެކަލޭގެފާނާ އެކަމަނާ
ކައިވެނިކޮށްދެއްވީމެވެ. ފަހެ، އަބޫބަކުރުގެފާނާ ބައްދަލުވުމުން އެކަލޭގެފާނު ވިދާޅުވިއެވެ.
"ކަލޭގެފާނު ތިމަންކަލޭގެފާނު އަރިހުގައި ޙަފްޞާގެފާނާ ކައިވެނި ބައްލަވައިގެންނެވުމަށް
އެދިވަޑައިގެންނެވުމުން އެއްޗެއް ވިދާޅުނުވެ ވަޑައިގެންނެވުމުން ކަލޭގެފާނު ހިތްހަމަޖެހިވަޑައިނުގެންނެވީމު
ނޫންތޯއެވެ؟ ތިމަންކަލޭގެފާނު ދެންނެވީމެވެ.
"އާދޭހެވެ". އެކަލޭގެފާނު ދެންނެވިއެވެ. "ފަހެ ހަމަކަށަވަރުން ރަސޫލުﷲ
صلى
الله عليه وسلم އެކަމަނާގެ ވާހަކަ ޛިކުރުކުރެއްވިކަން
ތިމަންކަލޭގެފާނަށް އެނގިވަޑައިގެންފައިވާތީ، ކަލޭގެފާނު ހުށަހެޅުއްވި ހުށަހެޅުއްވުމުގައި
އެއްޗެއް ވިދާޅު ނުވީއެވެ. އެކަލޭގެފާނުގެ ސިއްރެއް ފާޅުކުރައްވަން ތިމަންކަލޭގެފާނު
ބޭނުންފުޅު ނުވީއެވެ. އަދި އެކަލޭގެފާނު އެކަމަނާއާ ކައިވެނިބައްލަވައިގެންނެވުމަށް
އެދިވަޑައި ނުގެންނެވިނަމަ ތިމަންކަލޭގެފާނު އެކަމަނާ (އަނތްބެއްގެ ގޮތުގައި) ޤަބޫލުކުރެއްވީމުހެވެ".
5- ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ފަސްވަނަ އަނބިކަނބަލަކީ زينب بنت خزيمة رضي
الله عنها އެވެ. މިސްކީނުންގެ މަންމަގެ ނަމުން
އެކަމަނާ އަށް ނަންދެވިފައިވެއެވެ. އެކަމަނާ މިސްކީނުންނަށް ކާންދީ އެމީހުންނަށް
ރަޙުމުކުރެއެވެ. ނަބިއްޔާ صلى الله عليه وسلم އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވީ ހިޖުރައިގެ 31 މަސް
ފަހުން، ރަމަޟާން މަހުގައެވެ.
[طبقات
ابن سعد 8/115]
6-
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަވަނަ އަނބިކަނބަލަކީ أم سلمة بنت أبي أمية
رَضِيَ اللَّهُ عَنْها އެވެ.
އުންމު ސަލަމާ ވިދާޅުވިކަމަށް އިމާމު
މުސްލިމް ރިވާކުރައްވާފައިވެއެވެ. سَمِعْتُ رَسُولَ اللهِ صَلَّى
اللهُ عَلَيْهِ وَسَلَّمَ، يَقُولُ: ((مَا مِنْ عَبْدٍ تُصِيبُهُ مُصِيبَةٌ،
فَيَقُولُ: إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، اللهُمَّ أْجُرْنِي فِي
مُصِيبَتِي، وَأَخْلِفْ لِي خَيْرًا مِنْهَا، إِلَّا أَجَرَهُ اللهُ فِي مُصِيبَتِهِ،
وَأَخْلَفَ لَهُ خَيْرًا مِنْهَا))، قَالَتْ: فَلَمَّا تُوُفِّيَ أَبُو
سَلَمَةَ، قُلْتُ كَمَا أَمَرَنِي رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ،
فَأَخْلَفَ اللهُ لِي خَيْرًا مِنْهُ، رَسُولَ اللهِ صَلَّى اللهُ عَلَيْهِ
وَسَلَّمَ. [مسلم 918] މާނައީ: ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރެއްވި އަޑު ތިމަންކަމަނާ އެއްސެވީމެވެ. އަޅަކަށް މުޞީބާތެއް ޖެހުމުން
((إِنَّا
لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ، اللهُمَّ أْجُرْنِي فِي مُصِيبَتِي، وَأَخْلِفْ
لِي خَيْرًا مِنْهَا)) މާނައީ: ހަމަކަށަވަރުން ތިމަންމެންނީ، ﷲ އަށް މިލްކުވެވޮޑިގެންވާ ބައެކެވެ.
އަދި ހަމަކަށަވަރުން ތިމަންމެންނީ، އެއިލާހުގެ ޙަޟްރަތަށް އެނބުރިދާނޭ ބައެކެވެ. އޭ ﷲ! މިއަޅާއަށް
ދިމާވެފައިވާ މުޞީބާތުން ސަލާމަތް ކުރައްވައިފާންދޭވެ. އަދި އެއަށްވުރެ ހެޔޮ ރަގަނޅު
ގޮތެއް މިއަޅާއަށް މެދުވެރި ކުރައްވާފާންދޭވެ.] މިފަދައިން ކިޔައިފިމީހަކަށް އޭނާގެ
މުޞީބާތުގައި، ﷲ އޭނާއަށް އަޖުރު ދެއްވާނެއެވެ.
އަދި އެއަށްވުރެ ހެޔޮ ރަނގަޅު ގޮތެއް އޭނާއަށް މެދުވެރިކޮށް ދެއްވާނެއެވެ. އެކަމަނާ ވިދާޅުވިއެވެ. އަބޫ ސަލަމާ އަވަހާރަވުމުން ރަސޫލުﷲ صلى الله عليه وسلم ތިމަންކަމަނާއަށް އަމުރުކުރެއްވި ފަދައިން ވިދާޅުވީމެވެ. ފަހެ، ﷲ ތަޢާލާ ތިމަންކަމަނާއަށް (އަބޫ ސަލަމާއަށްވުރެ)
ހެޔޮ މީހަކު ދެއްވިއެވެ. އެއީ ރަސޫލުﷲ صلى الله عليه وسلم އެވެ.
އެހެން ރިވާޔަތެއްގައި
ވެއެވެ.
فَلَمَّا تُوُفِّيَ أَبُو سَلَمَةَ،
قُلْتُ: مَنْ خَيْرٌ مِنْ أَبِي سَلَمَةَ صَاحِبِ رَسُولِ اللهِ صَلَّى اللهُ
عَلَيْهِ وَسَلَّمَ… قَالَتْ: فَتَزَوَّجْتُ رَسُولَ اللهِ صَلَّى اللهُ عَلَيْهِ
وَسَلَّمَ. މާނައީ: ފަހެ އަބޫ ސަލަމާ އަވަހާރަވުމުން ތިމަންކަމަނާ ދެންނެވީމެވެ.
ރަސޫލުﷲ صلى
الله عليه وسلم ގެ ޞަޙާބީ، އަބޫ ސަލަމާއަށްވުރެ ހެޔޮ މީހަކީ ކޮބާ
ހެއްޔެވެ؟ އެކަމަނާ ވިދާޅުވިއެވެ.
އެއަށްފަހު ރަސޫލުﷲ صلى الله عليه وسلم ތިމަންކަމަނާއާ ކައިވެނި
ބައްލަވައިގެންނެވިއެވެ.
7-
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ހަތްވަނަ އަނބިކަނބަލަކީ جويرية بنت الحارث
رضي الله عنها އެވެ.
وقعت أسيرة في أيدي المسلمين في غزوة بني المصطلق ،
وجاءت إلى النبي صلى الله عليه وسلم تطلب منه أن يعينها في مكاتبتها لعتق رقبتها ،
فعرض عليها قضاء كتابتها وزواجه بها فقبلت . فتزوجها النبي صلى الله عليه وسلم
وجعل عتقها صداقها . فلما علم الناس بذلك أعتقوا مَنْ بأيديهم من السبي ( الأسرى )
إكراما لأصهار الرسول صلى الله عليه وسلم . فما كانت امرأة أعظم على قومها بركة
منها . رواه ابن إسحاق بإسناد حسن ، سيرة ابن هشام 3/408-409. މާނައީ: ބަނޫ އަލްމުޞްޠަލަޤު ހަނގުރާމައިގައި މުސްލިމުންގެ އަސީރެއްގެ
ގޮތުގައި އެކަމަނާ ގެނެވުނެވެ. އެކަމަނާ މިނިވަންވެވަޑައިގެންނެވުމުގެ ކަންކަމުގައި
އެހީތެރިވެދެއްވުން އެދި ނަބިއްޔާ صلى الله عليه وسلم ގެ އަރިހަށް އެކަމަނާ ވަޑައިގެންނެވިއެވެ. ފަހެ، އެކަމަނާ މިނިވަންވުމުގެ އަގަކީ، އެކަމަނާ އެކަލޭގެފާނާ ކައިވެނި ބައްލަވައިގެންނެވުމުން
ކައިވެނީގެ ރަންކަމުގައި ހަމަޖައްސަވައިދެއްވުމަށް އެކަލޭގެފާނު ހުށަހެޅުއްވުމުން އެކަމަނާ
އެކަން ޤަބޫލުކުރެއްވިއެވެ. ދެން ފަހެ، އެކަލޭގެފާނު އެކަމަނާއާ ކައިވެނިބައްލަވައިގަންނަވާ އެކަމަނާ
މިނިވަންކޮށްދިނުން އެއީ ކައިވެނީގެ ރަންކަމުގައި ހެއްދެވިއެވެ. އެކަން މީސްތަކުންނަށް
އެނގުމުން، ރަސޫލާ صلى
الله عليه وسلم ގެ ކައިވެނީގެ ސަބަބުން
ޅިޔަންފަހަރިންނަށްވީ މީހުންނަށް މާތްކޮށް ހިތުމުގެ ގޮތުން، އެބައިމީހުންގެ އަތުގައިވި އަސީރުން މިނިވަންކުރިއެވެ.
ފަހެ، އެކަމަނާ ފިޔަވާ އެހެން
އަންހެނަކު އޭނާގެ ޤައުމުގެ މީހުންނަށް އެފަދަ ބޮޑު ބަރަކާތެއް ގެނެސްނުދެއެވެ. [رواه ابن إسحاق
بإسناد حسن ، سيرة ابن هشام 3/408-409]
8-
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަށްވަނަ އަނބިކަނބަލަކީ زينب بنت جحش رَضِيَ
اللَّهُ عَنْها އެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ
ޙަޔާތްޕުޅުގައި زينب بنت جحش رَضِيَ اللَّهُ
عَنْها ވަނީ އަވަހާރަވެފަ އެވެ.
އެކަމަނާއާ ބެހޭގޮތުން ﷲ ތަޢާލާ ވަޙީ ބާއްވައިލެއްވެވިއެވެ.
﴿فَلَمَّا قَضَىٰ زَيْدٌ مِّنْهَا وَطَرًا
زَوَّجْنَاكَهَا لِكَيْ لَا يَكُونَ عَلَى الْمُؤْمِنِينَ حَرَجٌ فِي أَزْوَاجِ
أَدْعِيَائِهِمْ إِذَا قَضَوْا مِنْهُنَّ وَطَرًا﴾ [سورة الأحزاب 37] މާނައީ: ފަހެ، ޒައިދު އެކަމަނާގެ ކިބައިން ބޭނުމެއް
ފުއްދައިފިހިނދު (އެބަހީ: އަނތްބެއްގެ ގޮތުގައި ބޭނުންކުރުމަށްފަހު ވަރިކޮށް ޢިއްދަ
ހަމަވުމުން) ތިމަންއިލާހު، ކަލޭގެފާނާ އެކަމަނާއާ ކައިވެނިކޮށްދެއްވީމެވެ. އެއީ މުއުމިނުންނަށް، އެއުރެން ދަރިންކަމަށް ހަދައިގެންއުޅޭ
މީހުންގެ އަނބިންގެ ކިބައިން، އެއުރެންގެ ބޭނުމެއް ފުއްދައިފިހިނދު (ވަރިކޮށްފިހިނދު)، އެއުރެންނާ ކައިވެނި ކުރުމުގައި ފާފައެއް ނެތްކަން އެންގެވުމަށްޓަކައެވެ.
އަދި އެކަމަނާ މިކަމާ ފަޚްރުވެރިވެވަޑަގެން ނަބިއްޔާ
صلى
الله عليه وسلم ގެ އެހެން އަނބިއަނބިކަނބަލުންނަށް ވިދާޅުވެއެވެ. زَوَّجَكُنَّ
أَهَالِيكُنَّ، وَزَوَّجَنِي اللَّهُ تَعَالَى مِنْ فَوْقِ سَبْعِ سَمَوَاتٍ [رواه
البخاري 7420] މާނައީ: ތިޔަކނބަލުން ކައިވެނިކޮށްދެއްވީ ތިޔަކަނބަލުންގެ އަހުލުންނެވެ.
އަދި ތިމަންކަމަނާ ކައިވެނިކޮށްދެއްވީ ހަތް އުޑުގެ މަތިން ﷲ ތަޢާލާއެވެ.
9-
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނުވަވަނަ އަނބިކަނބަލަކީ أُمِّ حَبِيبَةَ
رَضِيَ اللَّهُ عَنْها އެވެ.
އުންމު ޙަބީބާގެ އަރިހުން ޢުރްވާ ރިވާކުރެއްވިކަމަށް
އަބޫ ދާވޫދުގައި އައިސްފައިވެއެވެ.
أَنَّهَا كَانَتْ تَحْتَ عُبَيْدِ اللَّهِ بْنِ
جَحْشٍ فَمَاتَ بِأَرْضِ الْحَبَشَةِ، فَزَوَّجَهَا النَّجَاشِيُّ النَّبِيَّ
صَلَّى اللهُ عَلَيْهِ وَسَلَّمَ وَأَمْهَرَهَا عَنْهُ أَرْبَعَةَ آلَافٍ وَبَعَثَ
بِهَا إِلَى رَسُولِ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ مَعَ شُرَحْبِيلَ
ابْنِ حَسَنَةَ. [روى أبو داود 2107، و صححه الألباني] މާނައީ: އެކަމަނާ ކައިވެނި ބައްލަވައިގެން އުޅުއްވީ
ޢުބައިދުﷲ ބުން ޖަޙުޝްއާއެވެ. ފަހެ އެކަލޭގެފާނު ޙަބުޝްކަރައިގައި އަވަހާރަވިއެވެ.
ދެންފަހެ، ނަޖާޝީ ނަބިއްޔާ صلى الله عليه وسلم އާ އެކަމަނާ ކައިވެނި ކޮށްދެއްވިއެވެ. އަދި އެކަލޭގެފާނުގެ
ފަރާތްޕުޅުން ކައިވެނީގެ ރަނުގެ ގޮތުގައި ނަޖާޝީ ހަތަރު ހާސް ދެއްވިއެވެ. އަދި ޝުރަޙްބީލް
ބުން ޙަސަނާއާއެކު އެކަމަނާ ﷲ ގެ ރަސޫލާ صلى الله عليه وسلم އަރިހަށް ފޮނުއްވިއެވެ.
10-
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދިހަވަނަ އަނބިކަނބަލަކީ ميمونة بنت الحارث
رَضِيَ اللَّهُ عَنْها އެވެ.
އިބްނު ޢައްބާސް رضي
الله عنهما ގެ އަރިހުން ރިވާވެގެން
އައިސްފައިވާ ޙަދީޘެއްގައިވެއެވެ. أَنَّ
النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ تَزَوَّجَ مَيْمُونَةَ وَهُوَ مُحْرِمٌ
(رواه
البخاري 1837 ومسلم1410 ) މާނައީ: ހަމަކަށަވަރުން ނަބިއްޔާ صلى
الله عليه وسلم މައިމޫނާއާ ކައިވެނި
ބައްލަވައިގެންނެވީ އެކަލޭގެފާނު އިޙްރާމުގައި ހުންނަވަނިކޮށެވެ.
وقوله : (وهو محرم) وهم ، والصواب أن النبي صَلَّى
اللَّهُ عَلَيْهِ وَسَلَّمَ تزوجها بعد أن تحلل من عمرة القضاء . انظر : "زاد العاد" (1/113) ،
"فتح الباري" حديث رقم (5114) .
އެކަލޭގެފާނުގެ ބަސްފުޅު ((وَهُوَ مُحْرِمٌ)) މިއީ (ރާވީއަށް އަރާފައިވާ) އޮޅުމެކެވެ. ރަނގަޅު ގޮތަކީ އެކަލޭގެފާނު
އެކަމަނާއާ ކައިވެނި ބައްލަވައިގެންނެވީ ޢުމްރަތުލްޤަޟާގައި އިޙްރާމު ކެނޑުމަށް ފަހެވެ.
11-
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އެގާރަވަނަ އަނބިކަނބަލަކީ صفية بنت حيي بن أخطب
رَضِيَ اللَّهُ عَنْها އެވެ. ރަސޫލުﷲ صلى الله عليه وسلم އެކަމަނާއާއި ކައިވެނި ބައްލަވައިގެންނެވީ ޚައިބަރު ހަނގުރާމައިގެ ފަހުން އެކަމަނާ
މިނިވަންކުރެއްވުމަށް ފަހުގައެވެ. [رواه البخاري 371]
-------------------------
ފަހެ، މިއަނބިއަނބިކަނބަލުންނަކީ ނަބިއްޔާ صلى الله عليه وسلم އެބޭކަނބަލުންނާ ކައިވެނި ބައްލަވައިގެންނެވުމަށްފަހު، އެއްދާންކުރެއްވި ބޭކަނބަލުންނެވެ. އަދި
މީގެ ތެރެއިން ދެ ބޭކަނބަލަކު ނަބިއްޔާ صلى الله عليه وسلم ޙަޔާތްފުޅުގައި އަވަހާރަވިއެވެ. އެއީ ޚަދީޖަތުގެފާނާއި ޒައިނަބު ބިންތު ޚުޒައިމާ
رضي الله عنهما އެވެ. އެކަލޭގެފާނު އަވަހާރަވީއިރު ދެންތިބި ނުވަ ބޭކަނބަލުން ދުނިޔޭގައި ތިއްބެވިކަމާމެދު
ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނުވެއެވެ. [زاد المعاد
1/105-114] ޒާދުލްމަޢާދު ބައްލަވާލައްވާށެވެ.
އަދި ރައިޙާނާ ބިންތު ޢަމްރު އައްނަޟަރިއްޔާ
(އަލްޤުޡަރިއްޔާ ކަމަށްވެސް ބުނެވެއެވެ.) ވެސް އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންގެ
ތެރޭގައި ހިމެނޭކަމަށް ބުނެވެއެވެ. ބަނޫ ޤުރައިޡާގެ ހަނގުރާމައިގެ ދުވަހު އެކަމަނާ
އަސީރުކުރެވުނެވެ. ފަހެ، ރަސޫލުﷲ صلى الله عليه وسلم އެކަލޭގެފާނުގެ ނަފްސަށް އެކަމަނާ އިޚްތިޔާރުކުރެއްވިއެވެ.
އަދި އެކަމަނާ މިނިވަންކުރައްވާ ކައިވެނި ބައްލަވައިގެންނެވިއެވެ. ދެން ވަރިކުރެއްވިއެވެ.
އަދި އަނެއްކާ ކައިވެނި ބައްލަވައިގެންނެވިއެވެ. [طبقات ابن سعد عن
الواقدي 8/130]
އަދި ބުނެވޭގޮތުގައި އެކަމަނާއަކީ އެކަލޭގެފާނުގެ
އަޅެކެވެ. އެންމެ ރަނގަޅުގޮތަކީ މިއީކަމަށް އިބްނުލްޤައްޔިމު ޒާދުލްމަޢާދުގައި ވިދާޅުވެފައިވެއެވެ.
މަޞްދަރު:
https://islamqa.info/ar/answers/47072 أزواج النبي
صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، أمهات المؤمنين رضي الله عنهن
ދިސަލަފިއްޔާ
No comments:
Post a Comment