ޖަބީރާގައި ފެންފުހުން
ލިޔުނީ ޒީނަތު ލަބީބު.
ތަރީޙު: 1 ނޮވެންބަރު 2018
ޖަބީރާއަކީ ކޮބާހެއްޔެވެ؟
ޖަބީރާއަކީ ބިނދިފައިވާ ގުނަވަނުގެ
މަތީގައި އަޅާ އޮބިގަނޑެެވެ. ބެންޑޭޖާއި އެނޫންވެސް ހަލާކުވެފައިވާ ތަނުގައި
އަޅާފައި ހުންނަ ބޭސްގަނޑު ޖަބީރާގެ ޙުކުމްތެރެއަށް ވަންނާނެއެވެ.
ޖަބީރާގައި ފެން ފުހުމުގެ ޙުކުމް:
ޖަބީރާ ފެންފުހުން އިސްލާމްދީނުގައި ވަނީ
ޝަރުޢުކުރައްވާފައެވެ. މާތްﷲ ރުއްސުންލެއްވި ޖާބިރުގެފާނުގެ
ކިބައިންރިވާވެގެންވެއެވެ. عن جابر رضي الله عنه: نعرف من قصة الرجل الذي شُجَّ في رأسه ثم احتلم
واغتسل فمات، فقال النبي – صلى الله عليه وسلم – فيه: ( إنما كان يكفيه أن يتيمم
ويعصب على جرحه, ثم يمسح عليه ). وروى البيهقي މާނައީ:
އެކަލޭގެފަނު ވިދާޅުވެފައިވާ ކަމަށް އިމާމު ބައިހަގީ ރިވާކޮށްފައިވެއެވެ.
ދަތުރެއްގައި ނިކުމެފައި ވަނިކޮށް ބޮލުގައި ހިލަޔަކުންޖެހި
ބޯޒަޚަމުވެފައިވަނިކޮށް، އިޙުތިލާމުވުމުން ފެނުން ހިނެވުމުން ނިޔާވި ފިރިހެން
މީހާގެ ވާހަކައެވެ. ދަތުރުނިންމާފައި ރަސޫލާ صلى الله عليه وسلم ގެ އަރިހަށް އަތުވެއްޖައީމުއެވެ.
ދެންއެކަލޭގެފާނަށް އެޚަބަރު ލިބިވަޑައިގަތުމުން ޙަދީޘްފުޅުކުރެއްވިއެވެ.
ފަހެހަމަކަށަވަރުން އޭނާ ތަޔައްމުމުކޮށް އެޒަޚަމުވީތަނުން ވެލިކޮޅުފޮޅައިލިނަމަ
ނުވަތަ އެތާނގައި ފޮތިކޮޅެއްބަނދެފައި އެފޮތިކޮޅުމަތީ ފެންފުހެލިނަމަ އެނާއަށް
އެގޮތް ފުދުނީހެވެ."
ޖަބީރާ ބަނުމަށް ޠަހާރަތު ލާޒިމުކުރޭ
ހެއްޔެވެ؟
ޖަބީރާގައި ފެންފުހުމަށްޓަކައި
ޠަހާރަތެއްގައި ޖަބީރާ ބަނުން ލާޒިމެއް ނޫނެވެ. އެހެންކަމުން ޖަބީރާ ނައްޓާނުލައި
ކޮންމެހެން ބަހައްޓަން ޖެހޭ ހާލަތުގައި ވުޟޫކުރާއިރުގައްޔާއި ހިނައިގަންނަ ހިނދު
އޭގެ މަތީގައި ފެންފުހުން ހުއްދަވާނެއެވެ.
ޖަބީރާގައި ފެންފުހޭގޮތް:
ޖަބީރާގައި ފެންފުހުމަށްޓަކައި
އަތްތެއްމާފައި އެއްފަހަރު މުޅިޖަބީރާގައި ފުހެލާނީއެވެ. ޖަބީރާ އަޅާފައި ހުންނަ
ގުނަވަނުގައި ޖަބީރާ ނާއްސައި އެއްބައި ބާކީ ހުރިނަމަ އެބައި ދޮންނާނީއެވެ.
އެބައިގައި ފެންފުހެގެން ނުވާނެއެވެ.
ޖަބީރާގައި ފެންފުހުމުގެ މުއްދަތު:
ޖަބީރާގައި ފެންހުމަށް ވަކި މުއްދަތެއް
ކަނޑައެޅިފައެއް ނެތެވެ. އޭގެ މުއްދަތަކީ އެތަނެއްގެ މަތީގައި ޖަބީރާއަޅާފައިވާ
ތަން ފަސޭހަވަންދެނެވެ. ޢުޛުރު ދެމިއޮތްހާ ހިނދަކު ވުޟޫކުރުމުގައި ވެސް އަދި ހިނައިގަތުމުގައި ވެސް ޖަބީރާ މަތީ ފެންފުހެވޭނެއެވެ.
ޖަބީރާގައި ފެންފުހުމުގެ ޝަރުޠުތައް:
1- ކޮންމެހެން ބޭނުން ޖެހިގެން ބަނދެފައިވާ
އެއްޗަކަށް ޖަބީރާ ވުން.
2- ޖަބީރާ ބަންނައިރު ކޮންމެހެން ބޭނުންވާ
ހިސާބުގައި އެކަނި ބަނުން.
ޒަޚަމް ފަސޭހަވެއްޖެނަމަ އެހިސާބުން
ވުޟޫކުރުމުގައި އެގުނަވަނެއް ދޮންނަންވާނެއެވެ. ޖަބީރާގައި ފެންނުފެހެވޭނެއެވެ.
ޖަބީރާ މަތީ ފެންފުހުން ވާޖިބުވެގެންވާ
ޙާލަތު:
ގުނަވަނެއް ބިނދިފައިވާމީހާ ނުވަތަ
ގުނަވަނެއް ޒަޚަމުވެފައިވާމީހާ ވުޟޫކުރަން ނުވަތަ ހިނައިގަންނަން ބޭނުންވާހިނދު
ފަހެ އެގުނަވަން ދޮވުން އޭނާގެމައްޗަށް ވާޖިބުވެގެންވެއެވެ. ދޮވުމުން އިތުރަށް
ގެއްލުންވެދާނެކަމަށް ނުވަތަ ވޭންއިތުރުވެދާނެކަމަށް ބިރުގެންފިނަމަ އެގުނަވަންމަތީ
ފެންފުހޭށެވެ. ފެން ފުހުމުންވެސް އިތުރަށް ގެއްލުންވެދާނެކަމަށް ނުވަތަ
ވޭންއިތުރުވެދާނެކަމަށް ބިރުގެންފިނަމަ އެގުނަވަންމަތީ ޖަބީރާ އަޅައި އޭގެމަތީގައި
ފެންފުހޭށެވެ.
ޖަބީރާ މަތީ ފެންފުހުން ބާޠިލުވާ
ކަންތައްތައް:
ޢުޛުރު ފިލާ ދިއުމުން ޖަބީރާ މަތީ ފެން
ފުހުން ބާޠިލުވާނެއެވެ.
ހަވާލާދިނުން:
https://binbaz.org.sa/fatwas/ كيفية الطهارة لأصحاب الجبائر
حكم المسح على الجبيرة عند الوضوء https://binbaz.org.sa/fatwas/
http://fiqh.islammessage.com/NewsDetails.aspx?id=7190المسح على
الجبيرة والعصابة واللزْقة
No comments:
Post a Comment