Featured Post

Ombey

Friday, November 23, 2018

suwarugeyge ufaaveri khabaru libilevvi 10 beykalun



ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިލެއްވި 10 ބޭކަލުން
Image result for ‫عَشَرَةٌ فِي الْجَنَّةِ‬‎
ލިޔުނީ: ޒީނަތު ލަބީބު.

ތާރީޚު: 24.11.2018


ދުނިޔޭގައި ވަނިކޮށް ސުވަރުގޭގެ އުފާވެރި ޚަބަރު ލިބިލެއްވި 10 ފިރިހެން ބޭކަލުންނަކީ:

1.    އަބޫ ބަކުރު އައްޞިއްދީޤު ރަޟިޔަﷲ ޢަންހު

2.    ޢުމަރު ބުނުލް ޚައްޠާބު ރަޟިޔަﷲ ޢަންހު

3.    ޢުޘްމާނު ބުނު ޢައްފާނު ރަޟިޔަﷲ ޢަންހު

4.    ޢަލީ ބުނު އަބީ ޠާލިބު ރަޟިޔަﷲ ޢަންހު

5.    އަބޫ ޢުބައިދާ ޢާމިރު ބުނު އަލްޖައްރާޙު ރަޟިޔަﷲ ޢަންހު

6.    ޢަބްދުއްރަޙްމާނު ބުނު ޢައުފު ރަޟިޔަﷲ ޢަންހު

7.    އައްޒުބައިރު ބުނުލް ޢައްވާމު ރަޟިޔަﷲ ޢަންހު

8.    ޠަލްޙާ ބުނު ޢުބައިދިﷲ ރަޟިޔަﷲ ޢަންހު

9.    ސަޢުދު ބުނު އަބީ ވައްޤާޞު ރަޟިޔަﷲ ޢަންހު

10.   ސަޢީދު ބުނު ޒައިދު ރަޟިޔަﷲ ޢަންހު

عَنْ عَبْدِ الرَّحْمَنِ بْنِ حُمَيْدٍ، عَنْ أَبِيهِ، أَنَّ سَعِيدَ بْنَ زَيْدٍ، حَدَّثَهُ فِي نَفَرٍ، أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: " عَشَرَةٌ فِي الجَنَّةِ: أَبُو بَكْرٍ فِي الجَنَّةِ، وَعُمَرُ فِي الجَنَّةِ، وَعُثْمَانُ وَعَلِيٌّ وَالزُّبَيْرُ وَطَلْحَةُ وَعَبْدُ الرَّحْمَنِ وَأَبُو عُبَيْدَةَ وَسَعْدُ بْنُ أَبِي وَقَّاصٍ ". قَالَ: فَعَدَّ هَؤُلَاءِ التِّسْعَةَ وَسَكَتَ عَنِ العَاشِرِ، فَقَالَ القَوْمُ: نَنْشُدُكَ اللَّهَ يَا أَبَا الأَعْوَرِ مَنِ العَاشِرُ؟ قَالَ: نَشَدْتُمُونِي بِاللَّهِ، أَبُو الأَعْوَرِ فِي الجَنَّةِ:

މާނައީ: އަބުދުއްރަޙްމާނު ބިން ޙުމައިދު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ރިވާކުރެއްވިއެވެ. ހަމަކަށަވަރުން ސަޢީދު ބިން ޒައިދު މީސްތަކުންގެ ތެރޭގައި ވިދާޅުވިއެވެ. ހަމަކަށަވަރުން ރަސޫލު ޙަދީޘްކުރެއްވިއެވެ. 10 ބޭކަލަކު ވަނީ ސުވަރުގޭގައެވެ. އަބޫ ބަކުރުގެފާނު ވަނީ ސުވަރުގޭގައެވެ. އަދި ޢުމަރުގެފާނު ވަނީ ސުވަރުގޭގައެވެ. އަދި ޢުޘްމާނުގެފާނާއި ޢަލީގެފާނާއި ޒައިދުގެފާނާއި ޠަލްޙަތުގެފާނާއި ޢަބްދުއްރަޙްމާނުގެފާނާއި އަބޫޢުބައިދަތުގެފާނާއި ސަޢްދު ބުނު އަބީ ވައްޤާޞު ވަނީ ސުވަރުގޭގަ އެވެ. އަބުދުއްރަޙްމާނު ބިން  ޙުމައިދު ވިދާޅުވިއެވެ. ބައްޕާފުޅު ވިދާޅުވިއެވެ. އިސްވެދިޔަ ނުވަ ބޭކަލުން ގެ ނަން ވިދާޅުވުމަށްފަހު ދިހަވަނަ ބޭކަލެއްގެ ނަން ވިދާޅުނުވެ ހަނު ހުންނެވިއެވެ. ދެން މީސްތަކުން ދެންނެވިއެވެ. ﷲއަށްޓަކައި އެނަން ބުނުއްވުމަށް އެދި އާދޭސް ދަންނަވަމެވެ. އޭ އަބުލް އަޢުވަރެވެ! ދިހަވަނައީ ކޮންބޭކަލެއްތޯއެވެ؟ ދެން ސަޢީދު ބިން ޒައިދު ވިދާޅުވިއެވެ. ތިޔަބައިމީހުން ﷲއަށްޓަކައި އެނަން ބުނެދިނުމަށް އެދި އާދޭސް ކުރާތީ ބުނަމެވެ. އަބުލް އަޢުވަރު (ސަޢީދު ބިން ޒައިދު) ވަނީ ސުވަރުގޭގައެވެ.  



ހަވާލާދިނުން:








No comments: