Featured Post

Ombey

Thursday, October 25, 2018

hukuru dhuvas


ހުކުރު ދުވަސް
Image result for ‫يوم الجمعة‬‎ 

 ލިޔުނީ: ޒީނަތު ލަބީބު.


އިންސާނާގެ މުޅި ޙަޔާތް ހޭދަކުރަންޖެހެނީ ﷲ ތަޢާލާ އަށް އަޅުކަންކުރުމުގައެވެ. ﷲ ތަޢާލާ އަށް އަޅުކަންކުރުމަށް ވަކި ޚާއްޞަ ދުވަހެއް ނެތެވެ. ޙަޔާތުގެ ކޮންމެ ހިނދުކޮޅަކީ  ވެސް ﷲ އަށް އަޅުކަންކުރަންޖެހޭ ވަގުތުކޮޅެކެވެ. އެހެންނަމަވެސް ﷲ ތަޢާލާ ވަނީ، رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ އުންމަތުގެ މައްޗަށް ހުކުރު ދުވަސް ޚާއްޞަކުރައްވާފައެވެ. ހުކުރު ދުވަހުގެ މާތްކަމުގެ ވާހަކަ ވަރަށް ގިނަ ޙަދީޘްތަކުގައި ބަޔާންވެފައިވެއެވެ.

އެދުވަހާ ބެހޭގޮތުން ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
عَنْ أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : (خَيْرُ يَومٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الجُمُعَةِ : فِيهِ خُلِقَ آدَمُ ، وَفِيهِ أُدْخِلَ الجَنَّةَ ، وَفِيهِ أُخْرِجَ مِنْهَا ) رواه مسلم (الجمعة/1410) މާނައީ: އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެނެ ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ. އެދުވަހެއްގައި އިރުއެރި އެންމެ ހެޔޮކަންބޮޑު ދުވަހަކީ، ހުކުރު ދުވަހެވެ. އެދުވަހު، އާދަމުގެފާނު ޚަލްޤު ކުރެއްވުނެވެ. އަދި އެދުވަހު، އެކަލޭގެފާނު ސުވަރުގެއަށް ވެއްދެވުނެވެ. އަދި އެދުވަހު، އެކަލޭގެފާނު ސުވަރުގެއިން ނެރުއްވުނެވެ. ހުކުރު ދުވަހުގެ މާތްކަމާއި ބެހޭގޮތުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ. (الصَّلَوَاتُ الخَمْسُ ، وَالجُمُعَةُ إِلَى الجُمُعَةِ ، وَرَمَضَانُ إِلَى رَمَضَانَ ، مُكَفِّراتٌ مَا بَيْنَهُنَّ إِذَا اجْتُنِبَتِ الكَبَائِرُ ) رواه مسلم . މާނައީ: ފަރުޟު ފަސްނަމާދާއި، އެއް ހުކުރުން، އަނެއް ހުކުރާއި، އެއް ރަމަޟާންމަހުން، އަނެއް ރަމަޟާންމަހާއި ދެމެދުގެ ވަގުތުތަކަކީ، އެމީހަކު ބޮޑެތި ފާފަތަކުން ރައްކައުތެރިވެއްޖެނަމަ (އެއްކިބާވެގެންވާނަމަ)، އެދެމެދުގައި ކުރެވޭ ފާފަތަކުގެ ކައްފާރާއެކެވެ.

އެދުވަހާ ބެހޭގޮތުން ލޮބުވެތި ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ.
وعن أوس بن أوس : عن النبي صلى الله عليه وسلم قال : ( إِنَّ مِنْ أَفْضَلِ أَيَّامِكُمْ يَوْمَ الْجُمُعَةِ ، فِيهِ خُلِقَ آدَمُ عَلَيْهِ السَّلَام ، وَفِيهِ قُبِضَ ، وَفِيهِ النَّفْخَةُ ، وَفِيهِ الصَّعْقَةُ ، فَأَكْثِرُوا عَلَيَّ مِنْ الصَّلَاةِ فَإِنَّ صَلَاتَكُمْ مَعْرُوضَةٌ عَلَيَّ، قَالُوا : يَا رَسُولَ اللَّهِ ، وَكَيْفَ تُعْرَضُ صَلاتُنَا عَلَيْكَ وَقَدْ أَرَمْتَ -أَيْ يَقُولُونَ قَدْ بَلِيتَ- قَالَ : إِنَّ اللَّهَ عَزَّ وَجَلَّ قَدْ حَرَّمَ عَلَى الأَرْضِ أَنْ تَأْكُلَ أَجْسَادَ الأَنْبِيَاءِ عَلَيْهِمْ السَّلام ) . رواه أبو داود (1047)
މާނައީ: މާތް ﷲ ރުއްސުންލެއްވި އައުސް ބިން އައުސްގެ ފަރާތުން ރިވާވެގެންވެއެވެ. ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން އެންމެ މާތް ދުވަހަކީ ހުކުރު ދުވަހެވެ. އާދަމް ޢަލައިހިއްސަލާމް ހެއްދެވުނީ އެދުވަހުއެވެ. އެކަލޭގެފާނު އަވަހާރަވީވެސް އެދުވަހުއެވެ. ތާޅަފިލި ފުމެވޭނީވެސް އެދުވަހުއެވެ. ގިޔާމަތްވާނީވެސް އެދުވަހުގައެވެ. ފަހެ ތިޔަބައިމީހުން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރާހުށިކަމެވެ. ތިޔަބައިމީހުންގެ ޞަލަވާތް ތިމަންކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނެއެވެ. ޞަޙާބީން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. ކަލޭގެފާނު އަވަހާރަވެ ހަށިގަނޑު ފަނާވެ ދިޔުމަށްފަހުގައި އަހަރުމެންގެ ޞަލަވާތް ކަލޭގެފާނުގެ އަރިހަށް ހުށަހެޅޭނީ ކިހިނަކުންތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ނަބިއްޔުންގެ ހަށިތައް ކެއުން މާތް ﷲ ވަނީ ބިންތަކަށް ޙަރާމް ކުރައްވާފައެވެ.

ހުކުރު ދުވަހުގެ މާތް ކަމުގެ ތެރޭގައި:

އެންމެ މާތް ނަމާދު ކަމުގައިވާ ހުކުރުނަމާދު އެދުވަހުގައި ކުރެވޭކަން ހިމެނެއެވެ. سورة الجمعة 9 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިއެވެ. (يَا أَيُّهَا الَّذِينَ آمَنُوا إِذَا نُودِيَ لِلصَّلَاةِ مِن يَوْمِ الْجُمُعَةِ فَاسْعَوْا إِلَىٰ ذِكْرِ اللَّـهِ وَذَرُوا الْبَيْعَ ۚ ذَٰلِكُمْ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ)  މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ހުކުރުދުވަހު ހުކުރު ނަމާދަށް ގޮވައިލާހިނދު ފަހެ، اللَّه ހަނދުމަކުރުމަށް (އެބަހީ: خطبة އަޑުއެހުމާއި، ނަމާދަށް) ތިޔަބައިމީހުން ހިނގައިގަންނާށެވެ! އަދި ވިޔަފާރިކުރުން ހުއްޓައިލާށެވެ! ތިޔަބައިމީހުން ދަންނަކަމުގައިވާނަމަ، އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ.

ހުކުރު ވިލޭރޭ ޖަމާޢަތުގައި ކުރެވޭ ފަތިސްނަމާދަކީ ހަފްތާގެ ތެރޭގައި ކުރެވޭ އެންމެ މާތް ނަމާދެވެ. މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރު ގެ ކިބައިން ރިވާވެގެންވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާފައިއެވެ. (أفضل الصلوات عند الله صلاة الصبح يوم الجمعة في جماعة ) . رواه البيهقي في شعب الإيمان . މާނައީ: މާތް ﷲ ގެ ޙަޟްރަތުގައި އެންމެ މާތް ނަމާދަކީ ޖަމާޢަތުގައި ކުރެވޭ ހުކުރުވިލޭރޭގެ ފަތިސް ނަމާދެވެ. ހުކުރު ވިލޭރޭގެ ފަތިސްނަމާދުގައި ފުރަތަމަ ރަކްޢަތުގައި ސަޖިދަ ސޫރަތް އަދި ދެވަނަ ރަކްޢަތުގައި އިންސާނު ސޫރަތް ކިޔެވުމަކީ ސުންނަތެކެވެ. މާތް ﷲ ރުއްސުންލެއްވި އަބޫހުރައިރާ ރިވާ ކުރެއްވި ޙަދީޘެއްގައިވެއެވެ.
މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން ޢަމްރިގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (مَا مِنْ مُسْلِمٍ يَمُوتُ يَوْمَ الْجُمُعَةِ أَوْ لَيْلَةَ الْجُمُعَةِ إِلا وَقَاهُ اللَّهُ فِتْنَةَ الْقَبْرِ) މާނައީ: ހުކުރު ދުވަހު ނުވަތަ ހުކުރުވިލޭރޭ މަރުވާ މީހުން ކައްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވައެވެ.
سورة الكهف ހުކުރުދުވަހު ކިޔެވުމަކީ ވަރަށް މަތިވެރިވެގެންވާ އަޅުކަމެކެވެ. ހުކުރުދުވަހު سورة الكهف ކިޔަވާމީހާއަށް ހުރި ދަރުމަ ބަޔާންކޮށްދެއްވަމުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާކަމަށް أبو سعيد الخدري رضي الله عنه ރިވާވެގެންވެއެވެ. أبو سعيد الخدري رضي الله عنه  قال: قال رسول الله صلى الله عليه وسلم: من قرأ سورة الكهف في يوم الجمعة، أضاء له من النور ما بين الجمعتين. رواه الحاكم والبيهقي وصححه الألباني. މާނައީ: ހުކުރު ދުވަހު ކަހުފް ސޫރަތް ކިޔަވައިފި މީހާއަށް، ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެން ވެއެވެ.

ހުކުރު ނަމާދަށް ވީހާވެސް އަވަހަށް ދިޔުން މޮޅު އިތުރުވެގެންވެއެވެ. އެހެނީ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެނެ ވެއެވެ. رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘްކުރައްވާފައި ވެއެވެ. عن أبي هُرَيْرَةَ قال : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِذَا كَانَ يَوْمُ الْجُمُعَةِ كَانَ عَلَى كُلِّ بَابٍ مِنْ أَبْوَابِ الْمَسْجِدِ مَلائِكَةٌ يَكْتُبُونَ الأَوَّلَ فَالأَوَّلَ فَإِذَا جَلَسَ الإِمَامُ طَوَوْا الصُّحُفَ وَجَاءُوا يَسْتَمِعُونَ الذِّكْرَ وَمَثَلُ الْمُهَجِّرِ كَمَثَلِ الَّذِي يُهْدِي الْبَدَنَةَ ثُمَّ كَالَّذِي يُهْدِي بَقَرَةً ثُمَّ كَالَّذِي يُهْدِي الْكَبْشَ ثُمَّ كَالَّذِي يُهْدِي الدَّجَاجَةَ ثُمَّ كَالَّذِي يُهْدِي الْبَيْضَةَ ) رواه البخاري 881 މާނައީ: މާތް ނަބިއްޔާ صلى الله عليه وسلم ވަނީ ޙަދީޘްފުޅު ކުރައްވާފައިވެއެވެ! ހުކުރު ދުވަހުގައި މަލާއިކަތުން މިސްކިތުގެ ދޮރުމަތީ ތިއްބަވާނެއެވެ. އަދި ހުކުރަށް އަންނަ މީހުން އެމީހުން އަންނަ ތަރުތީބުން ލިޔުއްވަވާނެއެވެ. ހުކުރު ނަމާދަށް ފުރަތަމަ ބައިގައި ހާޒިރުވާ މީހަކީ، ﷲ ތަޢާލާއަށްޓަކައި ޖަމަލެއް ޤުރުބާން ކުރި މީހެއްފަދަ މީހެކެވެ. އަދި ދެވަނަ ބައިގައި ހާޒިރުވި މީހަކީ ﷲ ތަޢާލާއަށްޓަކައި ގެރިއެއް ޤުރުބާން ކުރި މީހެއްފަދަ މީހެކެވެ. އެއަށްފަހު އަންނަ މީހާ ﷲ ތަޢާލާއަށްޓަކައި ބަކަރިއެއް ޤުރުބާންކުރި މީހެއް ފަދައެވެ. އެއަށްފަހު އަންނަ މީހާ ﷲ ތަޢާލާއަށްޓަކައި ކުކުޅެއް ޤުރުބާންކުރި މީހެއް ފަދައެވެ. އެއަށްފަހު އަންނަ މީހާ ﷲ ތަޢާލާއަށްޓަކައި ބިހެއްގެ މިންވަރު ޞަދަޤާތްކުރި މީހެއްފަދަ އެވެ.  އެގޮތުން އިމާމު މީހާ މިންބަރަށް އެރުމުން  މަލާއިކަތްބޭކަލުންވެސް ފަތްތައް ލައްޕަވާލެއްވުމަށްފަހު ޚުޠުބާ އަޑުއެއްސެވުމަށް ތިއްބަވާނެއެވެ.

ހުކުރު ދުވަހުގެ ބައެއް ސުންނަތްތައް
                   
 
ހަވާލާދިނުން:
فضائل يوم الجمعة
فضل يوم الجمعة




No comments: