ވައްކަންކުރުން
ލިޔުނީ:
ޒީނަތު ލަބީބު.
މުދައްލަށް
ލޯބިކުރުމަކީ އިންސާނާގެ ފިޠުރަތުގައި ވާކަމެކެވެ. މުދަލަށް ކުރެވޭ ލޯތްބެއްގެ
ސަބަބުން އިންސާނާގެ ދެދުނިޔެ ބޭކާރުވެގެން ވެސް ހިނގައިދާނެއެވެ. އަދި
މުންކާރާތްތަކަށް އަރައިގަތުމުގެ މަލަމަތި ކަމުގައި ވެސް ވެދާނެއެވެ. މުދަލަކީ
އިންސާނާ ދުނިޔޭގައި އުޅުމަށް ބޭނުންވާ އެއްޗެކެވެ. އެހެންނަމަވެސް މުދާ ހޯދަންޖެހޭނީ
ޙައްޤުގޮތުގައި މަސައްކަތްކޮށްގެންނެވެ. އެހެން މީހުންގެ މުދާ ނުޙައްޤުން
ފޭރިގަތުމާއި ނަހަމަގޮތުގައި ބޭނުންކޮށްގެން ނޫނެވެ. ވައްކަންކުރުމަކީ އިސްލާމްދީނުގައި
ޙަރާމް ކަމެކެވެ. ވައްކަންކުރުމަކީ އެހެން މީހެއްގެ މުދަލެއް ރައްކާކޮށްފައި
ހުއްޓައި ސިއްރުން އަނިޔާވެރި ގޮތުގައި ނެގުމެވެ. ވައްކަންކުރާ މީހުންނަށް
ދުނިޔެމަތީގައި ދޭނެ ޢުޤޫބާތް އިސްލާމްދީނުގައި ވަނީ ކަނޑައެޅިފައެވެ. އެއީ
ވައްކަންކުރާ މީހާގެ އަތް ކެނޑުމެވެ. ވައްކަންކުރާ މީހާއަށް ޢުޤޫބާތް އޮތީ
ހަމައެކަނި ދުނިޔެމަތީގައެއް ނޫނެވެ. އާޚިރަތުގައި އޭނާގެ މައްޗަށް ވޭންދެނިވި
ޢަޛާބު ހުއްޓެވެ.
މާތްﷲ
ވަޙީކުރައްވާފައި ވެއެވެ. وَالسَّارِقُ
وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ
اللَّـهِ ۗ وَاللَّـهُ عَزِيزٌ حَكِيمٌ ﴿المائدة ٣٨﴾ މާނާއީ: ވައްކަންކުރާ
ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ
އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ
عبرة
ތެރި عقوبات އެއްގެ ގޮތުންނެވެ.
اللَّه
އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ
(މާއިދާ 38).
ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައި
ވެއެވެ. عَنْ
أَبِي هُرَيْرَةَ رضي الله عنه عَنْ النَّبيِّ صلى الله عليه وسلم قَالَ: (إِذَا
سَرَقَ السَّارِقُ فَاقْطَعُوا يَدَهُ، فَإِنْ عَادَ فَاقْطَعُوا رِجْلَهُ، فَإِنْ
عَادَ فَاقْطَعُوا يَدَهُ، فَإِنْ عَادَ فَاقْطَعُوا رِجْلَهُ) وصححه الألباني في
الإرواء (2434).
މާނައީ: އަބޫހުރައިރާ
رضي
الله عنه ގެ އަރިހުން ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅުކުރައްވާފައި
ވެއެވެ. ވައްކަންކޮށްފިނަމަ ތިޔަބައިމީހުން އޭނާގެ އަތް ކަނޑާށޭވެ! ދެން
އެއަށްފަހު ވައްކަންކޮށްފިނަމަ ތިޔަބައިމީހުން އޭނާގެ ފައި ކަނޑާށެވެ! ދެން
އެއަށްފަހު ވައްކަންކޮށްފިނަމަ ތިޔަބައިމީހުން އޭނާގެ އަތް ކަނޑާށެވެ! ދެން
އެއަށްފަހު ވައްކަންކޮށްފިނަމަ ތިޔަބައިމީހުން އޭނާގެ ފައި ކަނޑާށެވެ!
ވައްކަންކުރުމަކީ
އިސްލާމްދީނުގައި ޙަރާމްކުރައްވާފައިވާ ކަމެއްކަމަށް ޢިލްމުވެރިން
އިޖުމާޢުވެލައްވައެވެ. އަދި ހަމައެފަދައިން ވައްކަށްކުރާ މީހުންގެ އަތް ކެނޑުމާ
ބެހޭގޮތުން ވެސް ޢިލްމުވެރިން އިޖުމާޢުވެލައްވައެވެ. ޞަޙާބީންގެ ދުވަސްވަރު ވަނީ
ވައްކަންކުރި މީހުންގެ އަތް ކަނޑާފައެވެ. ﷲ ތަޢާލާ ރުއްސުންލެއްވި
އަބޫބަކުރުއްޞިއްދީޤު رضي
الله عنه އާއި ޢަލީ رضي
الله عنه އާއި ޢުމަރު رضي
الله عنه ފަދަ ޞަޙާބީން ވަނީ އެބޭކަލުންގެ ދުވަސްވަރު ވައްކަންކުރި މީހުންގެ އަތް
ކަނޑުއްވާފައެވެ.
ވައްކަން ކުރާ
މީހާގެ އަތް ކެނޑުމަކީ މީހުންގެ މުދަލުގެ ޙިމާޔަތުގައި ﷲ ތަޢާލާ ލައްވާފައިވާ
ޙިކްމަތެކެވެ. އިސްލާމީ ޝަރީޢަތް ތަންފީޛުކުރެވޭ މުޖުތަމަޢެއްގައި
ވައްކަންކުރުމާއި ނަހަމަ ގޮތުގައި ނުޙައްޤުން މީހުންގެ މުދަލަށް އަރައިގަތުމަށް
މީހުން ފަސްޖެހޭނެ އެވެ. މަސައްކަތްކޮށްގެން ދިރިއުޅުމުގެ ޟަރޫރީ ބޭނުންތައް
ފުއްދާ މީހުންގެ ނިސްބަތްދަނީ އިތުރުވަމުންނެވެ. ރެއާއި ދުވާލު މީހުންގެ ބުރަ
މަސައްކަތުން ކޮށައިމަށައި ހޯދާފައިވާ މުދަލުގެ އަގު ވަޒަންކުރެވޭނެއެވެ. މީހުންގެ
މުދަލަކީ ޙުރުމަތްތެރިކުރެވިފައިވާ އެއްޗެއްކަން އެނގޭނެއެވެ. ވައްކަންކުރާ މީހާގެ
މައްޗަށް ހައްދު ޤާއިމު ކުރެވޭނީ އޭނާގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތައް
ފުރިހަމަވާނަމައެވެ. އެ ޝަރުޠުތަކަކީ
1-
މުސްލިމެއް
ކަމުގައިވުން.
2-
މުކައްލިފެއް
ކަމުގައިވުން.
3-
އެއްވެސް
މަޖުބޫރުކަމެއްނެތި އަމިއްލަ އިޚްތިޔާރުގައި ވައްކަންކުރުން.
4-
ވައްކަންކުރި
ކަމަށް އަމިއްލައަށް އިޢްތިރާފުވުން.
5-
ދެ ހެކީންގެ
ހެކިބަހުން ސާބިތުވުން.
އިސްލާމްދީނުގައި
ހައްދެއް ކަނޑައަޅާފައިވާނަމަ އެހައްދެއް ތަންފީޛުކުރުމަކީ ޤައުމެއްގެ އެންމެ
އިސްކޮށް ހުންނަވާ މީހެއްގެ ޒިންމާއެކެވެ. ވައްކަންކުރާ މީހުންނަށް ދޭން
ކަނޑައެޅިފައިވާ ހައްދު އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގައި
ތަންފީޛުކުރެވޭނަމަ ވައްކަންކުރުން ނެތިގޮސް އަމަންއަމާންކަމުގެ ހުޅުކޮޅު
ދިއްލިގެން ދާނެއެވެ.
No comments:
Post a Comment