ތަހުނިޔާގެ މެސެޖު
ލިޔުނީ: ޒީނަތު ލަބީބު.
ކުރެއްވެވި ބުރަމަސައްކަތުގައި އެދެމެ ލެއްވުން ވިބަރަކާތް
އަދު
ކުރެއްވެވި ވަގުތު ހާހުންނޭ ގުނަން ޖެހިފައި މިވާ ދަނޑިވަޅު
އެދެމެ ކުރިއަށް ދިއުން އަދިވެސް ނެތޭ ތިޔަފަދަ މުރާލިވުމެއް
ދެކެމެ ހުވަފެންތަކެއް އަދިވެސް މަގޭ ބައްޕާގެ ޚިދުމަތުގައި
ޚިދުމަތުގެ އަގުހުރި ފޮށިތެރޭން ބާކީ ހުރީ ކޮން
ޚިދުމަތެއް
ފިރުކިފަ
ވިޔަސް ހަމަ އަތްނުލާ އަދަބީ ރޮނގެއް ހަމަ ނެތްމެއޭ
އިންދެވި އޮށާ ހެއްދެވި ގަހުން ފަރިވާމަލާ
މޭވާތަކުން
އިންތައް ފުރާލައެ ބަޅިނދުތައް ހުވަނދުން ގަތާލާ ވެދުންމަކުން
ރަން ޚިދުމަތުގެ ފަންސާސް އަހަރު ބައްދަލު ކުރާ ވަގުތޭ
މިއީ
ރަން މުތްތަކާއި ޖަވާހިރާ ނެރެލައިފި އަދަބީ ޖައްވަކަށް
ޝުކުރު ޙައްޤާއި ތަޢްރީފާ ކިހިނަކުންތޯއެ ދަންނަވަނީ
ނުކުޅެދުންތެރި ވެފައި މިވަނީ މަގޭ ގަލަމާއި ބަސް ފޮށިވެސް
އަރިހަށް ވި ލޮބުވެތި ބައްޕައަށް ދަންނަވަމެ
ތަހާނީ އަމުނަމުން
ފަރިއަށް ގެތޭހާ މާމެލިން ބަރުތީލަކޮށް ކުރަމޭ ވެދުން
ކުރަން އޮތް ވަޢުދެކޭ ހިތުގާ މިއީ ހަމަ ދަނޑިވަޅޭ
ބުނެލަން
ފުރަން ބޭނުން މަގޭ ބައްޕާ ގެހިތް އުފަލުން މި ދޭ މެސެޖުން
ކުރާނަން ހިތްވަރާ ޖޯޝާ އެކީގާ ނަން
ދިރުވުމަށްއެދި
ކުރާނަން ނަކަލު
ހިންގެވި މަގު ފުރާނަ ހަށީގަ ވާހިނދުގާ
No comments:
Post a Comment