Featured Post

Ombey

Thursday, October 4, 2018

edhurunge dhuvahakee kobaa?


އެދުރުންގެ ދުވަހަކީ ކޮބާ؟

Image result for question mark clipart 
ލިޔުނީ: ޒީނަތު ލަބީބު.

ކޮންމެ ސިކުންތަކީ ވެސް މުދައްރިސެއްގެ ސިކުންތެކެވެ. ކޮންމެ މިނިޓަކީ ވެސް މުދައްރިސެއްގެ މިނިޓެކެވެ. ކޮންމެ ގަޑިއިރަކީ ވެސް މުދައްރިސެއްގެ ގަޑިއެކެވެ. ކޮންމެ ދުވަހަކީ ވެސް މުދައްރިސެއްގެ ދުވަހެކެވެ.  މި ވަގުތުތަކުގައި މުދައްރިސެއްގެ އެހީއާ ނުލާ އުޅެވެނީ ކާކަށް ހެއްޔެވެ؟ 
ޙަޤީޤީ މުދައްރިސަކީ ކޮބައިހެއްޔެވެ؟ އެއީ ހަމަ ސްކޫލެއްގެ ފުރާޅު ދަށުގައި ކިޔަވާދެއްވާ މީހެއް ހެއްޔެވެ؟ ނޫނެކެވެ. ޙަޤީޤީ މުދައްރިސަކީ ކަމެއް އޮންނަގޮތް ބުނެދޭ މީހާއެވެ. ނުވަތަ ދަސްކޮށްދޭ މީހާއެވެ. މަންމަގެ އުނގުން ފެށިގެން ކައްވަޅަށް ދާންދެން ވެސް އިންސާނާ އުޅޭނީ އެދުރުންގެ އެހީގައެވެ. އެހެންނަމަވެސް ހިތާމައަކީ އެދުރުންނަށް ދޭ ލޯތްބާއި ޤަދަރު އެއީ އަހަރަކުން އެއްފަހަރު އަންނަ މެހުމާނެއްގެ ގޮތުގައި މިއަދުގެ ދުނިޔެ އިން ނިންމާފައިވާ ނިންމުމެވެ. 
އެދުރުންގެ މަސައްކަތަކީ ޝުކުރަކުން މެސެޖަކުން ހަދިޔާއަކުން އަގު ވަޒަން ކުރެވޭ ވަރަށްވުރެ އަގު ބޮޑު މަތީދަރަޖައެއް ލިބިފައިވާ ކަމެކެވެ. ބަވަނަވެފައިވާ ދުނިޔޭގެ އަވާގައި ނުޖެހި ތިޔައިގެ ތެރެއިން ކޮންމެ އުޚްތަކީ އަދި އަޚަކީ ވެސް ޙަޤީޤީ އެދުރެއްގެ ލިބާހުން ލިބާސްލެވިފައިވާ މީހަކަށް ވުމަށް މަސައްކަތް ކުރާށެވެ! 
ޙަޤީޤީ އެދުރަކީ، ޙަޤީޤީ މުދައްރިސަކީ ޙަޤީޤީ މުދައްރިބަކީ ޙަޤީޤީ މުފައްކިރަކީ ކައުއިތުރު ޞާޙިބާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އިސްލާމީ އުންމަތުގެ މާތް ނަބިއްޔާ އެވެ. ނަބިއްޔާ ހިންގެވި މަގުން ހިނގޭތޯ ބަލައި އެދުރެއްގެ ލިބާހުގެ ސަބަބުން ދާއިމީ ގޮވެއްޗަށް ދެވޭތޯ މަސައްކަތްކުރާށެވެ! އެދުރު މީހާއަށް ހަދިޔާ ދޭން ބޭނުންވަނީ ނަމަ، އެންމެ އަގު ބޮޑު ހަދިޔާ އިޚްތިޔާރުކުރާށެވެ! އާދެ! އެއީ އެމީހާގެ މައްޗަށް ކުރެވޭ ދުޢާ ކަމުގައި ހަދާށެވެ! 



          ފަޚުރުވެރިވާ އެދުރު ތިޔައީ ހުޅުވި ލޯ ދުނިޔެއަށް މިވަނީ    
                  ނެތޭ ލޮބުވެތިވި އެދުރެއް ދެން ދުނިޔެ އަށް ލާމަސީލުވެފައި












No comments: