Featured Post

Ombey

Saturday, May 19, 2018

Quran & Sunnathun saabithu dua


ޤުރުއާނާއި ސުންނަތުން ޘާބިތު ބައެއް ދުޢާތައް

Image result for dua

ލިޔުނީ: ޒީނަތު ލަބީބު.

" اللّهُمَّ اجْعَلْ قَبْـرِيْ رَوْضَـةٌ مِنْ رِيَاضِ الجَنَّــةِ, وَلاَ تَجْعَـلْ قَبْـرِيْ حُفْـرَةٌ مِنْ حُفَرِ النَّارِ."
ހައްދަވައި ގެންގުޅުއްވާ އިލާހު، ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއްގައި މިއަޅާގެ ޤަބުރު ލައްވާފާންދޭވެ. އަދި ނަރަކައިގެ ހޮހޮޅަތަކުގެ ތެރެއިން ހޮހޮޅައެއްގައި މިއަޅާގެ ޤަބުރު ނުލައްވާފާާނދޭވެ.

" اللّهُمَّ إِنِّيْ أَعُوْذُ بِكَ مِنْ شَرِّ ماَ عَمِلْتَ وَمِنْ شَرِّ ماَلَمْ أَعْمَلْ "
ހައްދަވައި ގެންގުޅުއްވާ އިލާހު: މިއަޅާ ކޮށްފައިވާ ނުބައިކަންތަކުންނާއި މިއަޅާ ނުކުރާ ނުބައިކަންތައްތަކުން ރައްކާތެރިކަމަށް އިނބަރަސްކަލާނގެ ޙަޟްރަތުން އެދެމެވެ.

" اَلَّلهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعُفْ عَنِّي "
މާނައީ: " ހައްދަވާ ބޮޑު ކުރެއްވި ރަސްކަލާކޮ! ހަމަކަށަވަރުން އިބައިލާހީ ޢަފޫ ކުރައްވާ އިލާހެވެ. އަދި އިބައިލާހު ޢަފޫ ކުރެއްވުމަށް ލޯބިވެވޮޑިގަންނަވަމުއެވެ. ފަހެ މިއަޅާގެ ކުށްފާފަތައް ޢަފޫ ކުރައްވާދޭނވެ!"

"  رَبَّنَا آتِنَا فِي الدُّنَيَا حَسَنَةً وَفِي الآخِرَةِ حَسَنَةً وَقِنَا عَذَابَ النَّار"
މާނައީ:"އަޅަމެންގެވެރި ރަސްކަލާކޮ! އަޅަމެންނަށް ދުނިޔޭގައި ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން ދެއްވާނދޭވެ! އަދި އަޅަމެން ނަރަކައިގެ ޢަޒާބުން ދިންނަވާދޭނވެ! "

" رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ "
 މާނައީ:" އަޅަމެންގެ ވެރި ރަސްކަލާކޮ! އަޅަމެންގެ އަމިއްލަ ނަފުސްތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ.އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފި ނަމަ،އަދި އަޅަމެންނަށް ރަޙްމަތް ނުލައްވައިފި ނަމަ، އަޅަމެން ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ."

" رَّبِّ أَعُوذُ بِكَ مِنْ هَمَزَاتِ الشَّيَاطِينِ وَأَعُوذُ بِكَ رَبِّ أَن يَحْضُرُونِ "
" މާނައީ: " އަޅުގެ ވެރިރަސްކަލާކޮ! ޝައިޠާނުންގެ ވަސްވާސްތަކުން ދުރުކުރެއްވުން އެދި، އިބަރަސްކަލާނގެ ޙަޟްރަތުން، ތިމަންއަޅާ ރައްކާތެރިކަން ލިބިގަންނަމެވެ. އަދި އަޅުގެ ވެރިރަސްކަލާކޮ! އެޝައިޠާނުން ތިމަންއަޅާގެ ގާތަށް ޙާޟިރުވެދާނެކަމަށްޓަކައި އިބަރަސްކަލާނގެ ޙަޟްރަތުން ރައްކާތެރިކަން ލިބިގަންނަމެވެ." 

" رَضِيْتُ بِاللَّهِ رَباًّ وَبِالإِسْلاَمِ دِيْناً وَبِمُحَمَّدٍ صَلَّى اللَّهُ عَلَيْهِ وَسَلَّم نَبِيّاً "
މާނަ: "ﷲ އީ ހައްދަވާ ގެންގުޅުއްވާ އިލާހު ކަމަށް މިއަޅާ ހެކި ވަމެވެ. އަދި އިސްލާމްދީނަކީ ދީން ކަމުގައި ރުހިއްޖައީމެވެ. އަދި މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އީ ﷲ ގެ ނަބިއްޔާ ކަމަށްވެސް ރުހިއްޖައީމެވެ."
" اللَّهُمَّ إِنِّي أَسْأَلُكَ عِلْمًا نَافِعًا، وَرِزْقًا طَيِّبًا، وَعَمَلًا مُتَقَبَّلًا "
ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަޅާއަށް ފައިދާހުރި ޢިލްމު ދެއްވާނދޭވެ! އަދި ހެޔޮ ރިޒްޤު ދެއްވާފާނދޭވެ! އަދި ޤަބޫލުކުރެވިގެންވާ ޢަމަލު ދެއްވާފާނދޭވެ.

" رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرً "
ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަޅާ ކުޑައިރު ބަަލައިބޮޑުކުރި ފަދައިން އެދެމީހުންނަށް (މިއަޅާގެ މައިންބަފައިންނަށް) ރަޙްމަތް ލައްވާފާނދޭވެ!
اللهّم اجْعَلْـنـِيْ فَرْدٌ مِنْ أَفْرادِ النَّاسِ الذِّى يَشْرَبُ الماءَ مِنْ حَوْضِ النَّبِيِّ صَلَى لله عَلَيْهِ وَسَلَم"
ހައްދަވާ ގެންގުޅުއްވާ އިލާހު! ނަބިއްޔާ ގެ ޙައުޟުން ޤިޔާމަތްދުވަހު ފެންބޯ މީސްތަކުންގެ ތެރެއިން މީހެއް ކަމުގައި މިއަޅާ ލައްވާނދޭވެ! 

" ياَ حَيُّ ياَ قَيُّوْمُ بِرَحْمَتِكَ أَسْتَغِيْثُ، أَصْلِحْ لِيْ شَأْنِيْ كُلَّهُ، وَلاَ تَكِلْنِيْ إِلَى نَفْسِيْ طَرْفَةَ عَيْنٍ "
މާނަ: "އޭ ދިރިދެމިވޮޑިގެންވާ އިލާހެވެ. މުޅި ކާއިނާތު ބެލެހެއްޓެވުމުގައި ގާއިމުވެ ވޮޑިގެންވާ އިލާހު! ހަމައެކަނި އިބަ ﷲ ގެ ރަޙްމަތުގެ ޛާރީޢާއިން މިއަޅާ އެހީތެރިކަމަށް އެދެމެވެ. މިއަޅާގެ ހުރިހާ ކަމެއް މިއަޅާ އަށް އިޞްލާޙް ކޮށް ދެއްވާފާނދޭވެ. އަދި އެސްފިޔަ އެއް ޖަހައިލާ ހިނދުކޮޅަކަށްވެސް މިއަޅާއާ މިއަޅާގެ ނަފުސް ޙަވާލު ނުކުރައްވާނދޭވެ!"

" رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ. "
އަޅަމެންގެ ވެރިރަސްކަލާންގެވެ. حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ.

" رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِين. "
ތިމަންއަޅާގެ ވެރިރަސްކަލާންގެވެ. އިބަރަސްކަލާންގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާންގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ. އަދި އިބަރަސްކަލާންގެ رحمة ފުޅުން، އިބަރަސްކަލާނގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ.

"اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ، وَالْكَسَلِ، وَالْجُبْنِ، وَالْهَرَمِ، والْبُخْلِ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ"
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުކުޅެދުންތެރިކަމާއި ކަންނެތްކަމުން އަދި ފިނޑިކަމުންނާއި މުސްކުޅިކަމުންނާއި ބަޚީލުކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ اللهގެ حضرةން ދަންނަވަމެވެ. އަދި ކަށްވަޅުގެ ޢަޒާބުންނާއި ދިރިހުރުމާއި މަރުވުމުގެ ފިތުނައިން ރައްކާތެރިކޮށްދެއްވުމަށް އެދި  ދަންނަވަމެވެ.

 اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ عِلْمٍ لا يَنْفَعُ وَمِنْ قَلْبٍ لا يَخْشَعُ وَمِنْ نَفْسٍ لا تَشْبَعُ وَمِنْ دَعْوَةٍ لا يُسْتَجَابُ لَهَا
"އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ފައިދާ ނުކުރަނިވި ޢިލްމަކުންނާއި، (އިބަﷲއަށް) ބިރުވެތިނުވާ ހިތަކުންނާއި، ނުފުރޭ ހިތަކުންނާއި، އިޖާބަނުކުރެވޭ ދުޢާއަކުން ރައްކާތެރި ކޮށްދެއްވުން އެދި މިއަޅާ އިބަﷲގެ ޙަޟްރަތުން ރައްކާތެރިކަމަށް އެދެމެވެ!"

" اللَّهُمَّ اغْفِرْ لِي، وَارْحَمْنِي، وَاهْدِنِي، وَعَافِنِي، وَارْزُقْنِي "
"އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ރަޙްމަތް ލައްވާފާނދޭވެ! މިއަޅާއަށް ތެދުމަގު ދައްކަވާނދޭވެ! އަދި މިއަޅާއަށް ދުޅަހެޔޮކަން ދެއްވާނދޭވެ! އަދި މިއަޅާއަށް ރިޒްޤު ތަނަވަސް ކޮށްދެއްވާނދޭވެ!"

"رَبَّنَا تَقَبَّلْ مِنَّا إِنَّكَ أَنتَ السَّمِيعُ الْعَلِيمُ "
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) قبول ކުރައްވާފާނދޭވެ! ހަމަކަށަވަރުން، އިބަﷲއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއެވެ.

 " رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ "
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفسތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަﷲ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.


اللَّهُم يافَاطِرَ السَّمَوَاتِ وَالْأَرْضِ أَنْتَ وَلِيِّي فِي الدُّنْيَا وَالْآخِرَةِ تَوَفَّنِي مُسْلِمًا وَأَلْحِقْنِي بِالصَّالِحِينَ
އަޅަމެން ހައްދަވާ ބޮޑުކުރެއްވި އުޑުތަކާއި، ބިން ހެއްދެވި ރަސްކަލާކޮ! ދުނިޔެއާއި، آخرة ގައި މިއަޅާގެ އެހީތެރިއަކީ، އިބަﷲއެވެ! مسلم އެއްގެ ގޮތުގައި މިއަޅާ މަރުގަންނަވާނދޭވެ! އަދި صالح ންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!


رَبِّ اجْعَلْنِي مُقِيمَ الصَّلاَةِ وَمِن ذُرِّيَّتِي رَبَّنَا وَتَقَبَّلْ دُعَاءِ
ތިމަންއަޅާގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ!


رَبَّنَا اغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِينَ يَوْمَ يَقُومُ الْحِسَابُ
އަޅަމެންގެ ވެރިރަސްކަލާކޮ!  حساب قائم ވާ ދުވަހު، އަޅާއަށާއި، އަޅުގެ މައިންބަފައިންނަށާއި، مؤمن ތަކުންނަށް ފާފަފުއްސަވާނދޭވެ!


رَبَّنَا أَتْمِمْ لَنَا نُورَنَا وَاغْفِرْ لَنَا إِنَّكَ عَلَى كُلِّ شَيْءٍ قَدِيرٌ
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ نور ( އެބަހި ސުވަރުގެއަށް ދިއުމުގެ މަގު) އަޅަމެންނަށް ފުރިހަމަކޮށްދެއްވާނދޭވެ! އަދި އަޅަމެންނަށް ފާފަފުއްސަވާނދޭވެ! ހަމަކަށަވަރުން، އިބަﷲ އީ، ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާންގެއެވެ.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ شَرِّ مَا عَمِلْتُ، وَمِنْ شَرِّ مَا لَمْ أَعْمَلْ
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާ ކުރި ނުބައި ޢަމަލުތަކުންނާއި އަދި ނުކުރާ އެންމެހާ ނުބައި ޢަމަލުތަކުން ރައްކާތެރިކަން ދެއްވުންއެދި އިބަ اللهގެ  حضرةން ރައްކާތެރިކަމަށް އެދެމެވެ!

اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާއަށް ދެއްވާފައިވާ ނިޢުމަތްތައް ފިލާ ދިއުމުންނާއ،ި އަދި އިބަ اللهގެ ދެއްވި ފުރިހަމަ ސިއްޙަތާއި ޢާފިޔަތު ބަދަލުވެގެން ދިއުމުންނާއި، އަދި ކުއްލިއަކަށް ދިމާވެދާނެ މުޞީބާތްތަކުންނާއި، އިބަ اللهގެ ކޯފާއިން ރައްކާތެރިކަން މިއަޅާ އެދެމެވެ!

اللَّهُمَّ إِنِّي أَسْأَلُكَ الْهُدَى، وَالتُّقَى، وَالْعَفَافَ، وَالْغِنَى
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ހިދާޔަތައި  ތަޤްވާވެރިކަން (الله އަށް ބިރުވެތިވުން)، އަދި ޢިއްފަތްތެރިކަމާއި (އެބަހީ: އެންމެހާ ނުބައިކަމަކުން ރައްކާތެރިކަމާއި) ފުދުންތެރިކަން ދެއްވުންއެދި ﷲ ގެ حضرةން މިއަޅާ އެދެމެވެ!


اللهمَّ إنِّي أعُوذُ بِكَ مِنْ جَهْدِ الْبَلَاءِ، وَدَرَكِ الشَّقَاءِ، وَسُوءِ الْقَضَاءِ، وَشَمَاتَةِ الْأَعْدَاءِ
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! މުޞީބާތުގެ ގަދަފަދަ ކަމުންނާއި އަބާއްޖަވެރިކަމުންނާއި، އަދި ނިޔާގެ (އެބަހީ: ޤަޟާ ޤަދަރުގެ) ނުބައިކަމުން، އަދި ހަނގުރާމާގައި ޢަދުއްވުންނާ ކުރިމަތިލާ ހިނދު ލިބުނު ދެރައާމެދު ޢަދުއްވުން އުފާކުރުމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ اللهގެ حضرةން މިއަޅާ އެދެމެވެ!

رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ
މިއަޅާއާއި، މިއަޅާގެ މައިންބަފައިންނާއި، إيمان ވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް ފާފަފުއްސަވާނދޭވެ.

اللَّهُمَّ إِنِّي أَعُوذُ بِكَ مِنَ الْعَجْزِ، وَالْكَسَلِ، وَالْجُبْنِ، وَالْهَرَمِ، والْبُخْلِ، وَأَعُوذُ بِكَ مِنْ عَذَابِ الْقَبْرِ، وَمِنْ فِتْنَةِ الْمَحْيَا وَالْمَمَاتِ
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! ނުކުޅެދުންތެރިކަމާއި ކަންނެތްކަމުން އަދި ފިނޑިކަމުންނާއި މުސްކުޅިކަމުންނާއި ބަޚީލުކަމުން ރައްކާތެރިކޮށްދެއްވުމަށް އެދި އިބަ اللهގެ حضرةން މިއަޅާ އެދެމެވެ! އަދި ކައްވަޅުގެ ޢަޒާބުންނާއި ދިރިހުރުމާއި މަރުވުމުގެ ފިތުނައިން 
ރައްކާތެރިކޮށްދެއްވުމަށް އެދި  މިއަޅާ އެދެމެވެ!



اللَّهُمَ حَبَّبْ إِلَيْنَا الْإِيمَانَ وَزَيِّنْهُ فِي قُلُوبِنَا، وَكَرِّهْ إِلَيْنَا الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ، وَاجْعَلْنَا مِنَ الرَّاشِدِينَ
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަަޅަމެން إيمان ކަމަށް ލޯބިޖައްސަވައި، އަދި ހިތްތަކުގައި އެ إيمان ކަން ޒީނަތްތެރި ކުރައްވާނދޭވެ! އަދި كافر ކަމާއި، فاسق ކަމާއި، އުރެދުން އަަޅަމެންނަށް  ނުރުހުންތެރި ކުރައްވާނދޭވެ! އަދި ތެދުމަގު ލިބިގެންވާ މީހުންގެ ތެރެއިން އަޅަމެން ލައްވަވާނދޭވެ!

" اللَّهُمَّ إِنِّي أَعُوذُ بِكَ مِنْ زَوَالِ نِعْمَتِكَ، وَتَحَوُّلِ عَافِيَتِكَ، وَفُجَاءَةِ نِقْمَتِكَ، وَجَمِيعِ سَخَطِكَ "
އަޅަމެން ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަ اللهގެ ނިޢުމަތްތައް ފިލާ ދިއުމުންނާއި  އިބަ اللهގެ ހިދާޔަތް ބަދަލުވުމުންނާއި އިބަ اللهގެ ކޯފާ ކުއްލިއަކަށް އައުމުންނާއި އަދި އިބަ اللهގެ އެންމެހާ ނުރުއްސެވުމަކުން ރައްކާތެރިިކަން ދެއްވުންއެދި އިބަ اللهގެ حضرةން ދަންނަވަމެވެ.

މިދުޢާތައް ލިޔުމަށް އަސްލަކަށް ބަލާފައިވަނީ ކީރިތި ޤުރުއާނުގެ ދިވެހި ތަރުޖަމާ އާއި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒުން 2000 ވަނަ އަހަރު ނެރެފައިވާ ޤުރުއާނާއި ސުންނަތުން ޘާބިތު ދުޢާ މިފޮތެވެ.



No comments: