Featured Post

Ombey

Friday, May 18, 2018

dhariyaku dhevvun edhi kurun rangalgu dua


ދަރިއަކު ދެއްވުން އެދި ކުރުން ރަނގަޅު ދުޢާ

Image result for ‫نطفة‬‎
ލިޔުނީ: ޒީނަތު ލަބީބު.

މާތް ﷲ ރުއްސެވުންލެއްވި ޒަކަރިއްޔާ ޢަލައިހިއް ސަލާމްގެ ދުޢާ މިއީ މިކަމަށް އެންމެ އެކަށީގެންވާ އެއްދުޢާއެވެ. ކީރިތި ޤުރުއާނުގެ سورة الأنبياء 89 ވަނަ އާޔަތުގައި ޒަކަރިއްޔާގެފާނު ވިދާޅުވިކަމަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. رَبِّ لَا تَذَرْنِي فَرْدًا وَأَنتَ خَيْرُ الْوَارِثِينَ ﴿الأنبياء٨٩﴾ މާނައީ: އަޅުގެ ވެރިރަސްކަލާކޯއެވެ! މި އަޅާޔަކީ (ދަރިޔަކުނެތް) އެކަނިވެރި މީހެއްކަމުގައި ނުލައްވާނދޭވެ! އަދި އިބަރަސްކަލާނގެއީ، ދިރިދެމިވޮޑިގެންވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. 
މީގެ އިތުރުން ކީރިތި ޤުރުއާނުގެ سورة آل عمران 38  ވަނަ އާޔަތުގައި ޒަކަރިއްޔާގެފާނު ވިދާޅުވިކަމަށް މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.   رَبِّ هَبْ لِي مِن لَّدُنكَ ذُرِّيَّةً طَيِّبَةً ۖ إِنَّكَ سَمِيعُ الدُّعَاءِ ﴿آل عمران ٣٨﴾ އަޅުގެ ވެރިރަސްކަލާކޯއެވެ! އިބަރަސްކަލާނގެ حضرة ން، ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅެއް މިއަޅާއަށް ދެއްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ގިނަގިނައިން دعاء އައްސަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
މިލިޔުން ލިޔުމަށް އަޞްލަކަށް ބެލީ ޤުރުއާން ދިވެހި ތަރުޖަމާއެވެ.


No comments: