ކުލާހުގައި ޙަޤީޤަތުގައި ދަރިވަރުންގެ
ފެންވަރު ވަޒަންކުރުން (އޮތެންޓިކް އެސެސްމެންޓް) ގެންދާނެގޮތް
ދިރާސާތަކުން ދައްކާގޮތުގައި ކުލާހުގައި ގެންދެވޭ
އެސެސްމެންޓް އޮތެންޓިކްކޮށް ނެގޭނަމަ ކުދިންގެ ޙަޤީޤީ ފެންވަރު އެނގިގެންދާނެއެވެ.
އުނގަންނައިދިނުމުގެ ރޮނގުން ތަޖުރިބާތައް ލިބިފައިވާ މީހުން ވެސް މިކަމަށް
އެއްބަސްވެ އެވެ. މިގޮތަށް އެސެސްކުރެވިއްޖެނަމަ ލިބޭ ނަތީޖާގެ ޞައްޙަކަން
(ވެލިޑިޓީ) ކަށަވަރުކުރެ އެވެ. އޮތެންޓިކްގެ މާނައަކީ ޙަޤީޤީ ދުނިޔެއާ
ގުޅުވާލުމެވެ. (ޑރ. ގްރޭންޓް ވިގިންސް. 1989) އޮތެންޓިކް އެސެސްމެންޓަކީ ދުރާލާ
އެނގިގެން ނެގޭ ޓެސްޓެކެވެ. އެއީ ޙާލަތާއި ގުޅޭ ހުނަރުތައް ޓެސްޓު ކުރެވޭތީއެވެ.
އެސެސްކުރެވެނީ ޙަޤީޤަތުގަިވެސް އޮތެންޓިކްކޮށްނަމަ އެސެސްކުރުމުގެ ކުރިން އެ
އައުޓްކަމާއި ގުޅޭ ހުނަރުތައް ހުންނާނީ ފަރިތަކުރެވިފައެވެ. (ވިގިންސް. 1998)
އޮތެންޓިކް އެސެސްމެންޓަކީ ޙަރަކާތްތައް ވީހާވެސް ބޮޑަށް ދުނިޔޭގައި
ކަންކުރަންޖެހޭ ގޮތާއި އެއްގޮތަށް ކުރެވޭ އެސެސްމެންޓްތަކެކެވެ.
ޓެސްޓަކީ ހަމައެކަނި ކަރުދާހުގައި ލިޔާ ލިޔުމަކަށް ވުރެ
ބޮޑަށް ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގައި އުނގެނޭ އެއްޗަކާއި ގުޅިގެން
އުނގެނުމުގެ މައިދާނުގައި ހަރަކާތްތެރިވާގޮތް ބަލައި ދިރިއުޅުމުގައި އޭގެ
ބޭނުންކުރާ ގޮތްތައް ބަލައި ދަރިވަރުންގެ ކިބައިގައި ހުރި އުކުޅުތައް ދަނެގަތުން
ކަމަށް ޓީޗަރުން ވެސް ގަބޫލުކުރަންޖެހެއެވެ. (ވިގިންސް. 1989) ހަމައެކަނި
ދެލިގަނޑު ދަސްކޮށްގެން އައިސް ދެވޭ ޕޭޕަރަކަށް ދޭ ޖަވާބަކުން ދަރިވަރުންގެ
ފެންވަރު ވަޒަން ނުކުރެވޭނެއެވެ. އުނގަންނައި ދިނުމުގައި ނަގާ އައުޓްކަމަކާއި ގުޅޭ
މާހައުލެއް ގާއިމުކޮށް އެކަމާއި ގުޅޭ ފަންނީ މީހުންގެ ތަޖުރިބާތައް ބަލައި
ހޯދައިގެން މެނުވީ ޙަޤީޤީ ޢިލްމެއް ޙާޞިލެއް ނުވާނެއެވެ. (ވިގިންސް. 1998)
18 ވަނަ ޤަރުނުން ފެށިގެން އުނގަންނައިދިނުމުގެ
މާހިރުންނާއި ދިރާސާވެރިންނާއި ތިއަރީތަކުގެ މާހިރުން ގަބޫލުުރާގޮތުގައި
އޮތެންޓިކް ކޮށް ކުރެވޭ އެސެސްމެންޓުގެ ފައިދާ ޢާއްމުކޮށް ނަގާ ޓެސްޓުތަކަށް ވުރެ
ފައިދާ ބޮޑެވެ. އުނގަންނައިދނުމުގައި އަޅުގަނޑުމެންގެ ކުލާސްތަކުގައި އޮތެންޓިކް އެސެސްމެންޓް ގެންގުޅެންޖެހެއެވެ.
(ނިއުމެން، ބްރޭންޓް & ވިގިންސް. 1998) ޢިލްމާއި ޙިލްމަކީ އުނގަންނައިދިނުމުގެ
މައިގަނޑު ދެ އަސާސެވެ. ޢިލްމެއް ލިބިފައި ޙިލްމެއް ނުވާނަމަ އެލިބުނު ޢިލްމަކުން
ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެއެވެ. ދަރިވަރުންނަށް އުނގަންނައިދިނުމުގެ
ބޭނުމަކީ އެ ދަރިވަރުން ޙަޔާތަށް ތައްޔާރު ކުރުވުމެވެ. ދަރިވަރުން އެކުދިންގެ
ޙަޔާތަށް ތައްޔާރުކުރަން މުދައްރިސުންނާއި ކަމާއި ބެހޭ ފަރާތްތަކުން
ބޭނުންކަމުގައި ވަނީނަމަ އޮތެންޓިކްކޮށް އެކުދިންގެ ޢިލްމާއި ހުނަރު އެސެސްކުރެވި
ދޭންޖެހޭ ފީޑްބެކް ދޭންޖެހޭކަމަށް ވިގިންސް ހާމަކުރައްވައެވެ.
މަތީގައިވާ ޑައިގްރަމުން ދައްކާގޮތަށް ދަރިވަރުންގެ
ޢިލްމާއި އެއްވަރަށް އެކުދިންގެ ހުނަރު ތަރައްޤީ ނުކުރެވެންޏާ އެކުދިން އުނގެނޭ
އެއްޗެއްގެ ބޭނުން އެކުދިންގެ ޙަޔާތުގައި އެންމެ ރަނގަޅުގޮތުގައި ހިފާކަށް
ނޭނގޭނެއެވެ. އެހެންކަމުން އުނގަންނައިދިނުމުގައި ޢިލްމާއި އެއްވަރަށް ހުނަރަށް
އިސްކަމެއްދީގެން ގެންދެވޭނީ އޮތެންޓިކް އެސެސްމެންޓްތައް ކުލާހުގައި
ބޭނުންކުރެވިގެންނެވެ. (ވިގިންސް. 1998)
ޢާއްމުކޮށް ނެގޭ ޓެސްޓުތަކުގައި ހަމައެކަނި ދަރިވަރުން އުނގެނިފައިވާ
މަޢުލޫމާތު އަލުން އިޔާދަކުރަނީ އެވެ. އެހެންނަމަވެސް އޮތެންޓިކް ކޮށް ކުރެވޭ
އެސެސްމެންޓުތަކުގައި ދަރިވަރުންގެ އުފެއްދުންތެރި ހުނަރު (ޕްރޮސެސް ސްކިލްސް) ހަރުދަނާވެ
އާލާވެ އުނގެނުމުގެ ތެރެއިން އެލިބުނު މަޢްލޫމާތު ބޭނުންކުރަން ވެސް
ދަސްވެގެންދެއެވެ. (މިއުލަރ 2005)
ރިފަރެންސް
އަބްޑާއޯ، ޑީ. (2015، ޖުލައި 18). ގޫގުލް . ރީރިވިއުޑް ފްރޮމް އަބްޑާއޯ:
ބްރޫސް ބީ. ފްރޭ، ވިކީ އެލް. ސްމިތް އެންޑް ޖަސްޓިން ޕީ. އެލެން. (2012). ޑިފައިނިންގ
އޮތެންޓިކް ކްލާސް ރޫމް އެސެސްމެންޓް. ޕްރެްކްޓިކަލް އެސެސްމެންޓް، ރިޗާރޗް
އެންޑް އިވެލުއޭޝަން، 18.
No comments:
Post a Comment