Featured Post

Ombey

Thursday, December 13, 2018

Rasoolﷲ salaﷲ a'lahi wasalalam ge nasabufulhu



ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅު

Image result for ‫نسب الرسول صلى الله عليه وسلم كاملا‬‎

ލިޔުނީ: ޒީނަތު ލަބީބު.

قال الإمام البخاري رحمه الله: (هو أبو القاسم، محمد بن عبد الله ، بن عبد المطلب، بن هاشم ، بن عبد مناف بن قصي، بن كلاب، بن مُرة، بن كعب، بن لؤي، بن غالب، بن فهر، بن مالك بن النضر، بن كنانة، بن خزيمة، بن مدركة بن إلياس، بن مضر، بن نزار، بن معد، بن عدنان)
އެކަލޭގެފާނަކީ ޢަދްނާނުގެ ދަރިކަލުން މަޢުދްގެ ދަރިކަލުން ނިޒާރުގެ ދަރިކަލުން މުޟަރުގެ ދަރިކަލުން އިލްޔާސްގެ ދަރިކަލުން މުދްރިކާގެ ދަރިކަލުން ޚުޒައިމާގެ ދަރިކަލުން ކިނާނާގެ ދަރިކަލުން ނަޟްރުގެ ދަރިކަލުން މާލިކުގެ ދަރިކަލުން ފިހުރުގެ ދަރިކަލުން ޣާލިބުގެ ދަރިކަލުން ލުއައްޔުގެ ދަރިކަލުން ކަޢުބުގެ ދަރިކަލުން މުއްރާގެ ދަރިކަލުން ކިލާބުގެ ދަރިކަލުން ޤުޞައްޔުގެ ދަރިކަލުން ޢަބްދުމަނާފުގެ ދަރިކަލުން ހާޝިމްގެ ދަރިކަލުން ޢަބްދުލްމުއްޠަލިބުގެ ދަރިކަލުން ޢަބްދުﷲގެ ދަރިކަލުން މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމައެވެ.

މިއީ ޞަޙީޙުލް ބުޚާރީގައި އެކަލޭގެފާނުގެ ނަސަބުފުޅު ޒިކުރު ކުރެވިފައިވާ މިންވަރެވެ. އަދި މިއީ ޢިލްމުވެރިން ޢިޖުމާޢުވެފައިވާ މިންވަރުވެސްމެއެވެ. ނަމަވެސް ޢަދުނާނަށް ފަހުގައި އާދަމް ޢަލައިހިއްސަލާމާ ހަމައަކަށް އެކަލޭގެފާނުގެ ނަޞަބުފުޅު ޞައްޙަ މަގަކުން ޘާބިތުވެގެން އައިސްފައެއް ނުވެއެވެ. ނަމަވެސް ޢަދުނާނަކީ، ﷲ ގެ ނަބިއްޔާ އިސްމާޢީލް ބިން އިބްރާހީމް ޢަލައިހިމައްސަލާމްގެ ނަސްލުގެ ބޭފުޅެއްކަމާއިމެދު ޚިލާފެއްނެތެވެ. އެކަލޭގެފާނުގެ މަންމާފުޅަކީ ބަނޫ ޒަހްރާގެ ބޭކަނބަލެކެވެ. އެކަލޭގެފާނުގެ ނަސަބުފުޅު މަންމާފުޅުގެ ނަސަބުފުޅާއި ބައްދަލުވަނީ ކިލާބް ބިން މުއްރާ އާއި ހަމައިންނެވެ.

ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ނަސަބުފުޅާ އެކަލޭގެފާނުގެ މަންމާފުޅުގެ ނަސަބުފުޅު ގުޅެނީ ކިލާބު ބިން މުއްރާ އާއި ހަމައިންނެވެ.

ތަޢާލާ އެކަލޭގެފާނު ލައްވަވާފައިވަނީ އިންސާނުންގެ ތެރެއިން އެންމެ ޠާހިރު، އެންމެ މަތިވެރި ނަސަބުން އަދި އެންމެ ޝަރަފުވެރި ޤަބީލާއިން ވަޑައިގެންނެވި ބޭކަލެއްކަމުގައެވެ. އިމާމް މުސްލިމް އެކަލޭގެފާނުގެ ޞަޙީޙުގައި ރިވާކުރައްވަވާފައިވާ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. إِنَّ اللهَ اصْطَفَى كِنَانَةَ مِنْ وَلَدِ إِسْمَاعِيْلَ وَاصْطَفَى قُرَيْشًا مِنْ كِنَانَةَ وَ اصْطَفَى مِنْ قُرَيْشٍ بَنِيْ هَاشِمَ وَ اصْطَفَانِيْ مِنْ بَنِيْ هَاشِمَ. ”ﷲ ތަޢާލާ އިސްމާޢީލް ޢަލައިހިއްސަލާމްގެ ދަރިފަސްކޮޅުން ކިނާނާ އިޚްތިޔާރުކުރައްވަވައި މާތްކުރެއްވެވިއެވެ. އަދި ކިނާނާގެ ދަރިފަސްކޮޅުން ޤުރައިޝުން އިޚްތިޔާރުކުރައްވަވައި މާތްކުރެއްވެވިއެވެ. އަދި ޤުރައިޝުންގެ ތެރެއިން ހާޝިމްވަންހަ މާތްކުރެއްވެވިއެވެ. އަދި ހާޝިމްވަންހައިން ތިމަންކަލޭގެފާނު އިޚްތިޔާރު ކުރައްވަވައި މާތް ކުރެއްވެވިއެވެ."

މަޞްދަރު:


No comments: