Featured Post

Ombey

Tuesday, May 22, 2018

faathih'aa soorathuge maaikan

ފާތިޙާ ސޫރަތުގެ މާތްކަން
                                                                 
Image result for ‫ފާތިޙާ ސޫރަތް‬‎

ލިޔުނީ: ޒީނަތު ލަބީބު.

ހަމަކަށަވަރުން ވެސް ސޫރަތުލް ފާތިޙާ އަކީ ނަމާދުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އެސޫރަތާ ނުލާ ނަމާދު ޞައްޙައެއް ނުވާނެއެވެ. عَنْ عُبَادَةَ بْنِ الصَّامِتِ رضي الله عنه ކިބައިން ރިވާވެގެން ވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. عَنْ عُبَادَةَ بْنِ الصَّامِتِ رضي الله عنه أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ : (لَا صَلَاةَ لِمَنْ لَمْ يَقْرَأْ بِفَاتِحَةِ الْكِتَابِ). ސޫރަތުލް ފާތިޙާ ނުކުޔަވާ މީހަކަށް ނަމާދެއް ނުވެއެވެ. ނަމާދުގައި ފާތިޙާ ސޫރަތް ކިޔެވުމަކީ ވާޖިބެއްކަމަށް ޖުމްހޫރު ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ. ކީރިތި ޤުރުއާނުގައިވާ އެންމެ މާތް މަތިވެރި ސޫރަތަކީ ފާތިޙާ ސޫރަތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ޙަދީޘްފުޅެއްގެ މާނައިގައި ވެއެވެ. ފާތިޙާ ސޫރަތްފަދަ ސޫރަތެއް ތައުރާތުގައްޔާއި އިންޖީލުގައްޔާއި ޒަބޫރުގައްޔާއި ފުރުޤާނު (އެބަހީ: ޤުރުއާން) ގައިވެސް ނުވެއެވެ.
فالحديث الذي تشير إليه في سؤالك رواه مسلم في صحيحه عن ابن عباس ـ رضي الله عنهما ـ قال: بينما جبريل قاعد عند النبي صلى الله عليه وسلم سمع نقيضا من فوقه فرفع رأسه فقال: هذا باب من السماء فتح اليوم لم يفتح قط إلا اليوم فنزل منه ملك، فقال هذا ملك نزل إلى الأرض لم ينزل قط إلا اليوم فسلم وقال: أبشر بنورين أوتيتهما لم يؤتهما نبي قبلك: فاتحة الكتاب وخواتيم سورة البقرة ـ لن تقرأ بحرف منهما إلا أعطيته. މާނައީ: ޢަބްދުالله ބިން ޢައްބާސް ރަޟިޔަﷲ ޢަންހުމާ ގެ އަރިހުން ރިވާވެގެން ވެއެވެ. "ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަރިހުގައި ޖިބްރީލު ޢަލައިހިއް ސަލާމް އިށީނދެވަޑައިގެން އިންނަވަނިކޮށް މަތިން އަޑެއް އިވިވަޑައިގެންނެވިނެވެ. އެހިނދު ޖިބްރީލުގެފާނު އިސްތަށިފުޅު އުފުއްލަވައި ބައްލަވާލެއްވިއެވެ. ފަހެ ވިދާޅުވިއެވެ. މިއީ މިއަދު އުޑުން ހުޅުވުނު ދޮރެކެވެ. މިއަދުމެނުވީ މީގެކުރިން ދުވަހަކުވެސް މިދޮރު ހުޅުވިފައި ނުވެއެވެ. ދެންފަހެ އެދޮރުން މަލާއިކަތަކު ފައިބައިވަޑައިގެންފިއެވެ. ޖިބްރީލުގެފާނު ވިދާޅުވިއެވެ. މިއީ ބިމަށް ފައިބައިވަޑައިގަތް މަލާއިކަތެކެވެ. މިއަދުމެނުވީ މީގެކުރިން ދުވަހަކުވެސް އެބޭކަލަކު ބިމަށް ފައިބައިވަޑައިގެންފައެއް ނުވެއެވެ. ފަހެ އެމަލާއިކަތާ ސަލާމް ވިދާޅުވިއެވެ. އަދި ރަސޫލުالله ޞައްލަﷲ ޢަލައިހި ވަސަލަމަ އަށް ދެންނެވިއެވެ. ކަލޭގެފާނަށް ދެއްވިފައިވާ ދެނޫރެއްގެ ވާހަކައިން ކަލޭގެފާނަށް އުފާވެރިކަމުގެ ޚަބަރު ތިމަންކަލޭގެފާނު ދެއްވަމެވެ. ކަލޭގެފާނުގެ ކުރިން، އެއްވެސް ނަބީބޭކަލަކަށް އެ ދެނޫރު ދެއްވިގެން ނުވެއެވެ. އެއީ ފާތިޙާ ސޫރަތެވެ. އަދި ބަޤަރާ ސޫރަތުގެ ނިމޭ އާޔަތްތަކެވެ. ކަލޭގެފާނަށް އެ އާޔަތްތަކުގައި ބަޔާންކުރެވިފައިވާ ކަންތައްތައް ނުދެއްވޭ ގޮތަކަށް އެދެތަނުން އާޔަތެއް ކަލޭގެފާނު ކިޔަވާ ވިދާޅުނުވެތެވެ.
عن أبي هريرة رضي الله عنه قال : سمعت رسول الله - صلى الله عليه وسلم - يقول : قال الله تعالى : ( قسمت الصلاة بيني وبين عبدي نصفين ولعبدي ما سأل ، فإذا قال العبد : الحمد لله رب العالمين ، قال الله تعالى : حمدني عبدي ، وإذا قال : الرحمن الرحيم ، قال الله تعالى : أثنى علي عبدي ، وإذا قال : مالك يوم الدين ، قال : مجدني عبدي ، وقال مرة : فوض إلي عبدي ، فإذا قال : إياك نعبد وإياك نستعين ، قال : هذا بيني وبين عبدي ولعبدي ما سأل ، فإذا قال : اهدنا الصراط المستقيم ، صراط الذين أنعمت عليهم ، غير المغضوب عليهم ولا الضالين ، قال : هذا لعبدي ولعبدي ما سأل ) وفي رواية : ( قسمت الصلاة بيني وبين عبدي نصفين ، فنصفها لي ونصفها لعبدي ) رواه مسلم وأصحاب السنن الأربعة . މާނައީ: އަބޫ ހުރައިރާ ރަޞިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުالله  ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެއްސެވީމެވެ. މާތް الله ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރެއްވިއެވެ. ތިމަންالله އާއި ތިމަންاللهގެ އަޅާއާ ދެމެދު، ނަމާދުގައި ކިޔަވާ ކިޔެވުން ބެއްސެވީމެވެ. ތިމަންاللهގެ އަޅާއަށް އޭނާ އެދުނު އެދުމެއް ވެއެވެ. އަދި އެހެން ރިވާޔަތެއްގައި ވެއެވެ. 'ފަހެ ދެބައިކުޅަ އެއްބައި ތިމަން الله އަށެވެ. އަދި ދެބައިކުޅަ އެއްބައި ތިމަން اللهގެ އަޅާ އަށެވެ.
اللهގެ އަޅާ الْحَمْدُ لِلَّـهِ رَبِّ الْعَالَمِينَ. ކިޔާހިނދު الله ތަޢާލާ ވަޙީ ކުރައްވައެވެ. ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޙަމްދު ދަންނަވައިފިއެވެ.
އަދި އެއަޅާ الرَّحْمَـٰنِ الرَّحِيمِ.  ކިޔާ ހިނދު الله ތަޢާލާ ވަޙީ ކުރައްވައެވެ. ތިމަން އިލާހުގެ އަޅާ ތިމަން އިލާހަށް ޘަނާ ދަންނަވައިފިއެވެ.
ފަހެ مَالِكِ يَوْمِ الدِّينِ . ކިޔާހިނދު الله ތަޢާލާ ވަޙީ ކުރައްވައެވެ.  ތިމަން އިލާހުގެ އަޅާ ތިމަން އިލާހު މަތިވެރިކޮށްފިއެވެ.
އަދި إِيَّاكَ نَعْبُدُ وَإِيَّاكَ نَسْتَعِينُ . ކިޔާހިނދު ވަޙީ ކުރައްވައެވެ. މިއީ ތިމަން އިލާހާއި ތިމަން އިލާހުގެ އަޅާއާ ދެމެދުވާ ކަމެކެވެ. އަދި ތިމަން އިލާހުގެ އަޅާއަށް އޭނާ އެދުނު އެދުންވެއެވެ.
ދެންފަހެ އެއަޅާ اهْدِنَا الصِّرَاطَ الْمُسْتَقِيمَ. صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ . ކިޔާހިނދު الله ތަޢާލާ ވަޙީ ކުރައްވައެވެ. މިއީ ތިމަން އިލާހުގެ އަޅާ އަށެވެ. ތިމަން އިލާހުގެ އަޅާއަށް އޭނާ އެދުނު އެދުން ވެއެވެ.  
މިއީ ފާތިޙާ ސޫރަތުގެ މުހިއްމުކަމުގެ ތެރެއިން ވަރަށް ކުޑަ މިންވަރެކެވެ.

މިލިޔުން ލިޔުމަށް އެހީއަކަށް ބަލާފައިވަނީ:

ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ މާތްކަން.

No comments: