ދުޢާ – 38
رَبَّنَا وَاجْعَلْنَا مُسْلِمَيْنِ لَكَ وَمِن ذُرِّيَّـتِنَا
أُمَّةً مُّسْلِمَةً لَّكَ وَأَرِنَا مَنَاسِكَنَا وَتُبْ عَلَيْنَا ۖ
إِنَّكَ أَنتَ التَّوَّابُ الرَّحِيمُ.
އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން ކަމުގައި އަޅަމެން ލައްވާފާނދޭވެ! އަދި އިބަރަސްކަލާނގެއަށް ފުރިހަމަޔަށް ކިޔަމަންވާ أمّة އެއް، އަޅަމެންގެ ދަރިފަސްކޮޅުން ލައްވައިފާނދޭވެ! އަދި އަޅަމެން އަޅުކަންކުރާނޭ ގޮތްތައް އަޅަމެންނަށް ދައްކަވައިފާނދޭވެ! އަދި އަޅަމެންގެ މައްޗަށް توبة ލައްވައިފާނދޭވެ! ހަމަކަށަވަރުން އިބަރަސްކަލާނގެއީ ގިނަގިނައިން توبة ލައްވާ،
رحيم ވަންތަ
ރަސްކަލާނގެއެވެ.
رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ! وَاجْعَلْنَا ކަމުގައި އަޅަމެން ލައްވާފާނދޭވެ! مُسْلِمَيْنِ ފުރިހަމަޔަށް ކިޔަމަންވާ ދެމީހުން لَكَ އިބަރަސްކަލާނގެއަށް وَمِن ذُرِّيَّـتِنَا އަދި އަޅަމެންގެ ދަރިފަސްކޮޅުން أُمَّةً އުއްމަތެއް مُّسْلِمَةً ފުރިހަމަޔަށް ކިޔަމަންވާ لَّكَ އިބަރަސްކަލާނގެއަށް وَأَرِنَا އަދި
އަޅަމެންނަށް ދައްކަވައިފާނދޭވެ! مَنَاسِكَنَا އަޅަމެން އަޅުކަންކުރާނޭ ގޮތްތައް وَتُبْ އަދި توبة ލައްވައިފާނދޭވެ! عَلَيْنَا އަޅަމެންގެ މައްޗަށް ۖ إِنَّكَ ހަމަކަށަވަރުން އިބަރަސްކަލާނގެއީ أَنتَ ރަސްކަލާނގެއެވެ. التَّوَّابُ ގިނަގިނައިން توبة ލައްވާ الرَّحِيمُ رحيم ވަންތަ ރަސްކަލާނގެއެވެ.
No comments:
Post a Comment