ދުޢާ – 25
ياَ حَيُّ ياَ
قَيُّوْمُ بِرَحْمَتِكَ أَسْتَغِيْثُ، أَصْلِحْ لِيْ شَأْنِيْ كُلَّهُ، وَلاَ تَكِلْنِيْ إِلَى
نَفْسِيْ طَرْفَةَ عَيْنٍ
އޭ ދިރިދެމިވޮޑިގެންވާ
އިލާހު! މުޅި ކާއިނާތު ބެލެހެއްޓެވުމުގައި ގާއިމުވެ ވޮޑިގެންވާ އިލާހު! ހަމައެކަނި
އިބަ އިލާހުގެ ރަޙްމަތުން މިއަޅާ އެހީތެރިކަމަށް އެދެމެވެ. މިއަޅާގެ ހުރިހާ ކަމެއް
މިއަޅާ އަށް އިޞްލާޙް ކޮށް ދެއްވާފާނދޭވެ! އަދި އެސްފިޔަ ޖަހައިލާހާ
ހިނދުކޮޅަކަށްވެސް، މިއަޅާގެ ނަފުސް މިއަޅާއާ ޙަވާލު ނުކުރައްވާނދޭވެ!
ياَ حَيُّ އޭ
ދިރިދެމިވޮޑިގެންވާ އިލާހު! ياَ
قَيُّوْمُ މުޅި ކާއިނާތު
ބެލެހެއްޓެވުމުގައި ގާއިމުވެ ވޮޑިގެންވާ އިލާހު! بِرَحْمَتِكَ ހަމައެކަނި އިބަ އިލާހުގެ ރަޙްމަތުން أَسْتَغِيْثُ، މިއަޅާ އެހީތެރިކަމަށް އެދެމެވެ. أَصْلِحْ
لِيْ މިއަޅާ އަށް އިޞްލާޙް ކޮށް
ދެއްވާފާނދޭވެ! شَأْنِيْ كُلَّهُ، މިއަޅާގެ ހުރިހާ ކަމެއް وَلاَ تَكِلْنِيْ އަދި މިއަޅާއާ ޙަވާލު ނުކުރައްވާނދޭވެ! إِلَى
نَفْسِيْ މިއަޅާގެ ނަފުސަށް طَرْفَةَ عَيْنٍ
އެސްފިޔަ ޖަހައިލާހާ ހިނދުކޮޅަކަށްވެސް،
No comments:
Post a Comment