Featured Post

Ombey

Monday, December 10, 2018

zuwaan kamuge niu'mai


ޒުވާންކަމުގެ ނިޢުމަތް
Image result for ‫شبابك قبل هرمك‬‎
ލިޔުނީ: ޒީނަތު ލަބީބު.

އިންސާނާ ޚަލްޤު ކުރެއްވެވުމަށްފަހު ﷲ ތަޢާލާވަނީ އަދަދުނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކެއް އޭނާއަށް ދެއްވަވާފައެވެ. އެ ނިޢުމަތްތަކާމެދު ވިސްނައި ފިކުރުކޮށް ނަޡަރުހިންގައި، އޭގެ އަގުވަޒަންކޮށް، އޭގެ ބޭނުން ﷲ އެންގެވި ގޮތަށް ހިފައި، އެ ނިޢުމަތް ދެއްވިކަމަށްޓަކާ އެއިލާހަށް ޝުކުރު އަދާކުރަނީ ކޮންބައެއްތޯބެއްލެވުމަށްޓަކައެވެ. އެހެންވީމާ ނިޢުމަތްތަކާއިމެދު ވިސްނައި އެއަށް ޝުކުރު އަދާކުރާ އަޅުންތަކެއްކަމުގައިވެވޭތޯ ގަދައަޅާ މަސައްކަތްކުރާށެވެ!

ﷲ ތަޢާލާ އަޅުގަނޑުމެންނަށް ދެއްވެވި ނިޢުމަތްތަކުގެ ތެރެއިން ޒުވާންކަމުގެ ނިޢުމަތަކީ ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް އިސްލާމްދީނުގައި ދެވިފައިވާ ނިޢުމަތެކެވެ. މިކަން އަޅުގަނޑުމެންނަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުން ވަރަށް ރަނގަޅަށް ހާމަވެގެންދެއެވެ. އެކަލޭގެފާނުގެ ޙަދީޘްފުޅެއްގައި އައިސްފައި ވެއެވެ. عَنْ مُعَاذ بِنْ جَبَلٍ قَالَ : قَالَ رَسُوْلُ اللهِِ صَلَّى اللهُ عَلَيْهِ وَ سَلَّمَ : لَا تَزُوْلُ قَدَمَا عَبْدٍ يَوْمَ الْقِيَامَةِ حَتَّى يُسْأَلَ عَنْ أَرْبَعِ خِصَالٍ عَنْ عُمُرِهِ فِيْمَا أَفْنَاهُ وَعَنْ شَبَابِهِ فِيْمَا أَبْلَاهُ وَعَنْ مَالِهِ مِنْ أَيْنِ اكْتَسَبَهُ وَفِيْمَا أَنْفَقَهُ وَعَنْ عِلْمِهِ مَاذَا عَمِلَ فِيْهِ.  "މުޢާޒް ބިން ޖަބަލް ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވެވިއެވެ. ހަތަރު ކަމަކާ ބެހޭގޮތުން ސުވާލު ކުރެވުމަށްފަހު މެނުވީ، ޤިޔާމަތްދުވަހު އަޅާގެފައި ހަރަކާތްނުކުރެވޭ ހުއްޓެވެ. އޭނާގެ ޢުމުރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާގެ ޒުވާންދުވަސްވަރު ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ މުދާ ހޯދި ގޮތާއި، ހޭދަކުރި ގޮތާ ބެހޭގޮތުންނެވެ. އަދި އޭނާ ޢިލްމަށް ޢަމަލުކުރި ގޮތާ ބެހޭގޮތުންނެވެ."

މި ޙަދީޘްފުޅުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަޔާންކޮށްދެއްވަވާފައިވަނީ ޤިޔާމަތް ދުވަހު އަޅާއާއި ކުރެވޭނޭ ސުވާލުތަކުގެ ތެރެއިން ބައެއް ސުވާލުތަކެވެ. ފުރަތަމަ އޭނާގެ ޢުމުރު ހޭދަކުރި ގޮތާއި ބެހޭ ގޮތުންނެވެ. ﷲ ތަޢާލާ ރުހި ވޮޑިގަންނަވާ ގޮތުގައިތޯއެވެ. ނުވަތަ ޝައިޠާނާ ރުހޭ ގޮތަށްތޯއެވެ. އެއަށްފަހު އޭނާގެ ޒުވާންދުވަސްވަރު އޭނާ ހޭދަކުރި ގޮތާއި ބެހޭ ގޮތުންނެވެ. ޒުވާންދުވަސްވަރަކީ ޢުމުރުގެ ބައެކެވެ. އެހެންކަމުން ޢުމުރާއި ބެހޭގޮތުން ސުވާލު ކުރެވުނީމަ، އޭގެތެރޭގައި ޒުވާންދުވަސްވަރުވެސް ހިމެނޭނެއެވެ. އެހެންކަމަށް ވުމާ އެކުވެސް ދެވަނަފަހަރަށް  ޒުވާންދުވަސްވަރާއި ބެހޭގޮތުން ސުވާލު ވެވުމުން، އިސްލާމްދީނުގައި ޒުވާންދުވަސްވަރަށް ދެވިފައިވާ އަހައްމިއްޔަތުކަން އެނގިގެންދެއެވެ. އެހެންކަމުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ޒުވާންދުވަސްވަރުގެ ބޭނުން ރަނގަޅުގޮތުގައި ހިފުމަށް ނަޞޭޙަތް ދެއްވަވާފައެވެ. އަހަރުމެންގެ ޙަޔާތުން އެންމެ ހިނދުކޮޅެއްވެސް ބޭކާރުގޮތުގައި ނަގާލުމަކީ ބުއްދިވެރި ގޮތެއްނޫނެވެ .ފާއިތުވެދާ އެންމެ ހިނދުކޮޅަކީވެސް އަނބުރައި ލިބޭނޭ އެއްޗެއްނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވި ކަމަށް އިބްނު ޢައްބާސުގެ ކިބައިން ރިވާވެގެން ވެއެވެ. عَنْ ابْنِ عَبَّاسٍ رَضِيَ اللهُ عَنْهُمَا قَالَ : قَالَ رَسُولُ اللَّهِ ، صَلَّى اللَّهُ عَلَيْهِ وَسَلَّمَ: " اغْتَنِمْ خَمْسًا قَبْلَ خَمْسٍ : شَبَابَكَ قَبْلَ هَرَمِكَ , وَصِحَّتَكَ قَبْلَ سَقَمِكَ , وَغِنَاكَ قَبْلَ فَقْرِكَ , وَفَرَاغَكَ قَبْلَ شُغُلِكَ , وَحَيَاتَكَ قَبْلَ مَوْتِكَ". މާނައީ: އިބްނު ޢައްބާސް ރަޟިޔައްﷲ ޢަންހު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މީހަކަށް ނަޞޭޙަތް ދެއްވަވަމުން ޙަދީޘްފުޅުކުރެއްވެވިއެވެ. "ފަސްކަމެއް ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ !މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ! އަދި ބަލިވުމުގެ ކުރިން ޞިއްޙަތުގެ ފައިދާ ގަނގަޅު ގޮތުގައި ލިބިގަންނާށެވެ! އަދި ފަޤީރުވުމުގެ ކުރިން ތަނަވަސްކަމުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ! އަދި އަވަދިނެތި އުޅެންޖެހުމުގެ ކުރިން ލިބިފައިވާ ހުސްވަގުތުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ! އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ!"

އޭ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ! ސާޅީސް ނުވަތަ ފަންސާސް އަހަރުވީމާ ނުވަތަ މުސްކުޅިވުމުން އަޅުކަންކުރުމަށް ނުތިއްބަވާށެވެ. އެހެނީ ސާޅީސް ނުވަތަ ފަންސާސް އަހަރުވަންދެން ނުވަތަ މުސްކުޅިވަންދެން ދުނިޔޭގައި ހުންނާނޭ ކަމުގެ ޔަޤީންކަން އޮތީ ފަހެ ކާކަށްތޯއެވެ؟ މަރު އައިސް ޖެހުމާއެކު މި ދުނިޔެއަށް އަލްވަދާޢު ކިޔަން ޖެހޭނެއެވެ. މި ދުނިޔޭގައި ހޭދަކުރާ ކޮންމެ ދުވަހަކީ މަރާއި އަޅުގަނޑުމެން ގާތް ކުރާ ދުވަހެކެވެ. އެދުވަހަކާއި ބެހޭގޮތުން ސުވާލުވެވޭނޭ ދުވަހެކެވެ. ވަގުތު ފާއިތުވުމަށްފަހު ކުރާނޭ އެއްވެސްކަމެއް ނޯންނާނެއެވެ. ޤިޔާމަތްދުވަހު 'ތިމަންނަ ވެއްޔަށްވީނަމަ ކިހާ ރަނގަޅުހޭ‘ ބުނާ މީހުންގެ ތެރެއިން ނުވުމަށް މަސައްކަތްކުރުމުގައި އަޅުގަނޑުމެން އެކަކު އަނެކަކަށް އެހީތެރިވަމާ ހިންގަވާށެވެ. އަޅުގަނޑުމެންގެ ޒުވާންދުވަސްވަރުއްސުރެ މަރުވަންދެން ﷲ އެންގެވިގޮތަށް އުޅުމުގައި ދެމިތިބެން މަސަކަތްކުރަމާ ހިންގަވާށެވެ. އޭރުން ﷲ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ވެގެންދާނީ ކާމިޔާބު ލިބޭމީހުންގެ ތެރެއިންނެވެ.

އެހެނީ އަބޫހުރައިރާ ރަޟިޔައްﷲ ޢަންހުގެ އަރިހުން ރިވާވެގެން އައިސްފައިވާ ޙަދީޘްފުޅެއްގައިވެއެވެ. سَبْعَةٌ يُظِلُّهُمُ اللَّهُ فِي ظِلِّهِ يَوْمَ لَا ظِلَّ إِلَّا ظِلُّهُ. “ ގެ ހިޔާވަހިކަން ފިޔަވާ އެހެން އެއްވެސް ހިޔާވަހިކަމެއް ނުވާދުވަހު (ޤިޔާމަތްދުވަހު)، ﷲ ތަޢާލާ ހަތް ބަޔަކަށް އެއިލާހުގެ ހިޔާވަހިކަމުން ހިޔާވަހިކަން ދެއްވަވައެވެ. "އޭގެ ތެރެއިން ދެވަނަ މީހަކަށް އައިސްފައި ވަނީ وَشَابٌّ نَشَأَ فِي عِبَادَةِ رَبِّهِ".   އަށް އަޅުކަންކުރުންމަތީ ދެމިހުރެ ބޮޑުވެގެން އައި ޒުވާނާއެވެ".

އެހެންވީމާ ޒުވާންދުވަސްވަރުގެ ބޭނުން ހެޔޮގޮތުގައި ހިފަމާތޯއެވެ! ﷲ އަމުރު ކުރެއްވެވި ކަންތައްކުރުމުގައެވެ. އެއިލާހުގެ ރުހިވޮޑިގަތުން ހޯދުމުގައެވެ. ސަލާމަތް ހިތަކާއިގެން އަންނަ މީހަކަށް ފިޔަވައި، ސަލާމަތްކަމެއްނުވާ ދުވަހު ކުރެވޭނޭ ސުވާލުތަކަށް ޖަވާބު ތައްޔާރުކުރުމުގައެވެ.

މަޞްދަރު:
ދިސަލަފިއްޔާ


No comments: